ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު "ބަނގުރާ ބުއި" ކަމަށް އޭނާގެ ޑޮކްޓަރުންގެ ލިޔުމުގައި އޮތް މައްސަލަ މަޖިލީހުގެ ސުލޫކު ކޮމިޓީން ބަލަން ޖެހޭނެ ކަމަށް މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕަށް ލަންޑަންގެ ހޮސްޕިޓަލަކުން ދޫކޮށްފައިވާ ލިޔުމެއް ނަޝީދު ޚިއްސާ ކުރެއްވިއިރު، އޭގައި ނަޝީދު ބަނގުރާއި ބުއި ކަމާއި މިހާރު ބަނގުރާ ބުއިން ހުއްޓާލާފައިވާ ކަމަށް ލިޔެފައި އޮތެވެ.
ނަޝީދު އެ ލިޔުން ޚިއްސާކުރެއްވީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު އެމަނިކުފާނަށް ނަފްސާނީ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ރާއްޖޭގެ ނޫހެއްގައި ރިޕޯޓްގައި ކުރުމުންނެވެ،
އެ ނޫހުގެ ޚަބަރުގެ ލިންކް ވެސް ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕަށް ޚިއްސާ ކުރެއްވުމަށް ފަހު، އެއީ ދޮގެއް ކަން ސާބިތު ކުރަން ނަޝީދު ފޮނުއްވި ހޮސްޕިޓަލްގެ ލިޔުން ވެސް ފަސް މިނެޓް ފަހުން ޑިލީޓް ކުރެއްވިއެވެ. އެހެންވިޔަސް އެ ލިޔުން ފަހުން މީސް މީޑިއާއަށް ލީކްކޮށްލިއެވެ.
ނަޝީދުގެ ވަރަށް އަރިހުގައި އެމްޑީޕީގައި ކުރިން މަސައްކަތް ވެސް ކުރައްވާފައިވާ އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނު ބަނގުރާ ބުއިން ހުއްޓާލިޔަސް ބަނގުރާ ބުއި މައްސަލަ ބަލަން ޖެހޭނެ ކަމަށެވެ.
"ނަޝީދު ބަނގުރާ ބޮއެގެން ހަމައިގަ ނެތި ކަންކަން ކުރެއްވި މައްސަލަ މަޖިލީހުގެ ސުލޫކު ކޮމިޓީންނާއި، އެމްޑީޕީގެ ކަމާ ބެހޭ ކޮމިޓީން ވެސް ބަލަން ޖެހޭނެ،" އަލްހާން ލިޔުއްވާފައިވެއެވެ.
ބަނގުރާ ބުއިން ހުއްޓާލިޔަސް ބަނގުރާ ބުއި މައްސަލަ ބަލަންޖެހޭނެ!
މަޖްލިސް ރައީސް @MohamedNasheed ބަނގުރާ ބޮއެގެން ހަމައިގަ ނެތި ކަންކަން ކުރެއްވި މައްސަލަ މަޖްލިހުގެ ސުލޫކީ ކޮމިޓީންނާ، @MDPSecretariat ކަމާ ބެހޭ ކޮމިޓީން ބަލަންޖެހޭނެ!— Alhan Fahmy (@AlhanFahmy) July 27, 2021
ނަޝީދު ބަނގުރާ ބުއިން ހުއްޓާލާފައިވާ ކަމަށް ޑޮކްޓަރުގެ ލިޔުމެއްގައި ބުނެފައި ވާއިރު މީގެ ކުރިން ވެސް އެމަނިކުފާނުގެ މައްޗަށް ބަނގުރާ ބުއިމުގެ ތުހުމަތުތައް ބައެއް ފަރާތްތަކުން ކޮށްފައި ވެއެވެ.
ނަޝީދު ވެރިކަމުގައި ހުންނެވިއިރު ރާއްޖެ އިން ބޭރަށް ކުރެއްވި ދަތުރެއްގައި ބަނގުރާ ބުއި ކަމަށް އިންޑިއާގެ ނޫހެއްގައި ރިޕޯޓް ކުރުމުން އެ ދުވަސްވަރު އެމައްސަލަ ވަރަށް ބޮޑަށް ހޫނުވެ، އޭރުގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ނަޝީދަށް ވަރަށް ބޮޑަށް އަމާޒުވިއެވެ.
