ކޮވިޑް-19 ބަލީގައި ނިޔާވި އުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާ އަށް ސިއްހީ އިދާރާތަކުން އިހުމާލުވެފައިވާ މިންވަރު ދެނެގަތުމަށް ކުރި ތަހުގީގަށް ފަހު، އިހުމާލުވާ މީހުންނަށް ފިޔަވަޅު އަޅަން ފުލުހަށް ފޮނުވައިފިއެވެ.

ހެލްތު މިނިސްޓަރު އަހްމަދު ނަސީމް "ވަގުތު" އަށް ވިދާޅުވީ މިޝްކާއަށް އިހުމާލުވި މީހުން ދެނިގަނެފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ މައްސަލައިގައި ހެލްތު މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށް ނަސީމް ފާހަގަކުރެއްވިއެވެ.

ނަސީމް ވިދާޅުވި ގޮތުން މިޝްކާއަށް އިހުމާލުވި މައްސަލަ ތަހުގީގު ކުރުމަށްފަހު، އެ މައްސަލައިގެގެ ފުރިހަމަ ރިޕޯޓެއް މިހާރު ވަނީ ތަހުގީގީ އިދާރާތަކަށް ފޮނުވާފައެވެ. އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅާނެތޯ، ނުވަތަ ނޫންތޯ ނިންމާނީ ތަހުގީގީ އިދާރާތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައިގައި އިހުމާލްވާ މީހުންނަށް އަޅަން ފޮނުވާފައިވާ ފިޔަވަޅުތަކުގެ ތަފްސީލު މިނިސްޓަރު ހާމަކުރައްވާފައެއް ނުވެއެވެ.

"މިޝްކާގެ މައްސަލަ ނިންމާ، ފިޔަވަޅު އަޅަން ޖެހޭ މީހުން ފިޔަވަޅު އަޅަން ފޮނުވައިފިން. އެ މައްސަލާގައި ހެލްތުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް މިހާރު ނިމިފައި ވަނީ. އެފަރާތްތަކަށް ފިޔަވަޅު އަޅާނީތޯ ނުވަތަ ނޫންތޯ ނިންމާނީ ތަހުގީގީ އިދާރާތަކުން." މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

ކޮވިޑް-19 ޖެހިގެން ނިޔާވި އުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާގެ އަށް ފަރުވާ ދިނުމުގައި ލަސްތަކެއްވެ، އިހުމާލުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ ތަހުގީގު ރިޕޯޓުން އެނގޭ އިރު، އެ ތަހުގީގު ކުރީ މިޝްކާ އަށް ފަރުވާ ދިނުމުގައި އިހުމާލްވެފައިވާ ކަމަށް އާއިލާ އިން ތުހުމަތުކޮށްފައި ވަނިކޮށެވެ.

އާއިލާ އިން ބުނި ގޮތުގައި މިޝްކާ ކުއްލިއަކަށް ހާލު ގޯސްވެ، ނޭފަތުން ލޭ އައިސް ނޭވާލާން އުނދަގޫވާތީ އެމްބިއުލާންސެއް ފޮނުވައިދިނުމަށް އެދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެމަޖެންސީ ނަންބަރުގައި އެދުމުން އެމްބިއުލެންސް ފޮނުވީ ދެ ގަޑިއިރު ފަހުންނެވެ. އެގޮތުން މިދިޔަ މެއި 31 ވަނަ ދުވަހުގެ ރޭ މިޝްކާ އައިޖީއެމްއެޗަށް ގެންގޮސް ވެންޓިލޭޓަރުގައި ފަރުވާދޭން ފެށިއެވެ. ނަމަވެސް ފަރުވާ ދިނުމުގައި ލަސްތަކެއް ވެފައިވާތީ، މިޝްކާ ވަނީ ޖޫން މަހުގެ އެއް ވަނަ ދުވަހުގެރޭ ނިޔާވެފައެވެ.

މިޝްކާގެ މަރުގައި އިހުމާލެއްވޭތޯ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ދިރާސާ

    އިދާރީ ފިޔަވަޅަކީ އެ އިދާރާއަކުން އަޅަންޖެހޭ ފިޔަވަޅެއް..

  2. ހެޕީ

    މިއޮތީ ނަސީމް ބޮލުން ކަޓުވާލާ ޕޮލިހުން ބޮލަށް ޖަހާފަ. ކެރަފާ އިސްތިއުފާ.

    12
  3. .......

