އިދިކޮޅު ފަރާތްތަކުން ޖޭ ވާނެ ވަރަށް (ހަސަދަވެރިވާ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަން ކުރައްވަން މޮޅު ކަމަށް ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު ކަމަށް ވަޑައިގެންނެވި އަބްދުﷲ މައުސޫމް ރޭ ވިދާޅުވެއްޖެއެވެ.
މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު ޕާޓީީގެ ބައެއް އިސް ބޭފުޅުން "ނާވާދަވެރި" ގޮތަކަށް ބަސް ވިދާޅުވުމުން ދޭހަވަނީ އިންތިޚާބު އިއުލާނުކުރުމުގެ މާކުރިން އިދިކޮޅު ފަރާތްތަކުން ބަލި ގަބޫލު ކޮށްފިކަން ކަމަށެވެ.
މައުސޫމް ވިދާޅުވީ ކޮވިޑް-19 ގެ ތެރޭގައި ރައީސް ސޯލިހް ގައުމު ހިންގަވަމުން އެ ގެންދަވަނީ އިދިކޮޅު ފަރާތްތަކުން ޖޭ ވާހާ މޮޅަށް ކަމަށެވެ.
"ރައީސް ސޯލިޙު ހަމަ މޮޅީ. އިކޮނަމީ ފުލުގަޖައްސާލި ކޮވިޑުތެރޭވެސް ގައުމު ހިންގަމުން އެ ގެންދަވަނީ އެއުރެން ޖޭ ވާހާ މޮޅަށް." މައުސޫމް ވިދާޅުވިއެވެ.
އިދިކޮޅުޕާޓީީގެ ބައެއް އިސް ބޭފުޅުން "ނާވާދަވެރި" ގޮތަކަށް ބަސް ވިދާޅުވުމުން ދޭހަވަނީ އިންތިޚާބު އިއުލާނުކުރުމުގެ މާކުރިން އެވެރިން ބަލި ގަބޫލު ކޮށްފިކަން. ރައީސް ޞާލިޙު ހަމަ މޮޅީ! އެކޮނުމީ ފުލުގަޖައްސާލި ކޮވިޑުތެރޭވެސް ޤައުމު ހިންގަމުން އެ ގެންދަވަނީ އެއުރެން ޖޭ ވާހާ މޮޅަށް.
— Abdulla Mausoom (@Mausoom_Maus) August 2, 2021
ނަމަވެސް މައުސޫމްގެ ޓްވީޓަށް ގިނަ ބަޔަކު ޖެހީ ޖޯކެވެ. މައުސޫމްގެ ޓްވީޓް ރީޓްވީޓް ކުރި އެކަކު ބުނި ގޮތުގައި ސަރުކާރު ހިންގަަން ތިބޭ ވެރިން، ތިގޮތަށް ބަސްވިދާޅުވުމުން ދޭހަވަނީ ޑިފެންސައް ފައިބަން ޖެހި، މާޔޫސް ވެފައިވާ ކަމެވެ. އިތުރު މީހަކު ބުނީ މައުސޫމް ވިދާޅުވި ޖޯކް ވަރަށް މަޖާ ކަމަށެވެ.
ޓްވީޓަށް ކޮމެންޓް ކުރި މީހަކު ވަނީ އައްޑޫ ސިޓީ ރައްޔިތުންގެ ޖީބަށް ދެން ވަންނާނީ ޕައުންޑް ކަމަށް ވިދާޅުވެ މައުސޫމް ކުރިން ދެއްކެވި ވާހަކަ ހަނދާން ކޮށްދީފައެވެ. ބެލެވޭ ގޮތުގައި އެވާހަކަ އޭނާ ހަނދާނަށް ގެނައީ އައްޑޫގެ ރިސޯޓްތައް އަދިވެސް ބަންދުކޮށްފައި އޮތްއިރު ވެސް ރިސޯޓްތައް އަލުން ހުޅުވުމަށް މިނިސްޓަރުގެ ހައިސިއްޔަތުން މައުސޫމަށް އެއްވެސް ނަތީޖާއެއް ނެރެދެވިފައި ނުވާތީއެވެ.
މައުސޫމަށް ކޮމެންޓް ކުރި މީހަކު ވަނީ ރައީސް ސޯލިހް އިގްތިސާދު ހިންގާލީ ކަމަށް މައުސޫމް ވިދާޅުވުމުން އެކަމާއި ސުވާލު ކޮށްފައެވެ. އިގްތިސާދު އޮތް ހާލަތު ބެލުމަށް އޭނާ ވަނީ މައުސޫމްގެ ކިބައިން އެދިވަޑައިގެންފައެވެ.
ބައެއް މީހުން އެގޮތަށް ސަރުކާރަށް ފާޑުކީ ނަމަވެސް، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ރާއްޖޭގެ އިގްތިސާދު މިހާރު ދަނީ ކުރިއަރަމުންނެވެ. އޭގެ އެއް ހެއްކަކަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމެވެ.
ކޮވިޑް-19 ފެތުރެން ފެށުމާ އެކީގައި ރާއްޖޭގެ ބޯޑަރުތައް މިދިޔަ އަހަރުގެ މާޗް މަހުގެ ފަހުކޮޅު ބަންދުކުރިއެވެ. އެއާ އެކު، ރާއްޖެ އަށް ފަތުރުވެރިން އައުން އެއްކޮށް ހުއްޓި ދައުލަތަށް އާމްދަނީ ލިބޭނެ ހުރިހާ ދޮރުތަކެއް ހެން ބަންދުވިއެވެ. ކޮވިޑް-19 ގެ ހާލަތު ރަނގަޅުވާން ފެށުމުން އަލުން ބޯޑަރުތައް ހުޅުވާލައި ފަތުރުވެރިންނަށް މަރުހަބާ ކީ ޖުލައި 15 އިން ފެށިގެންނެވެ.
