22:02
އިތުރު 104 މީހުން ކޮވިޑަށް ފައްސިވެއްޖެ.
BREAKING NEWS: Ithuru 104 Meehun Covid Ah Fassivejje https://t.co/b9nn1VkeWj
— Vaguthu Online (@VaguthuOnline) August 5, 2021
20:41
ކޮވިޑް-19ގެ ވޭދަނަތައް ފެނިގެން ބަންދުކުރި ފުވައްމުލައް ސިޓީ ތިން މަސް ފަހުން ހުޅުވާލައިފި.
BREAKING: 3 Mas Fahun Fuvahmulah City Hulhuvaalaifihttps://t.co/pAGMQ9Q40C
— Vaguthu Online (@VaguthuOnline) August 5, 2021
20:11
ދުނިޔެ އިން ކޮވިޑް-19 ފުރަތަމަ ފެނުނު ޗައިނާގައި ކޮވިޑުގެ އާ ވޭރިއެންޓު ފެތުރި އެތައް ބަޔަކު ގޭގައި ފުރަބަންދު ކުރަން ނިންމައިފި
China Gai 1.5 Million Meehun Geygai Bandhukohfihttps://t.co/ZeYCWxHoqh
— Vaguthu Online (@VaguthuOnline) August 5, 2021
18:26
ރާއްޖޭގައި ކޮވިޑް-19އިން ދިފާއު ވުމަށް ވެކްސިން ޖަހާ އުމުރުފުރައިގެ 90 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކޮށްފައިިވާ ރަށްތަކަށް ދަތުރުކުރާއިރު، ޕީސީއާރް ޓެސްޓު ހެދުމެއް ނެތި ދަތުރު ކުރެވޭ ގޮތަށް އުސޫލެއް ހަދައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހުން ފެށިގެން އެ އުސޫލަށް އަމަލު ކުރާ ގޮތަށް ނިންމައިފި
Nassi PCR Natheejjaa Aa Nulaa Dhathuru Kureveyne Usooleh Hadhaifihttps://t.co/h88Y324U9Q
— Vaguthu Online (@VaguthuOnline) August 5, 2021
17:48
ރާއްޖެއަށް ލިބިފައި ހުރި ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ އޮކްސްފޯޑްގެ އެސްޓްރާޒެނަކާ ވެކްސިންގެ މުއްދަތު ހަމަވާނީ ނޮވެމްބަރުގައި ކަމަށާއި، އެހެންކަމުން އޭގެ ކުރިން އެ ވެކްސިންގެ ފުރަތަމަ ޑޯޒް އަދި ދެ ވަނަ ޑޯޒް ޖަހާ ނިންމަން ބޭނުންވާކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ވިދާޅުވެއްޖެ
Raajjeygai Huri AstraZeneca Vaccine Ge Muhdhathu November Ah Hamavaanehttps://t.co/5wjnnnGkn7
— Vaguthu Online (@VaguthuOnline) August 5, 2021
17:11
ކޮވިޑް-19 ވެކްސިން ފުރިހަމަ ނުކުރާ މީހުން ރަށްރަށަށް ދަތުރުކުރުމަށްފަހު ކަރަންޓީނު މުއްދަތު ހަމަވުމަށްފަހު ނަގާ ސުންކުތަކަށް ފައިސާ ދައްކަން ޖެހޭ ގޮތަށް ހަދައިފި
BREAKING: Vaccine Nujahaa Meehun Quarantine Ah Fahu Nagaa Sunkuthakah Faisaa Dhakkan Jehey Gothah Hadhaifihttps://t.co/nd3LUTWKoA
— Vaguthu Online (@VaguthuOnline) August 5, 2021
17:00
ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިިޔަވަޅުތަކަށް އަނެއްކާވެސް ލުއިތަކެއް ދީފި
