ރާއްޖެ އަންނަ ފަތުރުވެރިން ފަސް ދުވަހަށް ފަހު ފޫހިވާނެ ކަމަށާއި، ތިބެން ޖެހޭނީ އެއް ތަނެއްގައި ބަންދުވެފައި ކަމަށް ސްރީ ލަންކާގެ ޓޫރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯ ވިދާޅުވެ ދެއްކި ވާހަކަތަކާއި ގުޅިގެން، ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް އޭނާގެ ވާހަކަތަކަށް ރައްދު ދެއްވައިފިއެވެ.

ބާލިންގައި އޮތް އައިޓީބީ ފެއާ ގައި ސްރީ ލަންކާގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރަން ދެއްކެވި ވާހަކައިގެ ތެރެއިން ފެނާންޑޯ ވިދާޅުވެފައިވަނީ ލަންކާގައި ފަތުރުވެރިންނަށް ވަރަށް ގިނަ ކަންކަން ކުރަން ހުންނާނެ ކަމަށާއި، ތަފާތު އެކި ކަހަލަ ކަންތައްތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން މަދު ވަގުތު ކޮޅެއްގެ ތެރޭގައި ހަތަރު މޫސުން ސްރީ ލަންކާގައި ތަޖުރިބާ ކުރެވޭނެ ކަމަށް ވެސް ފެނާންޑޯ ވިދާޅުވިއެވެ. އޭގެ ތެރޭގައި ފިނި ތަންތަނަށް ދިއުމާއި ރީތި ގޮނޑުދޮށްތަކަށް ދިއުމާއި، ސާފިންގް އަށް ދިއުމާއި، ބޮޑުމަސް ބަލަން ދިއުމާއި، ފަރުބަދަތައް މައްޗަށް ހައިކް ކުރަންވެސް ދެވޭނެ ކަމަށް ވިދާޅުވިއެވެ.

އޭނާ މިގޮތަށް ދެއްކި ވާހަތަކާއި ގުޅިގެން ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއަކީ 2020،2021، އަދި 2022 ވަނަ އަހަރުވެސް ވޯލްޑް ޓެރެވެލް އެވޯޑްސްގެ ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން އެވޯޑް ލިބިފައިވާ ގައުމެއް ކަަމަށާއި، ރާއްޖެއަކީ ދުނިޔޭގެ ޓޫރިޒަމްގެ ބެންޗް މާކެއް ކަމަށެވެ.

"ރާއްޖެއަކީ އެންމެ ރަނގަޅު ފަތުރުވެރިކަމުގެ މަންޒިލަށް ހެދުމަށް، ޑިވެލޮޕަރުންނާއި، ހިދުމަތްދެމުންދާ ފަރާތްތަކަށް ޝުަކުރުވެރިވަން".

މިނިސްޓަރ ވަނީ އެކަމާ ހަސަދަވެރިވެ، ޝައްކުވާނަމަ ލޯގަނޑާއި ތަކުރާރުކޮށް ސުވާލު ކުރުމަށް އެދިފައެވެ.

ރާއްޖެއަކީ ފަތުރުވެރިކަމުގެ މަގްބޫލު މަންޒިލެކެވެ. މި އަހަރު މިހާތަނަށްވެސް ރާއްޖެއަށް އެތައް ހާސް ފަތުުރުވެރިންނެއް އައިސްފައިވާ ކަަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، އެ އަދަދަކީ ފާއިތުވެދިޔަ ތިން އަހަރުގެެވެސް މި މުއްދަތާ އާޅާކިޔާއިރު، އެންމެ މަތީ އަދަދުތައްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ދޮންބެ

    ޤައުމު ބަނގުރޫޓުވެ، ހަދާނެ ނުހަދާނެ ގޮތެއް ނޭނގިފައި ތިބިއިރުވެސް ލަންކާ ބީތާއަކު ދައްކާ ކޮސްވާހަކަ!

    15
  2. ރެފްރީ

    ލަންކާތިއޮތީ ޓޫރިޒަމްދާއިރާގަ ރާއްޖެއާއެކު ފައިނަލްކުޅެންޖެހިގަ ވީމާ ފައިނަލުގަ ރީތިގޮތަކަށްބަލިކޮށްލަންޖެހޭނެ !!