ރާއްޖެއިން ބޭރުގައި ބަނގުރާ ބުއި މައްސަލަ މަޖުލީހުގެ ކޮމިޓީއެއްގައި ބަލަން އުޅުމުން އޭރު އެކަން ފަނިކޮށްލީ ރީކޯ މޫސަ އޭ ކިޔާއަޑު އިވުނު. އެ ބުއިމެއް ބުއީ އިންޑިޔާގައި ކަމަށް އޭރު ކިޔަނީ. އެހެންވީމަ މުލިއާގެއިން 2012 ގައި ނެރުނުކަމަށް ބުނާ ފުޅިތަކުގެ ވާހަކަ މިވީ ހަގީގީ ވާހަކައަކަށްތާ!.
ރުކު ރާ ގެ ވާހަކަ އެ އީ... ސާބަސް
ކުއްލި މައްސަލައެއް ގޮތުގަ ބަލަން ޖެހޭ. ގާނޫނައްވުރެން މަތީގަ ހުދުމުހުތާރު ވެގެން ނޫޅެވޭނެ
މަޖްލިސް ރައީސް ކަމުން ވަކިޮށް، މެންބަރުކަން ވެސް އަތުލަންޖެހޭ...
އެހެންނޫނީ އެބާރުވެރިވެވެނީ އެކަހަލަ ކަންތަކަށް
ޢިސްލާމް ދީނުގައި ހައްދު ކަންޑައެޅިފައިވާ ކުށެއްކުރުމަކީ މެމްބަރުކަން ގެއްލޭކަމެއް !
އިސްލާމީ ޝރީއަތާ އެއްގޮތައްހައްދު ގާއިމުކުރަން ކޯޓަށް މައްސަލަ ފޮނުވަން ގޮވާލަން.
ކިތައް މަޖްލިސް މެމްބަރުންބާ ތިޔަ އެއްޗެއް ނުބޮނީދޯ. ކިހިނެއް ބަލާނީ؟ ހުވާ ކުރުވަމާ؟
ދުނިޔޭގައި އޮތް ހަމައެކަނި %100 މުސްލިމްގައުމުގެ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ހާލު
މީނަ ރާއްޖެއަންނަތަނުން ރަށްޔަތުން ނުކުމެ ހަށްޔަރުކުރުމަށް ތަށްޔާރަށް އެބަތިބިންތޯ.
ދެން ނަސީދު ބަގްރާ ބުއި މައްސަލާގެ ކުއްވެރިވާނީ އަލްހާނު މީހަމަޔަގީން ކަމެއް މިހާރު ނަސީދުގެ އައުވާނުން ތައިޔާރުވާނެ އަލްހާނު ސާބިތު ނުހިފޭ ފިތުނަފަސާދަ ކުރާމީހެއް ކަމަބުނެ އަދި ފިތުނަ އުފަދަން ހިއްވަރު ދޭމީހެއް ކަމަ ބުނެ ވަގުތުން ފިޔަވަޅު އެލުމަ ގޮވާލާ ނޫސް ބަޔާން ދޭން
އަދި ބަރުބޯ މީހުންނާ ދިމާ އެއީ ބަގްރާ ބޯމީހެ ކޭ ނުބުނާ ގާނޫން ހަދަން ތައިޔާރު ވަނީ
އެފަދަ މަގާމެއްގައި ހުރި ބޭފުޅަ ކު ރާބޮއެގެން ނުވާނެ
ބިތުފަންގި ތިޔަހަރަ ނެގެނީ
ބަގުރާބޯނީ ވަރަށްވެސް ގޮތެއްނެތް ދަށުދަރަޖައިގެ މީހުން!އިންސާފު ގާއިމުނުކުރެވޭ ތަނެއްގަ ރައްޔިތުންނަށް އޮންނާނީ ކޮން ހިތްހަމަޖެހުމެއްތޯ؟ރާއްޖޭގެ ގާނުންމަނާކޮށްފަ އޮތްކަމެއް މީހަކު ކޮށްފަ އެކަން މީސްމީޑިއާގަ އިއުލާނުކުރީމަ އެކަމެއް ފުލުހުން ނުބަލާނަމަ ދެން ފުލުހުން "ޕްރޮޓެކްޓް އެންޑް ސާރވް" އެކުރަނީ ކުއްވެރިން!
ވަރަށްވެސް ލަދުވެތި!