    ވަޒީފާ ދޭ އިރު ބަލަނީ ބައްޓަން ރީތި އަންހެން ކުދިންނަށް...މަސައްކަތަށް ގާބިލް ތޯ ނޫންތޯ ބަލައެއްނުލާ...ދެން ބަލަނީ އާއިލާ މީހެއްތޯ ނުވަތަ ގާތް ރައްޓެއްސެއްތޯ...ދެން ބަލަނީ ރިޝްވަތު ދިންތޯ ނުދޭތޯ....
    ކަންކަން އިސްލާހުނުވީމަ ނުވާ ވާހަކަ ދައްކަން އަނގަ ހުޅުވަންވެސް ދިވެހިން ލަދުގަންނަން ޖެހޭނެ...ދިވެހިންނަށް އޮޅިފައެއް ނޯންނާނެ ނޭނގިއެއް ނޯންނާނެ ބުނެނުދީ އެއް ނޫން ހުރީކީ މިފަދަ ވެރިންނާ މިކަހަލަ ވެރިކަމުގެ ނިޒާމަކުން ހެވެއް ނުލިބޭނެކަން...ދިވެހިން އަމިއްލައަށް ހޯދާގަތް ކަންކަން ތަހައްމަލް ކުރަން ޖެހިފަ މިއޮތީ...ހެޔޮވެރިކަމެއްގެ ނަތީޖާ އަކީ ޓެކްސް ނުނެގުން އަސާސީ ކަން ކަން ހިލޭ ލިބުން އަދުލު އިންސާފު ކަށަވަރުވުން...އެއް ކާރު ގަތީމަ ސަރުކާރަށް ދެ ކާރު ދޭން ނުޖެހުން...ހައިވެގެން ކާލާނެ އެއްޗެއް ގަންނަން ދިޔައިމަ ސަރުކާރަށް ކާތީވެ ލާރިދޭން ނުޖެހުން...ސަރުކާރުން ދޭ ހިދުމަތްތައް ހިލޭ ވުން...ކަރަންޓަކަސް ފެނަކަސް...ދެން ބުނޭ އޭރުން ކިހިނެއހޭ އެކަން ހިންގާނީ...އެކަންކަން ހިންގާށޭ ގައުމުގެ ހުރިހާ އެސެޓެއް ހަވާލުކޮށްފަ ހުންނަނީ އޭގެން ފައިސާ ހޯދައިގެން މިހާރު ވެރިން ބަނޑުއަޅާބައިން ވެސް ހުރިހާ ހިދުމަތެއް ހިލޭ ދެވޭނެ ރާއްޖޭގަ...ފްލެޓް އަޅާފަ އެވެސް ހިލޭ ދެވޭނެ...މިއަދު މިހާރުވެސް ދުނިޔޭގަ އެބަހުރި ގައުމު މި ކޮވިޑްތެރޭ މި ރާއްޖޭގަ މިހުރި ހުރިހާ ފްލެޓަކަށް ވުރެ އެތައް ގުނައެއް އިތުރަށް ހަދާ ރައްޔިތުންނަށް ހިލޭ ދީފަ...މިހާރުވެސް ހަދާފަ ދެމުން އެދަނީ...ފްލެޓް އެކަންޏެއް ނޫން ގެވެސް...ޑައުން ޕޭމެންޓެއް ކުއްޔެއް ނުޖެހޭ ދޭކަށް...އެންމެ ޝަރުތަކާ އެކީ...އެއީ ކުއްޔަށް ނުދެވޭނެކަން...ދެންޏާ އެހެން ބަޔަކަށްވެސް ހިލޭ ދެވޭނީ...އަދި ދޭ އުސޫލަކީ ލިސްޓްގައި ނަން ޖެހި ތަރުތީބުން...އެމީހަކު އަމިއްލައަށް ގޮސް ތިމަންނަ ބޭނުމޭ ނަން ޖަހާލާށޭ ބުނީމަ ނަން ޖަހާލަނީ...ގާތް ވީމަ އާއިލާވީމަ އެއް ނުބަލާ...ބޭސްފަރުވާ ދެނީ ހުރިހާ ކަމެއް ހިލޭ...ސަރުކާރުން ހޮސްޕިޓަލްތަކާ ފާމަސީ ހަދާފަ ހުރޭ...ބައެއް ހިދުމަތާ ބައެއް ބޭހެއް ނޫން ހުރިހާ ކަމެއް ހިލޭ...ކާން ބޯން ނުލިބޭ ވަރުގެ ފަގީރުންނަށް އޮންނަ ގޮތް އެނގޭތޯ...ސަރުކާރުން ދީފަ އޮންނަނީ ކާޑެއް...ކޮންމެ ފިހާރައަކަށް ދިޔަޔަސް އެކާޑް ދެއްކީމަ ހިލޭ...ތަނުގަ ހިނގަނީ އިސްލާމީ ޝަރީއާ...އަތްކަނޑާ ކަރުބުރި ކުރާ ހިސާބަށް އާންމުކޮށް މީހުނގެ އަމަލުތައް ނުހުރޭ...ވެހިކަލް ރަޖިސްޓރީ ކުރާކަށް އެތެރެ ކުރާކަށް ސަރުކާރަށް ފައިސާ ދޭކަށް ނުޖެހޭ...އެއްވެސް ނަމެއްގައި ޓެކްސް އެއް ނުނަގާ...ހަމަ އެކަނި މުދަލުގެ ޒަކާތް ނަގަނީ...ގައުމަށް އާރޯކަން ދެއަހަރާ ބައި ތެރޭގަ މިފެނަވަރަށް ގެނެސްފަ އެއޮތީ ފެންނަން...އެއީ އިސްލާމީ ޝަރީޢާ ގެ މަތިވެރިކަން...އަދި އެނގޭތޯ...މިކޮވިޑް އެތަނުންވެސް ފެނުނު...3 4 މަހެއް އެކަމުގަ އުޅުނު...ލޮކްޑައުންނެއް ނުކުރޭ....މިސްކިތެއް ބަންދެއް ނުކުރޭ...ޖަމާއަތުގަ ގައިދުރެއް ނުކުރޭ...މާސްކް އަޅާކަށް މަޖްބޫރެއް ނުކުރޭ..ވެކްސިންއެއް ނުޖަހާ...މިހާރު ކޮވިޑްގެ ކޭސް އެއް ނުފެންނަތާ ދޮޅު އަހަރަށްވުރެގިނަވީ...އާންމުދުވަސްވަރަށްވުރެ އިތުރަށް މީހުން މަރެއްވެސް ނުވޭ...އެގައުމުގަ ތެޔޮވަޅެއްވެސް ރަން ފަރުބަދައެއް ވެސ ރިޒޯޓެއްވެސް ނުހުރޭ...މައިގަނޑު މަސައްކަތަކީ ދަނޑުވެރިކަން...އާބަދީ އަކީ 5މިލިއަން...ނިސްބަތުން މި ގައުމަށް ވަންނަ ފައިސާގެ އަދަދު އެގައުމަށްވުރެ ބޮޑުތަނުން ގިނަ...ތަފާތަކީ ވެރިކަމުގެ ނިޒާމާއި ވެރިންވެ ތަފާތު....