އެއާއެކު މިދިޔަ އަހަރުގެ ނިޔަލަށް 555،494 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އޭރު ޓޫރިޒަމް މިނިސްޓްރީން ލަފާ ކުރީ އަހަރު ނިމެންވާ އިރަށް ރާއްޖެ އަށް ފަސް ލައްކަ ޓޫރިސްޓުން އަންނާނެ ކަމަށެވެ.
މި އަހަރުގެ ތެރޭގައި އެއް މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒު ހިފާފައިވާ އިރު، މިހާތަނަށް ރާއްޖެ އަށް ހަ ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ވަނީ އައިސްފައެވެ. އަދި މިދިޔަ ދެ ދުވަހު ދުވާލެއްގެ މައްޗަށް 5،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއީ ރާއްޖެ އަށް ކޮވިޑް އައި ފަހުން، އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކުރި ދެ ދުވަހެވެ.
ރާއްޖެ އަށް ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދުގެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ އިރު، މިދިޔަ މަހު ވަނީ އަލުން އަނެއްކާ ވެސް ދެކުނު އޭޝިއާގެ ގައުމުތަކުން ރާއްޖެއަށް ފަތުރުވެރިން އާދެވޭނެ ގޮތަށް ބޯޑަރު ހުޅުވާލައިފައެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަމުން ދިޔައީ އިންޑިއާއިންނެވެ. މި ވަގުތު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ރަޝިއާ އިންނެވެ.
އިދިކޮޅުން ޖޭވާވަރަށް ރައީސް ސޯލިހް ވެރިކަން ކުރައްވަން މޮޅު - މިނިސްޓަރ މައުސޫމް
43 ސިކުންތު ކުރިން ( އޮގަސްޓް 3, 2021 )
''އިދިކޮޅުޕާޓީީގެ ބައެއް އިސް ބޭފުޅުން "ނާވާދަވެރި" ގޮތަކަށް ބަސް ވިދާޅުވުމުން ދޭހަވަނީ އިންތިޚާބު އިއުލާނުކުރުމުގެ މާކުރިން އެވެރިން ބަލި ގަބޫލު ކޮށްފިކަން. ރައީސް ޞާލިޙު ހަމަ މޮޅީ! އެކޮނުމީ ފުލުގަޖައްސާލި ކޮވިޑުތެރޭވެސް ޤައުމު ހިންގަމުން އެ ގެންދަވަނީ އެއުރެން ޖޭ ވާހާ މޮޅަށް.
އިދޮކޮޅުން ކީއްކުރަން ބައިކޮޅުންވެސް ބައިކޮޅަށް ލަނޑުޖަހަނީ ސަރުކާރު ހިންގާލެއް ދޯހަޅިކަމުން!! ދެން ވަޒީފާގެ ދަހިވެތިކަމުގަ ތިކަހަލަ ވާހަކަތައް ދައްކާ މީހުން ގިނަ!! އާކަމެއްނޫން ހަކުރު ދެންޏާ ބޮޑުބޭބެ ދެއްތޯ؟ ގައުމުގެ އިގްތިސޯދު ފުނޑާލައިފި! ގައުމުގެ ބިންތަކަށް ބޭރުގައުމެއްގެ ސިފައިން އަރުވައިފި އަޑިނޭގޭ އެއްބަސްވުންތައް ހަދައިގެން! ގައުމުގެ މިނިވަންކަމާ އަމިއްލަވަންތަކަން ނަގާލައިފި!! ރައްޔިތުން ކުރިމަތީވި އެތައް ވަޢުދަށް ހަރާންކޯރުވެއްޖެ! ވައްކަންތަކާ ކޮރަޕްޝަންތައް ސަރުކާރުތެރޭ އިންތިހާއަށް ބޮޑު! ވެންޓިލޭޓަރު ވައްކަންވެސް އެއޮތީ! އަންހެނުންތަކެއްގެ އިއްޒަތަށާ ކަރާމާތައް މިނިސްޓަރަކު އަރައިގަތްކަމުގެ ތުހުމަތު އެއޮތީ! އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ބައިވެރިންވެސް ސަރުކާރުތެރޭގައި ގިނަކަން ލީކްވެފައިވާ މަޢުމޫމާތުތަކުން އެނގެން އެބައޮތް!! ސަރުކާރުގެ ބޮޑެތި ކުންފުނިތަކުން ގާބިލް ދިވެހިން ބޭރުކޮށް ބޮޑު މުސާރަދީ އެތައް ބިދޭސީންތަކަކަށް ވަޒީފާތައް ދީފި!! ގައުމެއްގެ އެންބަސީން ބުނާހާގޮތަކަށް ނޫނީ އެއްވެސް ކަމެއްކުރެވޭކަށް ސަރުކާރަށް ނެތްތަން ފެންނަނީ! ގައުމުގައި ތަރައްގީގެ މަޝްރޫޢެއް ނުހިންގޭތާ ވަޒީފާތަކެއް ނުއުފެއްދުނު!! ދީނަށް ފުރައްސާރަކުރުންވީ އިތުރު! އަދުލު އިންސާފުން އެއްކިބާވެފައިވާލެއް މާބޮޑު! ޖޭއެސްސީއޭ ކިޔާތަނަކުންވަނީ މުޅި ޝަރުއީ ނިޒާމް ވަނީ ހައިޖެކްކޮށްފަ! ކޯޓްތަކަށް ބިރުދެއްކުމާ ނުފޫޒު ފޯރުވުން އިންތިހާއަށް ބޮޑު! ދެން ތިބުނާހެން މިވަރުން ދިވެހި ރައްޔިތުން ޖޭ ނުވިއްޔާ ރަގަނޅުތާ! މިއޮތީ ވާ މޮޅުވެރިކަމެއް! ދެން އަތްޖަހަން ހުރޭ!!
