މިމަހުގެ ފަސް ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓަށް ސަލާމަތީ ބާރުތަކުން ވަނުމާއި އެކު ފަނޑިޔާރު އަލީ ހަމީދު ފެއްޓެވީ ކީރިތި ޤުރުއާން ކިޔަވަން ކަމަށް "ވަގުތު" އަށް މައުލޫމާތު ލިބިއްޖެއެވެ.
ސަލާމަތީ ބާރުތަކުން ސުޕްރީމް ކޯޓަށް ވަދެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމުގެ އޮޕަރޭޝަންގައި ބައިވެރިވި މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އެއޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިން ސުޕްރީމް ކޯޓަށް ވަންނަން ދެފަނޑިޔާރުން ދެކޮޅު ހެއްދެވިއެވެ.
ނަމަވެސް ދެފަނޑިޔާރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނެވުމުގައި ގަދަ ބާރުން ފުލުހުން އެބޭފުޅުންގެ ހަށިކޮޅުގައި އަތް ނުލާކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
"އަލީ ހަމީދު ފެއްޓެވީ ކީރިތި ޤުރުއާން ކިޔަވަން. ފުލުހުންނާއި ސިފައިން ދެއްކެވި އެއްވެސް ވާހަކައެއް އަލީ ހަމީދު އަޑެއް ނާއްސަވާ." މައުލޫމާތު ދިން މީހާ ބުންޏެވެ.
ދެފަނޑިޔާރުން ހައްޔަރު ކުރިއިރު ދެބޭފުޅުން ތިއްބެވީ ދެބޭފުޅުންގެ ކޮޓަރިކޮޅުތަކުގައެވެ.
އަލީ ހަމީދުގެ މައްޗަށް ތުހުމަތު ކުރަނީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު ޝަރުޢީ ޙުކުމްތައް ވަކި ގޮތަކަށް ކުރުމާއި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ބަދަލުކުރުމަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތް ކުރުމާއި ދައުލަތް ހިންގުމަށް ހުރަސްއެޅުމާއި، ޖިނާޢީ އަދުލުގެ ނިޒާމް ހިންގުމަށް ޤަސްދުގައި ހުރަސް އެޅުމެވެ.
އަލީ ހަމީދާއި ދެކޮޅަށް ފުލުހުން މިހާރު ވަނީ ގިނަ ހެކިތަކެއް ހޯދާފައެވެ.
ނުބައި ކަންކަން ކުރެވުނީމަ ބިރުވެރި ވަގުތު ތަކުގަ ހިޔޮއަމަލު ކުރާނެ
ތަޢުބާ ވެގެން މިހާރު ހުރިއްޔާ ކިތަންމެހާވެސް ތަނގަޅު
ނަސީބެއް ތިޔައީވެސް. އަލީހަމީދަށް ހެޔޮވިސްނުން ދެއްވާށި. ބުނާތީ އަހަން ވަރަށް އެހެންކަހަލަ ވީޑިއޯތައް ހުންނަވާހަކަ
އޭނަ ކޮންމެ ދުވަހަކު އެތަނަށް ވަދެފަ ކިޔަވާ. އެކޯޓަށް ހޮވުނީމަ އޭނަ އަދާކުރަންބުނެފަ އޮތް ނަދުރެކޭ ބުނާ އަޑުއިވޭ.
ފަނޑިޔާރުކަމަށް އިސްވެއޮވެ މީހަކީ
ީ ވަޅިއަކާނުލައިކަތިލެވިއްޖެމީހެއް
މިއީ މީުންގެ ލޮލުގަ އަދުން އަޅުވަން ކިޔާ ހޮޅިވާހަކަ
ވަގުތުގެ އެންމެން ޗުއްޓީއަށް ކަންކާއަށް ދިޔައީމަ ލަންކާ ސިފައިން ކިޔާދިންވާހަކައެއްތަ؟
ސަރުކާރާއި ރައްޔިތުންނާއި ނުޖައްސާ
ސަމާސާ ނުކުރޭ!
މަނިކުފާނު! ކިހާ ޔަޤީން ކަމެއް އެބަ އޮތްތޯ މަރު އައިސް ޖެހޭ ވަގުތު ޝަހާދަތް ވިދާޅުވެވޭނެ ކަމުގެ؟
ދޮންކަލޯ މަރުގަންނަވާ ވަގުތު ޝަހާާދަތް ނުކިޔޭނެ މީހުން ކިހާވަރަކައް ދަންނަމުތަ
ނަސީބެއް ތިގޮލާއަށް ކިޔަވަން އެގުނުކަން
ހެކިތަކަކީ މީހުން ފްރޭމް ކުރުމުގެ މާސްޓަރުން ސާބިތުނުކޮށް ބުނެލާ ބަހެއް.
އެއްކޮޅުން ރިޝްވަތުގެ ޙަރާމް ފައިސާ އެކައުންޓަށް ޖަމާވަނީއެވެ. އަނެއްކޮޅުން މާ މާތްމީހެއްގެ ގޮތް ދައްކަންވެގެން ކީރިތި ގުރުއާން ކިޔަވަނީއެވެ....؟؟؟؟
ތައުބާވުމަށް ވަކިވަގުތެއްނޯވެއެވެ. ޞޭނުންވަރަކަށް ގުރުޢާން ކިޔަވާ ނަމާދުކޮށް ކެނޑިނޭޅި ތައުބާ ވާނެ ވަގުތު މިހާރު ތިއޮތީލިބިފަ. ރަނގަޅަކަށް ވީކަމެއްކަމަށް ދެކުނީމަ ރަނގަޅުވާނެ.
ތައުބާވުމަށް ވަކިވަގުތެއްނޯވެއެވެ. ބޭނުންވަރަކަށް ގުރުޢާން ކިޔަވާ ނަމާދުކޮށް ކެނޑިނޭޅި ތައުބާ ވާނެ ވަގުތު މިހާރު ތިއޮތީލިބިފަ. ރަނގަޅަކަށް ވީކަމެއްކަމަށް ދެކުނީމަ ރަނގަޅުވާނެ.
ދެން އުއްތަމަ ފަޑިޔާރު ކީއްކުރީ ޔޯ ކޮންކަހަލަ ހެއްކެކޯ ފެނުނީ
-/2000000 ރ ދިނީމަ އަހަންނާ އެއްކޮޅަށް މައްސަލަ ނިންމަދޭނަމޭ ބުނެ މީހަކު އަހަރެން ގާތަށް ފޮނުވި 2015 ގައި
އެ ބޭފުޅާ ފެންނަ ވީޑިއޯ ގަ ވެސް.
ޤުރުއާން ކިޔަވަން ފެށްޓިދާނެތާ ތަންތަން ތަޅާ ސުންނާފަތި ކުރަމުން ބަޔަކު އައިސް ފުރަމެންދަމު ބަޔަކު ވަދެގަތީމާ..
ތައުބާމަރުގެ އައިހިނދު ކަލޭ ތައުބާވިއަސް
ތައުބާ ޤްބޫލުނުވާނެ ކަމުގެ ވަޙީ ވެޔޭ.