BREAKING: Covid Aa Gulhigen Alhaafaivaa Fiyavalhuthakah Anehkkaves Lui Dheefihttps://t.co/QxHXAsBRsc
— Vaguthu Online (@VaguthuOnline) August 5, 2021
16:57
ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީ، ޔުނިވާސިޓީތަކާއި ކޮލެޖްތައް ހުޅުވައި، ދަރިވަރުން ހާޒިރުވާ ގޮތަށް ކުރިއަށްގެންދެން ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ހުއްދަ ދީފި
BREAKING: University/College Thah Hulhuvai, Dharivarun Haaziruvaa Gothah Kuriah Gendhan Hudhha Dheeefi https://t.co/skrnnf5783
— Vaguthu Online (@VaguthuOnline) August 5, 2021
16:52
ޕާޓީތަކާއި ހަފްލާތައް ބާއްވާއިރު، މީހުންގެ އަދަދު ކަނޑަނާޅާ ގޮތަށް ކުރިއަށްގެންދަން ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ހުއްދަ ދީފި
BREAKING: Gina Bayaku Baiverivevey Gothah Haflaa Thah Baavvan Huhdha Dheefihttps://t.co/qoooKhxr2M
— Vaguthu Online (@VaguthuOnline) August 5, 2021
16:30
ތައިލެންޑުގައި ކޮވިޑް-19ގެ އެމެޖެންސީ ވޭދަނަތައް (ކޭސްތައް) އިތުރުވަމުންދިޔުމާއި އެކު މައި ސިޓީ ބެންގްކޮކްގެ މަގުމަތިން ތިން މީހުންގެ ހަށިގަނޑު ފެނި، ފޮޓޯތައް މީސް މީޑިއާގައި ދައުރުވާން ފަށައިފި
Covid-19: Bangkok Ge Maguthakuga Meehunge Hashithah!https://t.co/hd0ZCWKuQs
— Vaguthu Online (@VaguthuOnline) August 5, 2021
15:32
Bollywood Fannaanun Chutty Heydha Kuran Mihaaru Annanee Raajje Ah Noon!https://t.co/zygPZ3a8nh
— Vaguthu Online (@VaguthuOnline) August 5, 2021
15:04
އިންޑޮނޭޝިއާ އިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު އެއް ލައްކަ އަށް އަރައިފި.
BREAKING| Covid-19: Indonesia In Maruvi Meehun Ge Adhadhu 1 Lakka Ah https://t.co/Ykg00LNYns
— Vaguthu Online (@VaguthuOnline) August 5, 2021
14:43
ސްކޫލްތަކުގައި ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރުންގެ ރައްކާތެރިކަމަށް އިސްކަންދީ، ކޮވިޑް-19 ވެކްސިން ކެމްޕެއިނެއް ފަށައިފި
Dharivarunge Rakkaatheri Kamah Vaccine Camp Eh Fashaifi https://t.co/lc24y2LQld
— Vaguthu Online (@VaguthuOnline) August 5, 2021
13:41
އިނގިރޭސި ވިލާތުގެ ރައްޔިތުން ދަތުރު ކުރުން މަނާ ގައުމުތަކުގެ ލިސްޓުގައި (ރަތް ލިސްޓު) މި ފަހަރު ވެސް ރާއްޖެ ހިމެނިއްޖެ
UK'ge Red List'in Raajje Uni Nukuri https://t.co/F6VdtGgFmv
— Vaguthu Online (@VaguthuOnline) August 5, 2021
12:39
ޕާކިސްތާނުގައި އެއްދުވަހުން އެއްމިލިއަން ޑޯޒް ވެކްސިން ދީފި.