އިދިކޮޅުން ޖޭވާވަރަށް ރައީސް ސޯލިހް ވެރިކަން ކުރައްވަން މޮޅު - މިނިސްޓަރ މައުސޫމް
43 ސިކުންތު ކުރިން ( އޮގަސްޓް 3, 2021 )
''އިދިކޮޅުޕާޓީީގެ ބައެއް އިސް ބޭފުޅުން "ނާވާދަވެރި" ގޮތަކަށް ބަސް ވިދާޅުވުމުން ދޭހަވަނީ އިންތިޚާބު އިއުލާނުކުރުމުގެ މާކުރިން އެވެރިން ބަލި ގަބޫލު ކޮށްފިކަން. ރައީސް ޞާލިޙު ހަމަ މޮޅީ! އެކޮނުމީ ފުލުގަޖައްސާލި ކޮވިޑުތެރޭވެސް ޤައުމު ހިންގަމުން އެ ގެންދަވަނީ އެއުރެން ޖޭ ވާހާ މޮޅަށް.''
Aidha Abdul Hakeem @Mausoom_Maus
ކީއްވެގެންތޯ މާލޭގެ އިމާރާތްތައް ރަހުނު ކުރަމުން މި ގެންދަނީ؟ އިކޮނޮމިކް ބޫމެއް ގެންނަނީތޯ؟ އަޅުގަނޑު އިކޮނޮމިސްޓަކަށް ނުވާތީ އަހާލީ.
މިހިރީ އަންހެނަކު މިކަލޭގެއަށް ދިންރައްދު.
ސާބަހޭދަރިޔާ
މީ އަޅެ ތަންތާ ތިބޭ ގަމާރުންތަ ރައްޖެއަށް ވަމުންދާގޮތް ނުފެންނަނީ ކިޔަވައިގެން ތިއްބަސް މީ އަޅެ ބޮޑުބަރު
ކެލާ ކަޑުކޮސް ކަލޭ ސަލާމަތުންތަ ތިހުރީ
ވެލާނާގެ އާ އޮލމްޕަސް އިންޑިއާ އައް ވިއްކާލަން ދޯ، ލަދެއް ނުގަނޭ ތިކަހަލަ ވާހަކަ ދައްކަން
އިދޮކޮޅުން ކީއްކުރަން އެއްކޮޅުންވެސް ނުވަތަ ސަރުކާރު ހިންގާ މައި ޕާޓީގެތެރެއިންވެސް އެއުޅެނީ ޖޭވެގެން!! ސަރުކާރު ހިންގާލެއް ދޯހަޅިކަމުން!! ދެން ވަޒީފާގެ ދަހިވެތިކަމުގަ ތިކަހަލަ ވާހަކަތައް ދައްކާ މީހުން ގިނަ!! އާކަމެއްނޫން ހަކުރު ދެންޏާ ބޮޑުބޭބެ ދެއްތޯ؟ ގައުމުގެ އިގްތިސޯދު ފުނޑާލައިފި! ގައުމުގެ ބިންތަކަށް ބޭރުގައުމެއްގެ ސިފައިން އަރުވައިފި އަޑިނޭގޭ އެއްބަސްވުންތައް ހަދައިގެން! ގައުމުގެ މިނިވަންކަމާ އަމިއްލަވަންތަކަން ނަގާލައިފި!! ރައްޔިތުން ކުރިމަތީވި އެތައް ވަޢުދަށް ހަރާންކޯރުވެއްޖެ! ވައްކަންތަކާ ކޮރަޕްޝަންތައް ސަރުތެރޭ އިންތިހާއަށް ބޮޑު! ވެންޓިލޭޓަރު ވައްކަމާ އަންހެނުންތަކެއްގެ އިއްޒަތަށާ ކަރާމާތައް މިނިސްޓަރަކު އަރައިގަތްކަމުގެ ތުހުމަތު އެބައޮތް!! އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ބައިވެރިން ސަރުކާރުތެރޭގައި ލީކްވެފައިވާ މަޢުމޫމާތުތަކުން އެނގޭގޮތުގައި!! ސަރުކާރުގެ ބޮޑެތި ކުންފުނިތަކުން ގާބިލް ދިވެހިން ބޭރުކޮށް ބޮޑު މުސާރަދީ އެތައް ބިދޭސީންނަކަށް ވަޒީފާތައް ދީފި!! ގައުމެއްގެ އެންބަސީން ބުނާހާގޮތަކަށް ނޫނީ ކަމެއްކުރެވޭކަށް ސަރުކާރަކަށް ނެތް!! ގައުމުގައި ތަރައްގީގެ މަޝްރޫޢެއް ނުހިންގޭތާ ވަޒީފާތަކެއް ނުއުފެއްދުނު!! ދީނަށް ފުރައްސާރަކުރުންވީ އިތުރު! އަދުލު އިންސާފުން އެއްކިބާވެފައިވާލެއް މާބޮޑު! ޖޭއެސްސީއޭ ކިޔާތަނަކުންވަނީ މުޅި ޝަރުއީ ނިޒާމް ހައިޖެކްކޮށްފަ! ކޯޓްތަކަށް ބިރުދެއްކުމާ ނުފޫޒު ފޯރުވުން އިންތިހާއަށް ބޮޑު! ދެން މިވަރުން ދިވެހި ރައްޔިތުން ތިބުނާހެން ޖޭ ނުވިއްޔާ ރަގަނޅު! މިއޮތީ ވާ މޮޅުވެރިކަމެއް! އަތްޖަހަން ހުރޭ!!
މިކަހަލަ ބުރާންޗުން މިނިސްޓަރުކަން ދިނީރުން މިކަހަލަ ކިތަންމެ ކޮހެއް ގޮވާނެ. އަނެއް ދުވަހު ނިކުމެ މާފަށްވެސް އެދޭނެ.
މަގާމު ދިފާއުކުރެވޭތޯބަލަން ދައްކާ މޮޅެތިވާހަކަ. ވައުދުވިވަރށް ފަތުރުވެރިން ނައިމަ އިބޫ ހައްދާލަންދެއްކި މޮޅުވާހަކައެއްތީ.