ތި ބުއިން ނުބޯ މީހެއް މި ގައުމުގެ ސިޔާސީ ދާއިރާއިން ދައް ކަބަލަ. ޢެމީހަ ކު ހުދު ކާފޫރު ކޮޅަށް ހަދާފައި ތަހުތުގައި ރެދަލި ކުރަށް ވާ އިރު ބައްލަވާ ތޯ ޔަގީން ކުރެވޭތޯ...
ބަލަގަ މިހރަ މަރުމޯލާ ނުބީހެންޏާ ކަނޑާހަމަ
މަޖިލީހަކުން ނުބެލޭނެ . ޖިނާއީ ތަހުގީގެއް ހިނަގަންޖެހޭނީ. މުލީއާގޭގެ ރާކޭސްތަކުގެ މައްސަލަވެސް އަދި ކާރެއްގެ ޑިކީގަ ހުރި 4 ކޭސް ރަލުގެ މައްސަލަވެސް. މި4 ކޭސް އަކީވެސް ނަސިދުގެ ނޯޓެއްގަ އޮތް 4 ކޭސް.
ނިކަމެތި މީހާ ރިހާކުރު ފުޅި ނެގީމާ ޖަލަށް.ރާފުޅިއެއް ފެނިއްޖެނަމަ 6 މަހަށް ޖަލަށް،އެކަމަކު ކެނެރީގޭ ނަޟީދު ރާހިއްފެވިކަމަށް ޢިއުތިރާފުވެފަ އޮތްހާލުގައިވެސް އެޅޭނެ ފިޔަވަޅެއް މިއީ ތޯ މިކިޔާ އިންސާފުގެ ދަތުރަކީ މިއީތޯ،ނަޟީދު ގެ އިއުތިރާފަށް ޕީޖީ މިމައްސަލަ އިސްވެ ބަލަން ޖެހޭ،އަދި އޭނާ މަޤާމުން ދުރުކޮށް އެންމެހައި އިމްތިޔާޒު ތައް އަތުލައި ފިޔަވަޅު އެޅުމަކީ ދައުލަތުން ކުރަންޖެހޭ ކަމެއް.7 ފެބުރުއަރީ 2012 މުލިއާގެއިން ނެރުނު ރަލަކީ މިއީ މީނާބުއިހާ އެއްޗެހި ދޯ
ބަލަގަ ޒިނޭ ކުރުމަކީ ވެސް ހަރާން ކަމެކޭ. ޚޮމެންޓް ތައް އޮއްސާ މިވެރިން ހަރާމް ކަންތަކަށް ނާރަންތޯ
މަޖިލިސް މެމްބަރުކަމާ ރަޢީސްކަން އޭގެ ހުރިހާ އިނާޔަތްތަކާއެކު ވަގުތުން ސަސްޕެންޑް ކުރަންޖެހޭ . އިންސާފާ ހަމަހަމަކަން ދެމެހެއްޓުން ގާނޫނުގެ ބޭނުމަކީ. ނަސީދު ޟަރީއަތުގެ މަޖިލިހަށް ހާޒިރުކުރުމަކީ މިހާރު ސަރުކާރުގެ ޒިއްމާއެއް. ނަސީދައް މިފަހަރު ސަރުކާރުގެ ފަރާތުން ދައުވާނުކޮށްފިނަމަ ރައީސް ސޯލިހުގެ ރައީސްކަންވެސް ސައްހައެއްނުވާނެތާ.
ސީދާ ޖިނާއީ މައްސަލައެއް. މައްސަލަ ބަލާ ނިމެންދެން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރި ނުވެވޭގޮތަށް ހަދަންޖެހޭނެ.
ތިޔަ ކަހަލަ ކަންކަން މަނިއްޕުޅު ކުރައްވާފައި އެކަންކަން ބަޔަކަށް އެނގިގެން އެވާހަކަ ދައްކާނެތީ ނަފުރަތުގެ ބިލެއް ހަދައިގެން އުޅެނީ. މާދަމާ ބުނާނެ ތީވެސް ނަފުރަތު އުފައްދަން ދެއްކި ވާހަކައެކޭ.
ބބަނގުރާ ބޯ މީހަކާ ދިމާލަށް ބަނގުރާބޯ މީހެކޭ ބުނުން ކުށަކަށް ހަދަން މަޖިލީހަށް ބިލެއް ހުށަހަޅަން މަށަށް ފެނޭ. ހެހެހެހެހެ...