ޓްރާސްޕޯޓް މިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުން ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސެއް އޮތް މީހުންނަށް އެއްވެސް ޓެސްޓެއް ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދިނުމަށް ހަމަޖެހިފައިވާ ގައުމުތަކުގެ ލިސްޓް އެ މިނިސްޓްރީން އާންމުކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އެންމެ ފަހުން ގެނައި އިސްލާޙާއެކު، އެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން ޓްރާންސްޕޯޓް މިނިސްޓްރީން ޤަބޫލުކުރާ ޤައުމުތަކުން ދޫކޮށްފައިވާ ޞައްޙަ ލައިސެންސެއް އޮތް މީހުންނަށް، އެމާއްދާގެ (ހ) ގައި ބަޔާންކުރާ އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން، އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދޫކުރުމަށް ހަމަޖެހިފައިވާ ޤައުމުތަކުގެ ލިސްޓް މިއަދު އިއުލާން ކުރީ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އިއުލާން ކުރި 25 ގައުމަކީ އަފްޣާނިސްތާން، ބޫޓާން، އިންޑިޔާ، ނޭޕާލް، ޕާކިސްތާން، ސްރީލަންކާ، ބުރުނައީ، ކެމްބޯޑިއާ، އިންޑޮނީޝިއާ، ލާއޯސް، މެލޭޝިއާ، މިޔަންމާ، ފިލިޕީންސް، ސިންގަޕޫރު، ތައިލެންޑް، ވިއެޓްނާމް، ޖަޕާން، އިނގިރޭސިވިލާތް، އެމެރިކާ، ޗައިނާ، ޔުނައިޓެޑް އެރެބް އެމިރެޓްސް، ސްވިޓްޒާލޭންޑް، ސައުދީ އަރަބިއްޔާ، ބެލްޖިއަމް އަދި ޖަރުމަންވިލާތެވެ. ޓެސްޓް ނުހަދައި ލައިސެންސް ލިބޭ ގައުމުތަކުގެ ތެރޭގައި ބަންގްލަދޭޝް އެއް ނުހިމެނެއެވެ.

ބަންގްލަދޭޝް އަކީ ރާއްޖޭގައި މަސައްކަތް ކުރާ އެންމެ ގިނަ ބިދޭސީން ނިސްބަތްވާ ގައުމެވެ. އިމްތިހާން ހެދުމެއް ނެތި ލައިންސަސް ލިބޭ ގައުމުތައް ކަނޑައެޅުމުގައި ޓްރާންސްޕޯޓް މިނިސްޓްރީން ބެލި ކަންކަން އިއުލާނުގައި ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ލައިސަންސު

    ތި ލިސްޓު ބޮރު ސަކަރާއި. އަހަރެން ރައީސް އަބު ފޮނުވަނީ ދޯ ހިލޭ. އެކަމަކު އަހަރެން ގައުމް ލައިސަންސު ނުލިބެނީ. ގިނަ މީހުން ހުންނަނީ އަހަރެން ގައުމް. ބަރަަބަރު މަސަކަތް ކުރަނީމަ ދިވެސް މީހާ ލަޑު ދެނީ. ބޯ ސަކަރަައި ހުންނަނި މިހަރު.

    7
    1
  2. ދިއްލާ

    ހަސީނާއްތަ ފުނުވި އަނބުކޮޅު މަދުވީދެއްތޯ؟؟

    15
  3. ސޭކުހަސީނާ

    އަހަރެން ގައުމު ނުޖަހަނީމަ އަހަރެ ދެން އަނބު ނުދޭ ބައްތަރު ހުންނަނީ އަބޫ ސޯލި ފޭކު ބައްތަރު ހުންނަނީމަ އަހަރެ ރުބި ބައްތަރު ހުންނަނި

  4. ޒާ

    ބަނގުލަދޭޝްމީހުންނަކީ މިރާއްޖޭގެ ތަރައްގީގެ މަސައްކަތުގާ އެންމެ ގިނައިން އުޅޭމީހުން. ނަމަވެސް އެމީހުން މިލިސްޓުން އިސްތިސްނާ ކުރުމީ ބަނގްލަދޭޝްވުވުން ދަށް ކޮށްލުމަށް ކުރިކަމެއް

  5. އަދް

    ބަލަ ބުރުމާގެ އަންހެނުން ދެން ކީއްވެ މި ގައުމުގެ ކުދީން ޓެސްޓް ހަދަން ޖެހެނީ .. އަހަރުމެން ނުހިމެނޭތަ

  6. ބާއީ

    ބޮއި ހަލާކް، ކޮންބައްތަރު މީހާ ހުންނަނީ މިތާ