Pakistan Ga Ehdhuvahun 1 Million Dose Vaccine https://t.co/yFryrq7jOa
— Vaguthu Online (@VaguthuOnline) August 5, 2021
ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު މެއި މަހު ވަރަށް ބޮޑަށް އިތުރުވަމުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ޖޫން މަހު އަދަދުތައް ވަރަށް ބޮޑަށް މަދުވިއެވެ. އެއާއިއެކު ކޮވިޑުން ރައްކާތެރިވުމަށް އަޅާފައި ހުރި ގާތްގަނޑަކަށް ހުރިހާ ފިޔަވަޅެއް އުވާލިއެވެ. ޖުލައި މަހުގެ 08 ވަނަ ދުވަހުން ފެށިގެން ރަށްތަކަށް ދަތުރު ކުރުމުގައި ވެސް ވެކްސިން ފުރިހަމަ ކުރި މީހުންނަށް ލުއިތައް ދިނެވެ. ނަމަވެސް ވެކްސިން ނުޖަހާ މީހުންނާއި އަދި ކޮވިޑަށް ޓެސްޓް ނުކޮށް ދަތުރު ކުރާ މީހުން ވެސް ދެނެގަންނާނެ އިންތިޒާމްތަކެއް ނެތުމުން ބޭނުން މީހަކަށް ބޭނުން ރަށަކަށް ދަތުރު ކުރުމުގެ ފުރުސަތު ފަހިވެގެން ދިޔައެވެ.
ސްކޫލް ބަންދާއި އީދު ބަންދުގެ ތެރެއަށް މިނިވަން ދުވަހުގެ ބަންދު އިތުރުވުމާއިއެކު ގިނަ ބަޔަކު ރަށްތަކަށް ދަތުރު ކުރިއެވެ. ނަމަވެސް ފާއިތުވި ހަފްތާއެއް ދުވަހުގެ ހިސާބުތަކަށް ބަލާއިރު ކޮވިޑަށް ދިން ލުއިތަކުގެ ސަބަބުން އަނެއްކާވެސް އަދުތައް އިތުރު ވަމުން އަންނަކަމުގެ ނިޝާންތައް ވަނީ ފެންނަން ފަށާފައެވެ.
މިއަދަކީ ފާއިތުވި އެއްހަފްތާ ދުވަސް ތެރޭގައި ރާއްޖެ އިން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. އަދި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ޖުލައި މަހުގެ 20 ވަނަ ދުވަހަށް ފަހު އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވީ މިއަދު އެވެ.
ޖުލައި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ކޮވިޑަށް ކޮންމެ ދުވަހަކު ފައްސިވާ މީހުންގެ އަދަދު 100 އިން މަތީގައި ހުރުމަށް ފަހު އޮގަސްޓް ދެވަނަ ދުވަހު ފައްސިވި މީހުންގެ އަދަދު ދަށަށް ދިޔައެވެ. އެދުވަހު ފައްސިވީ 86 މީހުންނެވެ. ނަމަވެސް ފާއިތުވި ދެދުވަހު އަނެއްކާވެސް ވަނީ ފައްސިވި މީހުންގެ އަދަދު އިތުރުވެފައެވެ. އިއްޔެ 125 ފައްސިވިއެވެ. އަތޮޅުތަކުން ފައްސިވި މީހުންގެ އަދަދު މިއަދު 100 އަށް އެރީ އަތޮޅުތަކުން ފައްސިވާ މީހުންގެ އަދަދު 100 އިން ދަށުގައި ހުންނަތާ 14 ދުވަސް ފަހުންނެވެ.
BREAKING NEWS: Dhuvahun Dhuvahah Adhadhu Mahchah: Miadhu 137 Meehun Fassi https://t.co/13cNqKHC80
— Vaguthu Online (@VaguthuOnline) August 4, 2021
September Nimumuge Kurin Thinvana Dose Eh Nudheyn WHO In Edhijje https://t.co/OBeHIbeVa1
— Vaguthu Online (@VaguthuOnline) August 4, 2021
ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.