    14
  3. އަހުމަދު

    ތިކަޑަ، އެލިބުނީ ކިހާ ރީތި ފުރުސަތެއް ރީތިކޮށް، ހިއްތިރިކޮށް، އިހުތިރާމާއެކީ އެހެން މީހުންނާއެކީވެސް މަސައްކަތް ކުރާނަމޭ ބުނަން؟އޭރުން ތިމާއާ، ގައުމުގެ އަގު ދުނިޔޭގެ ނަޒަރުގަ އުފުލޭނެ، އެކަމަކު ހިތުން މޮޅު ބޮޑާއެއްޗެއް މީނަވެސް މިބުނީ

    9
    3
  4. ޟަނޓޭ

    މިތާ ހުރި ނުކިޔަވާ ޓިނު ސޯލިހު ކަހަލަ ނުކިޔަވާ ހުރު ސޮރެއް އެތާގެ ޓޫރިޒަމް މިނިސްޓަރަކައް ހުރީ މަހިތައް އަރަނީ ލަންކާއައްދާ ފަތުރުވެރިން މުޅި ސިރިލަންކާ ކުޑަކުރަނީ ހިލޭ ބާވޭ ބަލަ ލާރިހުރިއްޔާ ރަައްޖެއައިސް ވެސް ރަައްޖޭގެ ހުރިހާ ކަމެއް ތަޖުރިބާ ކުރަންވިއްޔޭ މިތާ ސްނޯކުލިންވެސް ކުރެވޭ ޑައިވް ކުރެވޭ ޑޮލްފިން ބަލަން ދެވޭ ފިހުރިސް ބަލަންދެވޭ ސޭންޑް ބަެނއޖައް ދެވޭ ރައްރަށައްދެވޭ ވައިކުޑާގަ މައްޗައްވެސް އެރޭ ކަނޑު އަޑީގެ ހިތްގައިމުކަން ބެލޭ ބޭނުން ކާއެއްޗެއް ކެވޭ ބޯން ބޭނުން އެއްޗެއް އެމީހުން ބޮއެ ޔޫރަޕް މީހުން ދުވެހިންނާވެސް އިނދެގެން އެބައުޅަެ މިތާ ދެން ކޯއްޗެއް މަދުވެގެން ހޭބުރާންތި ވެފަ އިން ބީތާއެއްތަ މީ

  5. Anonymous

    މިއީ މިނިސްޓަރުންނަށް ތަންތާނގެ ވެރިންނަށް ލާފަ ތިބޭ މީހުންގެ ބަސްމަގު ހުންނަންވާނެގޮތެއްނޫން.
    ޑިޕްލޮމަސީއަކީ ކޮންއެއްޗެއްކަން އެނގޭވަރުގެ މީހުން ދޭދޭ ގައުމުގެ މީހުންނާ މުއާމަލާތް ކުރަންވާނީ. ތިބަސް ބުނަންވެސް ރީތި ގޮތެއް އޮންނާނެ. ކީއްތޯވާނީ، ގުޅިގެން މަސައްކަތްކުރާނެ ގޮތެއް ހޯދުމާގުޅޭ ރީތި ޓްވީޓެއް ކޮށްލެއްވިނަމަ.

    5
    4
  6. ހަވާސާ ހާދިސާ

    ސްރީލަންކަން އެއަރ މިގައުމަށް ދަތުރުކުރުން މަދުކުރަން ނޫނީ ހުއްޓަލަން ޖެހޭ އޭރުން ލަންކާގެ ޓޫރިޒަމް މިނިސްޓަރަށް އެންގޭނެ ރާއްޖެއަކީ ކިހާ މުހިންމު މަންޒިލެއްކަން އިންޑިޔާގެ ބީޖޭޕީ އާއި ލަންކާގެ ސިޔާސީ މީހުން ވަރަށް ޖެހިލުންވާ މަންޒިލެއްމީ ރާޢްޖޭގެ ގުދުރަތީ ރީތިކަން މިއީ ލަންކާ އަދި އިންޑިޔާގެ ބީޖޭޕީ ސިޔާސީމީހުން ދިންއެއްޗެއްނޫން އަދި ދެވޭނެ އެއްޗެއްވެސްނޫން މިއީﷲގެ ހަދިޔާ މިކަމާ ދެންނޫލޭ!