ހަކުރު ކިލޯ އެއް 40 ރ ކިހާ ޖޭ ވާނެ ދޮތާ ޑރ.ބޯގޯސް
ބަލަ މިހިރަ ލަދުކުޑަ މައުސުމާ ކަހަލަ އަމިއްލަ އެދުމުންފޯވެ އަދި ނަހައްގުންމުއްސަދިވަމުންދާތީ މޮޔަނުގޮވާ ޓުއަރިޒަމުމިނިސްޓަރުކަމެކީ މިދިވެހިރާއްޖޭގާ އެންމެ މުއްސަދިވާ ތަން މިގޮތުން ކުރިގެ މީހުން ބޮރޯ ތޮޑޫ މިހާރު ކެލާ ދެން އޮތީ ކުޑަދުވަސްކޮޅެއް ހޯދުނުގޮތަކައް ހޯދަނީ ފަޅެއް ނޫ ގައުމުވެސްވިއްކާފާއި ޑޮލަރު ޑޮލަރު ހަނިމާދޫ އެއާޕޯޓެއްވެސް ނޭޅޭނެ ދެހާސް ތޭވީހުގާ ތިކަންކުރާނީ ރައީސް ނަސީދު
މަޤާމުގއި ދެމިހުރެވޭނީ ސޮހޮލުންނަށް ސަނާކިޔާ ސަންގޯރުންނަށް ދަންނަބޭކަލުންނޭ ކިޔައިގެންނެވެ.
މައުސޫމު މީ ރަނގަޅު ކަނޑުކޮހ ހެއްތާ
ސަރުކާރު ހިންގަނީ ތީ ކިހިނެއްބާ....ސަރުކާރު ޕްރޮޖެކްޓް ތަކުގެ ބިލްތަކަށް ފައިސާ ނުލިބިގެން މިތެޅެނީ....މިއަދު މާދަމާ އަކުން ނާރާ....ތިގޮތަށް ނުހިންގިއްޔާ އަހަރެމެންނަށް ރަނގަޅީ....
މައުސޫމް ދޮންބޭ އަސްލު ވެސް ޖޭ ނާނެ ދޯ؟ ވައްކަން އެވަރު އަނިޔާ އެވަރު ، ކުނިހޮވައިގެން ކައިބޯ އުޅޭ ޒުވާނުން އެވަރު ، ބިންތަށް ވިއްކާ ހުސް ކޮށްފި ، މި ސަރުކާރު އޮތީމަ އަޅުވެތިކަން ނުފެނުނަސް މި ޤައުމު އަޅު ވެތި ކޮށްފި، ދެން ވިސްނާ ޖޭވާނެ ވަރު؟
މިހާރުވެސް ތިބޭފުޅާގެ ވަޒީފާ ގެއްލިބަލަ އޭރުން ބުނާނެ ވަރައް ދެރަވެޔޭ މިނިސްޓަރުކަން ކުރެވުނީމަ ރައްޔަތުން ކިބައިން މާފައްވެސް އެދޭނެ
ޢަމައްޔާއި ދެންބޮޑުކައްކާ އެއްގެބަސްމަގު ހުއްނަގޮތައް ސިޔާސީރަނޑިއެއްހެން ޖޭވަނީއޭތިބުނީ ކޮއްމެދިވެހިރައްޔިތަކައް ބުނެވޭނެބަސް ސަރުކާރައް ޥޯޓުފޮޝިން ބަލިއަރުވާލާނީ ރިޔާސީއިންތިހާބުގަ ތައްޔާރުވޭ
މަގާމުގެ ދަހިވެތިކަމާހުރެ މީހަކު ލޯ ކަނުވެ ހިއްސު އެކޮޅުކޮޅުން ޖެހިފައިވާތަން މިފެންނަނީ، ތަންފުކެއް ބޮޑުވަރު، މިހާރު މިކަލޭގެއަށް ދުވާލު ފެންނަނީ ރޭގަނޑަށް ރޭގަނޑު ފެންނާނީ ދިވާލެއްގެ ގޮތަށްކަންވެސް ޔަގީން
މި މައުސޫމު މީ ބޯހަމަޖެހޭމީހެއްތޯ؟ މިހާގިނަ ވަށްކަންތައް މިސަރުކާރުން ކުރަމުން ދާއިރުވެސް މި ގަމާރަށް ނުފެންނަނީތޯ؟ ދެންބުނޭ މި ގައުމުގައިހުރި ރިށޯޓުތަކަީ އިބުހީމްގެ ނޮޅުކަމުން އުފެއްދި ރިސޯޓުތަކެކޭ! ބަލަ ގަމާރާ ރާއްޖެއަށް ގެސްޓުން އަންނަނީ ރިސޯޓުގެ މާރުކޭޓިންގެ މޮޅުކަމުން އެކަމުގައި މައުސޫމުގެ ހިއްސާއެއް ނޯންނާނެ! ކަލެއަކީވެސް އިބުހިމް ކަހަލަ ފޭލިޔާއެއް!ވަޒީފާގެ ބޭނުމުގައި ތިޔަވަރަށް ގޮވެލިފަތި ނޮގޮވިސް ކަމުދާނެ!
މަގާމުގެދަ ހިވެތިވިއަސް ތީދެންބޮޑުވަރު ކޮންކަމެއްތޯ ކުރެވުނީ ގައުމު ހިންގަންމޮޅުވީމަދޯ އިންޑިއާއަށް ގައުމުވިއްކާލީ މޮޅުކަމުން ކުރަނީވައްކަން ކުރެވުންރަގަޅު ކަމެއް ހަރާން
އެހެންވެ ދޯ އެއާދޭސްކުރަނީ ވެރިކަން ހިންގަން އެހީވެދޭށޭ. ކޮވިޑުން އަރައިގަންނަން .މީވާ ވަރަކަށް ވައިޖަހާ މީހެއް
1.ޔާމީން ދައުލަތަށް ހޯދި ފައިސައެއްފިޔަވައި ފައިސާއެއް ނުހޯދޭ!