ޢެތަން މިތަންށް ގޮސް ކޮވިޑް ގޮވައިގެން އައިމަ ތިހެން ވާން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ
ކޮވިޑަކީވެސް ހަމަ ބައްޔެއް. އެބޯލާ (ތަންތަންގިރި އަތްފައިވެއްޓި) ބަލީގަ މީހުން މިވަރަކުން ނޫޅޭ.. ކޮވިޑުދެކެވާލޯބިން އެކަމަށް ހުސްވެ ތިބެ ބޯޓަށް މަސްކިރާ މަސްރިޕޯޓް ކިޔާހެން ކޮވިޑްއާގުޅޭ ރިޕޯޓްތައް ކިޔާ.. މިއީ ކޮންފަދަ ކަމެއް. ރައްކާތެރިވެ އުޅުނީމަވީ.. މިއީ ހަމަ ރޯގާއެއް މިޖެހުމުން ބޭސްކުރުމުން އެކަން އެނިމުނީ. އެކަމަކު ކޮވިޑް ނަގާ ބޮލަށް ލައިގެން އިގްތިސާދު ހަލާކު ކޮށްލާ އާއިލީ ދިރިއުޅުމާއި، އިޖުތިމާއީ ގުޅުންތައް ނެތިކޮށް. 24 ގަޑިއިރު ޓެކްނޮލޮޖީއަށް ހުސްވެ ސިކުނޑިއާއި ލޮލާއި ހަށިގަނޑު އެކީ ހަލާކު ކޮށްލަން މާހިތަށް ފަސޭހަވީމަދޯ މިކަމާހެދި މިއުޅެނަގަނީ..
ޗުއްޓީ ނިމުނީމަ ވީގޮތެއްނޫން ، ކުރިންވެސް ޕޮޒިޓިވް ކޭސް އުޅޭ ، ސަރުކާރުން ނާޗަރަންގީ ކުޅެލަން ކޮވިޑް ސްކިޕްކޮށްލީ
މިއީ ކުޅޭ ކުޅިވަރެއް! ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ޓޫލްްއެއް މިރާއްޖޭގައި ކޮވިޑަކީ!! ކޮންމެ ބަންދެއް ކައިރިވާއިރަށް އެކިއެކި ލުއިތައް ދޭނެ!! ބަންދުނިމޭއިަރަށް އަނެއްކާވެސް ކަންތައް ފަށާނެ! ދެން އިދިކޮޅު ސިޔާސީ ޕާޓީތަކުން ތަންކޮޅެއް ހަރަކާތްތެރިވާން ފެށުމުންވެސް ކޮވިޑްގެ އަލާމަތްތައް ގިނަވާނެ! ދަަތުރުކުރުން މަނާވާނެ! އެއްވުން މަނާވާނެ! މިހާރު މިއުޅެނީ އަނެއްކާވެސް އެކަހަލަކަމެއްގަ! އިދިކޮޅުން ހަރަކާތްތެރިވާންފެށީ ތަންކޮޅެއް ބޮޑަށް! އެހާހިސާބުން އިދިކޮޅު ޕާޓީގެ އިސްފަރާތްތައް ދެއިރު ކާ ބޭހެއްހެން ތަންތަނަށް ހާޒިރުކުރަންފެށީ!! އަތޮޅުތެރެއަށް ދަތުރުކުރަން ރޭވީމަ ރަށްތައް ލޮކްޑައުންކުރަން ފެށީ!! މިއީ މިސަރުކާރު ހިފަހައްޓަން ގެންގުޅޭ ކައްތިރިއެއް ކޮވިޑަކީ!! އިބޫއަށް ސަލާމް!
ކޮވިޑް ބަލި ޖެހި ރަނގަޅު ވާމީ ހުންނަށް ލުއި ތަކެއް ދޭން ވާނެ އެވެ.
އަސްލުވާ ގޮތަކީ އިންޑިޔާ މީހުން ރަށުތެރެއަށް ދޫކޮށްލުން މިހާރު މުޅި މާލޭ މަގުމަތީގަ އޮތީ އިންޑިޔާ މީހުން. ކޮންމެ ދުވަހަކު އެތަށް ބައިވަރު އިންޑޔާ މީހުން މާލެއާއި ރާއްޖެތެރެއަށް އެތެރެވޭ. އިންޑިޔާ ސަރުކާރުގެ އެހީ ލިބެނީ އިންޑިޔާ މީހުން