އަމިއްލަ މިނިވަން މެންބަރެއް ގޮތުގައި ދައުރު ނިމެންދެން ހުންނެވުމުގެ ބަދަލުގައި ސިޔާސީ ޕާޓީއެއް އުފައްދަވައިގެން ގުޅިވަޑައިގަންނަވަން ނިންމެވި ނިންމުން ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަންފަރު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ދިފާއު ކުރައްވައިފައެވެ.

އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުވި މޮސްޓާ ވަނީ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އިސްވެ އުފައްދަވާ ޕާޓީއާ ގުޅިވަޑައިގެންފައެވެ.

ނާޒިމް ވިދާޅުވި ގޮތުގައި މިއީ އޭނަ އާއި މަޖިލީހުގައި ތިއްބަވާ އެކުވެރި ހަތަރު މެންބަރަކު އިސްވެ އުފައްދަވާ ޕާޓީއެކެވެ. އަނެއް ތިން މެންބަރުންނަކީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމްއާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ) އެވެ.

މޮސްޓާ މި ޕާޓީއަށް ގުޅިވަޑައިގެންނެވި އިރު، އަމިއްލަ މެންބަރެއްގެ ގޮތުގައި ދައުރު ނިމެންދެން ދެމިހުންނެވުމަކީ ދާއިރާ ރައްޔިތުން ކައިރީ އޭނާ ވެވަޑައިގެންފައިވާ ވައުދެެކެވެ.

އެހެން ވިޔަސް އަމިއްލަ ޕާޓީއެއް އުފެއްދެވުމުގެ ނިންމެވުން ދިފާއު ކުރައްވައި މޮސްޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ބަޔަކު ހަދާފައި ހުރި ގެއަކަށް ދިއުމާއި އަމިއްލައަށް ގެއެއް ހެދުމާއި މިއީ ވަރަށް ތަފާތު ދެ ކަންތައް،" ކަމަށެވެ.

މި ޕާޓީއާ ގުޅިވަޑައިގަންނަވާ މެންބަރުންގެ ތެރެއިން މޮސްޓާ، އުޝާމް، ޖޭފޯއަކީ އަމިއްލަ މެންބަރުންނެވެ. ނާޒިމްއާއި ރިޔާޒް މަޖިލީހަށް އިންތިޚާބުވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައެވެ. މިހާރު އެ ދެ ބޭފުޅުން ވެސް އެ ޕާޓީން ވަނީ ވަކިވެވަޑައިގެންފައެވެ.

މި ފަސް މެންބަރުން އިސްވެ އުފައްދަވަނީ "މޯލްޑިވްސް ނޭޝަނަލް ޕާޓީ" އެވެ. ޕާޓީގެ މަސްއޫލުވެރިއެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށަހެޅުއްވީ އުޝާމްއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    މޮޅުވާހަކައެއްކަމަށް ތިހެންތި ބުނީ.. ބަލަގަސިޔާސީ ޕާޓީތަކަކީ އެއްވެސްމީހެއްގެ މިލްކެ ވާރުތަމުދަލެ އަމިއްލަ ގެއެއްނޫން...އެހެންނަމަ ސިޔާސީޕާޓީހަދަން ރަޖިސްޓްރީކޮއްދޭމީހާގެ އާއިލާއެކަނި ޕާޓީ ދަފްތަރުގަ އޮތުމުންފުދޭނެ..ދައުލަތުން ފައިސާދީ އސއަށް އޮޑިޓްފޮނުވަންނުޖެހޭނެ...ތިއީވެސް އަމިއްލަ ޖީ ބު ބޮޑުކުރަންއުޅޭ މީހެއްކަން ކަށަވަރުވީ..މަޖުލިހުގަ އައްނިއަށް ބަވާވަރުން ހީވީ ތިއީ ވަރަށް ވަތަނީ ދީނީ ރޫހުގެ މީހެއްކަމަށް..އެކަމަކު ލާދީނީ ބިލު ހިސާނު ބިލަށްހަދާ އި ބޫ ކްލީންކްލީން ކޮއްފަ އަޑިން ސަރުކާރާގުޅިފަހުރި މީހެއްކަން ޔަގީންވީ ތިޕާޓީހެދުމުގަ އިސްރޯލެކުޅޭތީ..ކާނަލްނާޒިމަކީ މިސަރުކާރުގެ އެއްހިސާ މަނައެއް...މަންތިރި އެންގިގޮތަކަށް މަނާހިގަނީ..ތިއީ ނާޒިމުގެ ފަސްފަހަތުގަހުރި މީހެއްކަން އެގުނުހިސާ ބުން ތިއީ ކިހާވަރެއްގެ މީހެއްކަންސާފު..އަޑުގަދަކުރިޔަސް މޮޅުވާހަކަދެއްކިޔަސް ތިއީ އަސްލެނޫން....

    26
    • ޙައްގުބަސް

      މޮސްޓަރއަށް މާލީ އެހީ ލިބުނުކަމަށްވޭ ތިގޮތަށް ތިމޫވްކުރަން!! ފައިސާކޮޅެއް ބޭނުންވެފައި ހުއްޓާ އޮފަރ ލިބުނީމާ ބަދަލުވީ!! ކޮންމެ އެއްޗެއްގެވެސް އަގެއް އޮންނާނެ!! އެއަގު ކުރިމައްޗަށް އައިސް ހުއްޓުނީމާ ދެން ހެދޭނެ މާބޮޑުގޮތެއްނޯވޭ!! ދެން އޮންނާނީ އެކަން ދިފާޢުކުރަން މޮޅުވާހަކަ ދެއްކުން!!