2. ޔާމީން ފެއްޓި މަޝްރުޢެއްފިޔަވައިމަޝްރުޢެއް ނުފެށޭ
3. ޔަމީން ގެނައި ތަރައްޤީފިޔަވައި ތަރައްޤީއެއް ނުގެނެވޭ!
4. ޔާމީން އަލަށް އުފަންކުރި ރިސޯޓްތައް ފިޔަވައި ރިސޯޓެއް ވުޖޫދެއްނުކުރެވޭ!
5. ޔާމީން ތަރައްޤިގެ ދަނޑުގައި އިންދި ގަސްތަކުންމެނުވީ މޭވަޔެއް ނުލިބޭ!
6. ޔާމީން ދައުލތަށް ހޯދި މުދަލެއް ނޫނީ މުދަލެއް ނުހޯދޭ!
މިއަދު ފޮނިބއިސާ ކަނޑަކަނޑާފަ ތިޔަ ބޮނީ ޔާމީން އިންދި ގަސްތަކުގެ ފޮނި. ލަދުގެންބަލަ!
މައުސޫމު ކަލޭ އިބްރާހީމްސާލިހަށް ހުށާމަދުކުރަނީ ކަލޭކަހަލަ ނާގާބިލުމީހަށްވެފައި ވަޒީފާގެ ދަހިވެތިކަމުގައެވެ. ޔަގީނުންވެސް ދަންދޮރުދަންނަ މީހަކު ޓޫރިޒަމްމިނިސްޓަރުކަމެއް ކަލެއަކަށްނުދޭނެއެވެ. ރާއްޖޭގެ ޓޫރިޒަމް މިހާރު މިދާސްޕީޑްގައި ދަނީ އިންވެސްޓަރުންގެ މިންނެތް މަސައްކަތުންނެވެ. ކަލޭއަކީ ގާބިލު ތަންދޮރުދަންނަ މީހެއްނަމަ ރާއްޖޭގެ ޓޫރިޒަމް މިހާރު އެތައްގުނައަކަށް ކުރިއަރައިގެން ދާނެކަން ޔަގީނެވެ. ހުށާމަތުކުރުމާއި ފޮނިބާސާކަޑަނީ ސަރުކާރު ފެއިލްވެފައިވާތީ ރައްޔިތުންވާވެއްދުމަށެވެ. 2023 ނުލިބޭނެކަން އެންމެ ބޮޑަށް ގަބޫލުކުރެވިގެން އުޅެނީ ކަލޭމެންނަށެވެ. ގާބިލުކަންނެތިއްޔަކާ މޮޅުބަސްބޭނުންކުރުންފިޔަވައި ކުރާނެ ކުރެވޭނެ ކަމެއް ނޭގޭނެއެވެ. ކަލޭ ދައްކާވާހަކަ އަމިއްލައަށް ރެކޯޑްކޮށްގެން އަޑުއަހާބަލާށެވެ. ތިމާގެ ނާގާބިލްކަން ކޮންމެވެސް ވަރަކަށް ވަޒަންކުރެވޭނެއެވެ.
ޕީޕީއެމް އިން މިނިވަން ކަމުގެ ދިފާއުގައޭ ކިޔާފައި ކެމްޕައިން ކުރަން ފެށީމައި މިކަމާއި ދޭތެރޭގައި ބޮޑެތި ސުވާލު އުފެދޭ! މިނިވަންކަމުގެ ދިފާއުގައޭ ކިޔާ ޕީޕީއެމް އަށް ވާހަކަ ދެއްކުމުގެ ހައިސިއްޔަތެއް ނެތް. ޕީޕީއެމްގެ ޓިކެޓްގައި ޔާމީން ޕީޕީއެމްގެ ވެރިކަމެއް ޤާއިމުކުރުމަށް ފަހު ފުރަތަމަ ސަތޭކަ ދުވަސްވެސް ހަމަނުވަނީސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 175 މޭލުން ބޭރު މަސްވެރިކަމަށް ހުޅުވާލުމުގެ ނަމުގައި ޤާނޫނެއް ފާސްކޮށްގެން ރާއްޖޭގެ ބޯޑާރ ވަނީ ކޮމްޕރޮމިސް ކޮށްފައި. އެއިގެ ސަބަބުން ަސްވެރިންނަށް ކުރި ފައިދާއެއ ނެތް އެހެނަސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޑަރްގް އަތުން އަތަށް، އުޅަނދުން އުޅަނދަށް ބަދަލުކުރުން ފަދަ ޖިނާއި އެތަށް ކުށެއް އެބަ ހިންގާ. ޔާމީނު ނަޝިދު އާއި އަޑިއަޑިން ގުޅިގެން ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤަނޫންއަސާސީ އަށް ބަދަލުގެނެސް ރާއްޖޭގެ ބިން ބޭރުމީހުންނަށް މިލކްކުރެވޭގޮތް ހެދުމަށްފަހު އިކޮނޮމިކް ކައުންސިލްގެ މުތުލަގް ބާރު ރައީސްގެ އަތަމައްޗަށް ނަގައިގެން ވާވުއަތޮޅުގެ ރައްތަކާއި ފުށިދިއްގަރު ފަޅާއި އެމބޫދޫ ފަޅު ފަދަ ރާއްޖޭގެ އެތައް ފަޅުތަކަކާއި ބިން ވަނީ ބޭރުގެ މީހުން ހަދައިފައި ހުރި ކަރުދާސް ކުންފުނި ތަކުގެ އަތްމައްޗަށް ދޫކޮށްފައި. އެވަރުން ނުވެގެން މުޅި ފާފު އަތޮޅު އޮތްގޮތަށް އަރަބިންނަށް