    • ޖުދޫ

      މިކަހަލަ ލިޔުމަކަށް ލައިކެއް ނުދޭނެ

      • .....

        ލައިކް ދޭނެ ކަމެއް ނެތް...ކިޔާލާފަ ރަނގަޅަށް ވިސްނާލީމަ ހުންނާނީ ރަނގަޅަށް....

  4. ހުސޭނުބޭ

    ކެރަފާ ނަސީމުގެ އިޙްމާލު އެންމެ ބޮޑީ ތިކަމުގައި

  5. ޢާލިމް

    އިހުމާލު ވި ބަޔަކު ދެނެގަނެވިފައިވާނަމަ އިދާރީ ގޮތުން ތި މުވައްސަސާ އިން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިފިންތޯ؟

  6. ނިޔާޒް

    ޢަލީވަޙީދުގެ މައްސަލަވެސް ފޮނުވި! ކެންޔާއަންހެނާގެ ރޭޕިސްޓުންގެ މައްސަލަވެސް ފޮނުވި! މަޚްލޫފްގެ މައްސަލަވެސް ފޮނުވި! ވެންޓިލޭޓަރު ވަގުންގެ މައްސަލަވެސް ފޮނުވި! މިގޮތަށް ބޮޑަތި ކުށްކުރި 10 ވަރަކަށްމީހުނގެ ނަންވެސް ފޮނުވި! އެ މައްސަލަތައް މިހާރު ކޮބައިބާ؟

  7. ގަރުދިޔަބޯތަށި

    ތިޔަ ނަސީމް ތިޔަތަނުން ދުރުކޮށްބަލަ އާދޭސްކޮށްފަ މިބުނީ ސޯލިހޫ