    15
    2
  7. ދިރާސާ

    ލަންކާގެ ޓޫރިޒަމްމިނިސްޓަރަށް ރާއްޖޭގެއަގުވައްޓާލުމަށް ވާހަކަދެއްކުމުގެ ހިތްވަރުލިބޭނެ
    ނޫންތޯ ރާއްޖޭގެ ވެރިކަންކުރިފަރާތަކުން ހިތްވަރުދެނީނަމަ އެބޭފުޅާއެއީ ރާއްޖޭގެ ޓޫރިޒަމް
    ބޮއިކޮޓްކުރަން ގޮވާލިފަރާތެއް އެބޭފުޅާ ވެރިކަން ރާއްޖޭގެ ގިނަރަށްޔިތުން ގަބޫލުނުކުރުމުން
    އަދި ޕްރައިމަރީގައިވެސް ބަލިވުމުން މިހާރުބޭނުންވަނީ ރާއްޖޭގައި ދިވެހިފަރާތެއްވެރިކަންނުކުރު
    މަށާ، ރާއްޖޭގެ ދީނާ މިނިވަންކަންނަގާލާ ރަށްޔިތުން ބަނޑަށްޖެއްސުމަށް ތިމާގެގައުމާއި
    ފުދުންތެރިކަމާ، ގައުމުގެ ދަރިންވެސްބޭނުންވަނީ ތިމާރައީސްކަށްހުންނަމަގައުމުގެރަޢީސްކަން ނުލިބުމުން މިހާރުބޭނުންވަނީ ބުޑުވަޒީކަމުގެ މަގާމްއުފައްދާ ބޮޑުވަޒީރަކަށް ވުމަށް ވެރިކަމަށް
    މިހާފައިނަގާފަރާތަކުން ގައުމާ، ގައުމުގެ ރަށްޔިތުނަނަށް ހެވެއްއެދޭނެކަމަށް ނުބެލެވޭ މިފަދަ
    ފަރާތެއްރާއްޖޭގައި ހުރުމަކީ ރާއްޖެއަށް ހަމަޖެހުން އަންނާނެކަމެއްނޫން ބޭނުންވާނީވެސް
    ރާއްޖެއަށް ހަމަޖެހުމެއްނައުން ވީމާ ، މިފަދަފަރާތެއްރަގަޅީ ރާއްޖޭގެ ފަސްމަތީގައިނުހުރެ ބޭރު
    ގައުމެއްގައި ހުރުން ބޭނުނަވަނީވެސް އެގޮތްކަންނޭގެ މިކަންގަބޫލުކުރެވޭ ހަރަކާތްތަކެއްވެސް
    މީގެކުރިންފެނިފައިވޭ އެއީ އިންޑިޔާގެ އެންބަސީގެ ހިމާޔަތްހޯދަންއުޅުމާ، އަމިއްލައަށްއަރުވާލެވި
    ގެން ނުވަތަ ފިލައިގެން އެތަށްދުވަސްތަކެއްގައި އިގިރޭސިވިލާތުގައިހޭދަކުރުން ކޮންމެގޮތަކުންވެސްވެރިކަންބޭނުންވޭ އެއީއިސްލާދީންނައްތާލައިގެންނަމަވެސް ރާއްޖޭގެމިނިވަން
    ނަގާލައިގެންވެސް އިންޑިއާގެ އެންބަސީގެ ހިމާޔަތްހޯދީ ޖީ،އެމް.އާރ އެއާރޕޯޓް އިންޑިއާގެ
    ކުންފުންޏަކަށް ދެވިފައިވާތީތޯ އިގިރޭސި ވިލާތުގައިހުރީ ޢަބްދުﷲ ގާސީގެ މައްސަލައިން ރެކެންތޯ ނަމަވެސް ވިރިކަމާހެދި ރާއްޖެއައުމުން 13 އަހަރުގެ ޖަލުހުކުމެއްވެސް އައި ނަމަވެސް މިހާރު.،،،،،،، މިފަރާތުން އިންސާފުން ތެދުވެރިކަމާއެކު މަސައްކަތްކުރައްވާނަމަ
    ނާއިންސާފުން ޖަލަށްލާފައިވާ ( ތަރައްޤީގެބާނީ ރ،ޔާމީން ) މިނިވަންކުރެއްވުމަށް
    މަސައްކަތްކުރެވީސް

  8. އެއަށް ރައްދު ނުދެއްވިނަމަ މާ ރީތިވީސް

    الحمدلله، ﷲ ގެ މިންވަރުފުޅުން ދިވެހިރާއްޖޭގެ ޓުއަރިޒަމް ކުރިއަރާފައި މިއޮތީ އެކަހަލަ ޙަސަދަވެރިއަކު ބުނާ ބަހަކަށް ރައްދު ދޭންޖެހޭ ވަރަށްވުރެ މާބޮޑަށް ވެސް ގަދަކޮށެވެ. އޭނަގެ ޓްވީޓަށް ޚުދު ލަންކާގެ ރައްޔިތުން ވެސް އޭނައަށް ނަފްރަތުކޮށް އެގެންދަނީ ރައްދު ދެމުންނެވެ. (ދުޢާ އަކީ ﷲ، މި ލޮބުވެތި ދިވެހިރާއްޖެ ޙަސަދަ އާއި އެސްފީނާއިން ރައްކާތެރި ކުރައްވައި ފާގަތިކަންމަތީ އަމާން ޤައުމެއްގެ ގޮތުގައި ލެހެއްޓެވުމެވެ! އާމީން)

  9. ހސހހސހ

    ކޮންކަހަލަ ރައްދެއް މީ. ބަލަ ވިޔަފާރި އާއި ޕްރޮޑަކްޓްތައް ޕރޮމޯޓް ކުރުމުގައި ބައިނަލް އަޤްވާމީ މިންގަނޑެެއް ގެންގުޅޭ. އެމިންގަނޑާއި ހިލަފަށް ބަޔަކު ޕރޮމޯޓް ކުރިމަވެސް މީރައްދުނދެގޮތަކީ. މިކަމައިނދެލޮޅަށް ނުސް ބަޔަން ނެރެ ފިޔަވަޅު އަޅަން ޖެހޭނެ

  10. ލަވް

    ކޮންފަދަ ޓީނޭޖް ގާރލީ ރައްދެއް! ސަހަރޯ އޭ ބުނެވޭނީ އަހަންނަށް ދެން!!