ވިއްކާލަން ނިއްމައި އެގްރީމެންޓް ގައި ސޮއިކުރަން އޮތީ ނިއްމާފައި. އެކަމަކު ކިންގް ސަލްމާނު ބިރުން ނަމަވެސް ރާއްޖެ އަށް އެދަތުރު ނުކުރަން ނިއްމި ނިއްމުމާއި ގުޅިގެން ދިވެހިންނަށް އަތޮޅު ސަލާމަތް ކުރެވުނީ. މުޅި ދިވެހި ދައުލަތް އޮތީ ބައިނަލް އަޤްވާމީ މައިދާނުގައި އެކަހެރިކޮށްފައި. ޤައުމުގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރަމުން ދިޔައީ ބަތްދެންޏާ ބޮޑުބޭބެ އުސޫލުން ބޭރުގެ ކޮންމެވެސް ޤައުމެއް ރުހޭގޮތަށް. ޤައުމުތަކާއި ގުޅުން ކަނޑަމުން ޤައުމު އެކަހެރިކުރަމުން ދިޔައީ ގޮތެއް ފޮތެއ ނުބަލާ. މުޅި ދައުލަތުގެ މާލިއްޔާ ލޫޓުވައި އަމިއްލަ އެކައުންޓަށް ޖަމާ ކުރަމުން ދިޔައީ ރޯމާ ދުވާލު. ޤައުމުގެ ސުޕުރީމް ކޯޓުގައި ތިބި ފަނޑިޔާރުން ރަހީނުކޮށްފައި ދަމާކޫތާފައި ނެރެ ޖަލަށް ލާފައި ސުޕުރީމް ކޯޓު ހިންގަމުން ގެންދިޔައީ އަމިއްލަގެ ދޫވެހީގެ ފެންޑާ މަތީގައި ތިބެ ހުކުމްތަށް ލިޔެ ފަރުމާކޮށްގެން. ގާނޫންހަދާ މަޖިލިސްއަށް މެމްބަރުން ވަނަނުދީ އެމީހުން ފާރުމަތިން އުކާފައި ޤާނޫން ހަދާ މަޖިލިސް ހިންގަމުން ގެންދިޔައީ އަމިއްލަ ގޭގެ ބަދިގެ ހިންގާ އުސޫލުން. ދެން ޕީޕީއެމް އަށް ނުކުމެވޭނީ ކޮން މިނިވަނކަމެއްގެ ދިފާއަކު؟
އިދިކޮޅު ޖޭ ނުވާނެ. ރައީސް ޔާމީނުގެ ޚިދުމަތާ ގާތްކުރާ ވަރަށް ގާތަކަށް ވެސް ކަމެއް ނުވޭ. މި ވެސް ވަޒީފާގެ ބޭނުމުގައި އަނގަފަޅާ މިހެއް
ކޮވިޑު 19ގެ ވެންޓިލޭޓަރަށް ވަގުއެރި މޮޅުކަމުންނާއި އިންޑިއާގެ އަތްދަށަށް ގައުމުގެ މިނިވަންކަން ވިއްކާ ހުސްކުރަމުންދާ މޮޅުކަމުން އިދިކޮޅުން ވަރަށް ޖޭ އެބަވެއި😫🤯
އޭމިހިރަގަމާރާ ކަލޭ އެކަނިތަ ދެލޯ ހުންނަނީ ބަލާފަ އަހަރެމެންވެސް މިތިބި ބަލަހައްޓާ އިގެން ހީކުރަނީ ތިމާއެކަނި ކަމަށް ދެލޯ ހުރީ އަހަރު މެންއުފަން ވީފަހުން އެންމެ ދަތިހާލުގައި އުޅެމުން މިދަނީ ނިމިދިޔަ ތިން އަހަރު ގައި އަދިވެސް ގޮވުނު ހާއެއްޗެއްގޮވާ އޭރު ންވަޒިފާ ޙިމާޔަތް ކުރެވޭނީ ބޮލުރޮދި
މި ހަމަ ފައްކާ ކަނޑުކޮހެއް. ޔާމީނު އަޅާލާ ރޮނގެއްވަރުވެސް މިވެރިން ނުވާނެ
އެމް އެމޕރސ ގެ ލާރިގަނޑުން ބައެއް ކަލެއަވެސް ދިނީދޯ އިބޫ ކައިރީ އަހާބަލަ ކިހާވަރެއް ވަގަށްކާލިންތޯ އަދި ވެރިކަމުން ބޭރުކުރުމަފަހު އުމުރުގެ ބާކީއޮތްބައި ޖަލުހޭދަކުރަން ޖެހުނީމަ ހަޖަމްކުރެވޭނެތޯ އިބޫގެ ވެރިކަން މޮޅުކަމުން އޭނައަރާކޮންމެ ރަށަކުން މަރުހަބާ ކިޔާމީހުން ކިހާގިނަތޯ؟
ހަޖަމް ނުކުރެވޭނެ ދޯ ލާދީނީވީމަ އެއީ ތަ އިބޫ މޮކަމަކަށް ކުރިކަމަކީ؟ ހަޖަމް ނުކުރެވޭނެ ދޯ އިންޑިއާ މީހުންމިޤައުމުން ބޭރުނުކުރީމަ ހަޖަމެއްނުކުރެވޭނެ ދޯ އެމް ޑީއެން ރިޕޯޓް ނެރުނު ޝައިތާނުން ބޮޑުމުސާރަދީފަ ހިމާޔަތް ކުރީމަ ދޯ ކަލޭކަހަލަ ދެފުއްކެރިނަށް މިވެރިކަން އޯކޭވީ ތިކަހަލަޝައިތާނުން ގިނަވުމުގެ ސަބަބުން ނުކިޔަވާ ފެންނުވަރާ ލާދީނީ ނަށް މިދިވެހިފަސްގަޑުން ޖާގަލިބިގެދަނީ ތިކަލަޖައްބާރުންގެ ސަބުން!
ޒަބީބު ގެ ކޮމެންޓަށް ސިއްރުން ބުނެލަން އޮތީ ފ. ޢަތޮޅު މަސްރޫއު އަލުން ހިންގާދޭތޯ ކިންގް ސަލްމާނަށް ދަންނަވަން މުހައްމަދު އަރިހުގާ އިބޫ ނުބުނާ ކަމަކަށް ނުވާނެ އަދި އެކަމާ ގުޅޭ ގޮތުން ފޮނުވި ރަސްމީ ސިޓީ އަށް ޖަވާބުވެސް ނުދިން...މިއީ ވަރަށް ވާހަކަ...އަދި އަންނި ސައުދީ އޭ ކިޔައިގެން އަނގަ ތަޅަން ފެށީމާ މިހާރު އެހެރީ އަނގަ ބަންދު ކޮށްފައި..މިއީ ވެސް ވަރަށް ވާހަކަ...
ކެލާ ސީދި އަންހެންކުދިން ގާތުގާ ފޮނި ބުރުއްސާ ހެން މީނާ ވެސް ފޮނި ކަނޑަން ފެށީ ދޯ....މުޅި މިނިސްޓްރީ އޮތީ ބޮއްސުންލާފައި...މިއީ ވަރަށް ވާހަކަ....
ބުރިޖް ފެންނަން އޮތީމަ ތިބަގަނޑަށް ޖަމްނުކުރެވިގެން ރައީސްޔާމީން ފަހާތިދުވަނީ 25 ބުރީގެ އިމާރާތްފެނިފަ ލޮލަށް ނިނައިސްގެ ތިބައިގަނޑު ތިތެޅެނީ ހހަރާމެއް ހަލާލެއް ނުބަލާ ޤާނޫނެތް އިންސާފެއް ހަމައެއް ލަމައެނުބަލާ ހިތަށްއެރިކޮންމެގޮތަކަށް ނިިންމުންތައް ނިންމަމުންތިދަނީ ތިކުރާކަންތަކުގެ ހިތިރަހަތިމާމެންގެ އަރުބުޑުގަ ލާދުވަހުން ތިމާމެނަށް ހަޖަމް ކުރެވޭނެ ބާ ؟
ބަލަ އިދިކޮޅު ޖޭކުރާކަށް ނޫނޭ ރައްޔިތުން ވެރިކަން ހަވާލުކޮށްފަ ބެހެއްޓީ. ރައްޔިތުންނަށް ހިދުމަށް ކުރުމަށް. އެވަރު ނޭގޭބަޔަކަށް ވެރިކަން ވާނެތަ؟
ސާބަހޭ ތިޔަ ކުރައްވާ ބޭކާރު މަސައްކަތްތަކައް.
ޢިދިކޮޅު ޖޭވަނީ ރާއްޖޭގެ ތަރިކަމޫދާ ޢިންޑިޔާ އައް ހިބަކޮއް ދޭތީވެ މިގޮތައް ގައުމް މިއްކާލާއިގެން ބޮއްޅަވެސް ވެރިކަން ކުރާނެ އެހެން ނޫނީ 10 އަހަރުގެ ކުޑަކުއްޖެވެސް ތިވަރުވާނެ ،
ތިޔަބުނާ މީހަކު ވެރިކަން ކުރާލެއް މޮޅުކަމުން އަހަރެމެން މިތިބެނީ ލަދުން ދެފައި ކައިރި ނުކުރެވިފަ.
މައުސޫމުގެ ސިކުނޑީގެ މައްސަލައެއް އުޅޭކަން ކަށަވަރު!!
މިނިވަން ކަމުގެ ދިފާއުގައޭ ކިޔާފައި ކެމްޕައިން ކުރަން ފެށީމައި މިކަމާއި ދޭތެރޭގައި ބޮޑެތި ސުވާލު އުފެދޭ! މިނިވަންކަމުގެ ދިފާއުގައޭ ކިޔާ ޕީޕީއެމް އަށް ވާހަކަ ދެއްކުމުގެ ހައިސިއްޔަތެއް ނެތް. ޕީޕީއެމްގެ ޓިކެޓްގައި ޔާމީން ޕީޕީއެމްގެ ވެރިކަމެއް ޤާއިމުކުރުމަށް ފަހު ފުރަތަމަ ސަތޭކަ ދުވަސްވެސް ހަމަނުވަނީސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 175 މޭލުން ބޭރު މަސްވެރިކަމަށް ހުޅުވާލުމުގެ ނަމުގައި ޤާނޫނެއް ފާސްކޮށްގެން ރާއްޖޭގެ ބޯޑާރ ވަނީ ކޮމްޕރޮމިސް ކޮށްފައި. އެއިގެ ސަބަބުން ަސްވެރިންނަށް ކުރި ފައިދާއެއ ނެތް އެހެނަސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޑަރްގް އަތުން އަތަށް، އުޅަނދުން އުޅަނދަށް ބަދަލުކުރުން ފަދަ ޖިނާއި އެތަށް ކުށެއް އެބަ ހިންގާ. ޔާމީނު ނަޝިދު އާއި އަޑިއަޑިން ގުޅިގެން ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤަނޫންއަސާސީ އަށް ބަދަލުގެނެސް ރާއްޖޭގެ ބިން ބޭރުމީހުންނަށް މިލކްކުރެވޭގޮތް ހެދުމަށްފަހު އިކޮނޮމިކް ކައުންސިލްގެ މުތުލަގް ބާރު ރައީސްގެ އަތަމައްޗަށް ނަގައިގެން ވާވުއަތޮޅުގެ ރައްތަކާއި ފުށިދިއްގަރު ފަޅާއި އެމބޫދޫ ފަޅު ފަދަ ރާއްޖޭގެ އެތައް ފަޅުތަކަކާއި ބިން ވަނީ ބޭރުގެ މީހުން ހަދައިފައި ހުރި ކަރުދާސް ކުންފުނި ތަކުގެ އަތްމައްޗަށް ދޫކޮށްފައި. އެވަރުން ނުވެގެން މުޅި ފާފު އަތޮޅު އޮތްގޮތަށް އަރަބިންނަށް ވިއްކާލަން ނިއްމައި އެގްރީމެންޓް ގައި ސޮއިކުރަން އޮތީ ނިއްމާފައި. އެކަމަކު ކިންގް ސަލްމާނު ބިރުން ނަމަވެސް ރާއްޖެ އަށް އެދަތުރު ނުކުރަން ނިއްމި ނިއްމުމާއި ގުޅިގެން ދިވެހިންނަށް އަތޮޅު ސަލާމަތް ކުރެވުނީ. މުޅި ދިވެހި ދައުލަތް އޮތީ ބައިނަލް އަޤްވާމީ މައިދާނުގައި އެކަހެރިކޮށްފައި. ޤައުމުގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރަމުން ދިޔައީ ބަތްދެންޏާ ބޮޑުބޭބެ އުސޫލުން ބޭރުގެ ކޮންމެވެސް ޤައުމެއް ރުހޭގޮތަށް. ޤައުމުތަކާއި ގުޅުން ކަނޑަމުން ޤައުމު އެކަހެރިކުރަމުން ދިޔައީ ގޮތެއް ފޮތެއ ނުބަލާ. މުޅި ދައުލަތުގެ މާލިއްޔާ ލޫޓުވައި އަމިއްލަ އެކައުންޓަށް ޖަމާ ކުރަމުން ދިޔައީ ރޯމާ ދުވާލު. ޤައުމުގެ ސުޕުރީމް ކޯޓުގައި ތިބި ފަނޑިޔާރުން ރަހީނުކޮށްފައި ދަމާކޫތާފައި ނެރެ ޖަލަށް ލާފައި ސުޕުރީމް ކޯޓު ހިންގަމުން ގެންދިޔައީ އަމިއްލަގެ ދޫވެހީގެ ފެންޑާ މަތީގައި ތިބެ ހުކުމްތަށް ލިޔެ ފަރުމާކޮށްގެން. ގާނޫންހަދާ މަޖިލިސްއަށް މެމްބަރުން ވަނަނުދީ އެމީހުން ފާރުމަތިން އުކާފައި ޤާނޫން ހަދާ މަޖިލިސް ހިންގަމުން ގެންދިޔައީ އަމިއްލަ ގޭގެ ބަދިގެ ހިންގާ އުސޫލުން. ދެން ޕީޕީއެމް އަށް ނުކުމެވޭނީ ކޮން މިނިވަނކަމެއްގެ ދިފާއަކު؟
ޕައުންޑު ބްރޯ
މައުސޫމް. އަދި ނުޖެހޭ މަތިހަށި ނަގާ ފުއްޕާކަށް. ވެރިކަން ކުރަން އިބޫ މޮޅުކަމަށް ތިބުނަނީ ކޮން މިންގަނޑަކުން ކިރާފަތަ؟ ހަމަގައިމުވެސް މިއިން ދުވަހަކު އިންޑިއާގެ ބާރު ނެތްވަރަށް ރާއްޖެއަށް އިންޑިއާގެ ބާރު ރާއްޖޭގަ އެބައޮތް. ދައުލަތުގެ ދަރިނި މިއިން ޒަމާނަކު ނުދާވަރަށް މައްޗަށް ހިނގައްޖެ. ވެރިކަމުގެ %65 ނިމުނުއިރު ވައުދުތަކާ އެއްގޮތަށް
ކުރެވުނީ %20 މަސައްކަތް. ރާއްޖެއަށް ދިމާވެފައިވާ އިޖްތިމާއީ މައްސަލަތަކެއް ހައްލެއް ނުކުރެވުނު. ދެން މިހެންގޮސް އެތައް ވާހަކައެއް ކީދާނެ.
އަޅުގަނޑު ބުނެލަން އޮތީ ކޮވިޑަކީ މުޅިދުނިޔެއަށް އައި އެއްޗެއްކަމާއި މިގައުމުގައި 19ރ އަށް އެމެރިކާ ޑޮލަރެއް ނާރާނޭ ޔާމީންކަހަލަ ވެރިއެއްހުރިނަމަ،،، މިސްކިތްތަކާ އޮފީސް ތައް ބަންދު ކުރީމަ ކަރަންޓާއި ފެން ބިލްތަށް ކުޑަވެ ދައުލަތަށް ލިބުނު ފައިސާތަކަށް ވީ ކީއްހޭ
ބަލަ ވަރަށްމޮލު މިހާރު ސަރުކާރު ނުހިންގިގެން އޮލިންޕަހާ ސަހަރާތައްވެސް ވިއްކައި ލޯނުނަގައި ފައިސާ ޗާޕްކުރަނި
ތިޔަބުނާ މީހެއްގެ މޮޅުކަމުން ގައުމުގެ ވިޔަފާރިޗެރިން ތަރުކާރީ ވިއްކާ ހިސާބައްދިޔައީ
މައުސޫމް އައްޑޫ ރަށްޔިތުންނަށް ހޯދައިދޭން ވައުދުވި ޕައުންޑާ ހެދިވެސް ބައެއް ފަ ރާތްތަކުން ޖޭއެބަވޭ
ބުރާންތި އަރާފަހުރި އެއްޗެއްތަތީ!
މިވަރުގެ ތަންދޮރު ނުދަންނަ އުޑެއްބުޑެއް ނޭނގޭ އަދި ކަމެއްކުރަން ނޭނގޭ މީހަކު ރާއްޖޭގަ ވެރިކަން ކުރިތަނެއް އަހަރެމެންގެ ޙަޔާތުގަވެސް ނުދެކެން.
ބުރާންތި އަރާފަހުރި އެއްޗެއްތަތީ!
މިވަރުގެ ތަންދޮރު ނުދަންނަ އުޑެއްބުޑެއް ނޭނގޭ އަދި ކަމެއްކުރަން ނޭނގޭ މީހަކު ރޮމުން ރޮމުން، ރާއްޖޭގަ ވެރިކަން ކުރިތަނެއް އަހަރެމެންގެ ޙަޔާތުގަވެސް ނުދެކެން.