ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ދިން ގެއްލުންވެސް ފުލުހުން ބަލައިދޭން ޖާބިރުގެ އަނބިކަބަލުން ދިޔާނާ ސައީދު އެދިވަޑައިގެންފިއެވެ.

މައުމޫން، ޖާބިރަށް ދިން ގެއްލުން ކަމަށް ދިޔާނާ ސިފަ ކުރައްވާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އަބްދުﷲ މަސީހް ދުރުކުރުމަށް މެންބަރުން "ގަތުމަށް" ފާރިސް މައުމޫން ހިންގިކަންކަމަށް ހަރަދު ކުރަން އަނބުރާ ދައްކާގޮތައް މައުމޫން ޖާބިރު އަތުން ނެންގެވި 29 މިލިއަން ރުފިޔާ އަށެވެ. އެފައިސާ މައުމޫން އަނބުރާ ޖާބިރަށް ދެއްވާފައެއް ނުވެއެވެ.

މައުމޫންގެ ގެކޮޅު ކަމަށްވާ ކިނބިގަސްދޮށުގެ އަށް ޖާބިރު ގެއްލުން ދިން މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވުމުން ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމައްސަލަވެސް ބަލަންވީ ކަމަށާއި، އަދި މައުމޫން ޖާބިރަށް ދިން ގެއްލުމުގެ މައްސަލަވެސް ބަލައިދޭން އެދިވަޑައިގަންނަވާ ކަމަށެވެ.

ދިޔާނާ ވިދާޅުވީ މައުމޫން ޖަބީރު އަތުން ނެންގެވި ފައިސާ އަނބުރާ ނުދެއްކެވި މައްސަލަ ފުލުހަށް ހުށަހަޅާފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެކަމަށާއި، މައުމޫނަށް ލިބޭ ގެއްލުންބެލިފައި މައުމޫން އެހެން މީހުނަށްދޭ ގެއްލުން ނުބެލޭގޮތަށް އޮތުމަކީ ގޯހެއް ކަމަށެވެ.

ޖާބިރު އަތުން މައުމޫން ފައިސާ ނެންގެވީ މެލޭޝިއާގެ ވެރިރަށް ކުއަލަމްޕޫރުގައި ދިޔާނާގެ ވެސް ހާޒިރުގައި ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ. އެމައްސަލަ އެންމެ ފަހުން ފުލުހުންނަށް ހުށަހެޅުއްވީ ވެސް ދިޔާނާއެވެ. ނަމަވެސް މައުމޫން ގެންދަވަނީ ޖާބިރުގެ އަތުން ފައިސާ ނެންގެވި ކަމަށް ޖާބިރާއި ދިޔާނާ ވިދާޅުވާ ވިދާޅުވުން ދޮގު ކުރައްވަމުންނެވެ.

މަސީހް މަޖިލީހުގެ ރައީސް ކަމުން ދުރުކުރުމަށް ޕީޕީއެމް އިން ބައެއް މެންބަރުންގެ ސޮއި ހޯދުމަށް ފާރިސް ގިނަ އަދަދެއްގެ ފައިސާ ބައެއް މެންބަރުންނަށް ދިން ކަމަށް ފުލުހުންނަށް ބައެއް މީހުން ބަޔާން ދީފައި ވެއެވެ. އެބަޔާން ދީފައި ވަނީ ފާރިސް އާއި ގާތް މީހުންނެވެ. އެމީހުންނަކީ ފާރިސް ހަވާލު ކޮށްގެން ފައިސާ ހަވާލު ކުރުމުގެ މަސައްކަތް ކުރި މީހުންނެވެ. ނަމަވެސް ރައީސް ސޯލިހަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުވި ހިސާބުން އެމައްސަލަ ބެލުން ވަނީ ހުއްޓިފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ނަޝީދު

    އޭ ކަމަނާގެ ފިރިމީހާ ލަދެއް ހަޔާތެއް ނެތި އެއުޅެނީ އަމަލުވެންކަން ކަމަނާއަށް ނޭނގެނީނަމަ އެޓަރނީޖެނެރަލް ކަން ކުރި ގޮތް ސުވާލު އުފެދޭ ލަދެއް ހަޔާތެއް ނެތެއްނު ޖާބިރުގެ ލާރިގަނޑު ފެނިފަ މޮޔަވެގެން ދުވަނީ ހެޔޮ ބޮއެގެން ކުނިވެފަ އޮތަސް.....

    31
    9
    • ކޮވިޑް

      އަދި ވެސް ލަދު ގަންނަން ޖެހެނީ ދިޔާނާތޯ؟ ބަލަ އެބުނާ ލާރިގަނޑު ނެގި 30 އަހަރު ވެރިކަން ކުރި މައުމޫން ނުޖެހޭތަ ލަދު ގަންނާކަށް؟ އެއްބަފާ ކޮށްކޮގެ ވެރިކަން ދުއްވާލަން މީހުން އަތުން ދަރަންޏަށް ލާރި ނެގި ކަމަށް ބުނާ މައުމޫނުގެ ލަދެއް ހަޔާތެއްގެ ކަން ފުޅެއްވެސް ނެތެއްނު،

      29
      7
      • ދަޔާ

        އެހާގިނަ ފައިސާ އެއްވެސްް މީހަ ކު ލިޔެ ކިޔުން ނެތި ނުދޭނެ އަނބި ދަރިން ފިޔަވައި އެހެން މީހަ ކަށް .
        ދިޔާނާމެން އަތުގައި ހުން ނަން ޖެހޭނެ ހަވާލު ކުރި ލިޔެ ކިޔުން ތައް . އެފަދަ ލިޔުމެއް ނެތިއްޔާ އެެދައް ކާ ވާހަ ކައަ ކީ ހަމަބަޔަ ކު ބަދު ނާމު ކުރަން ދައް ކާ ވާހަަ. ކޮވިޑް އަށް ވެސް އެނގެން ޖެހޭނެ އެބުނަނީ ހާހެއްހާ ރުފިޔާގެ ވާހަ ކަ ނޫން ކަންް .ދިޔާނާ ފަދަ ހޭލުންތެރި މީހަ ކާ ޖާބިރުފަދަ ވިޔަފާރި ވެރިޔަ ކު ހަމަހިލާ ލިޔުމެއް ނެތި މިލިޔަން ރުފިޔާ މީހަ ކަށް ނުދޭނެ. މީމަގޭ ޚިޔާލް.

    • ސަކޫން

      ޖާބިރު ހިއްޕަވާ އެބުނާ ޖޫހެއް މި ކަނބުލޭގެ ވެސް ހިއްޕަވަނީ ކަން ނޭގެ އެއްނު . ޢެހެންނާ ފަހެ ، މީހަ ކަށް މިލިިއަނުން ފައިސާ ދޭ އިރު އެލިބޭ މީހާގެ ސޮއިވެސް އަތުލަން ނޭނގުނުު ވިއްޔަ . ގައުމެއްގެ ބަންޑާރަ ނައިބު ކަން ކޮށްފަ ހުރި މީހެ ކޯ. މިހިިރަ ކަހަލަ ކަންތަ ކުން ލަފާ ކުރެވެނީ އެބުނާ ފައިސާއެއް މައުމޫނަަށް ދިނީ
      ޖާބިރާ ދިޔާނާ ހުވަފެނުގައި ކަން.

  2. ހައިރާން

    މައުމޫނަށް ފައިސާތަކެއް ދިންނަމަ ކިތާބީ ހެއްކާއެކު ވަކީލަކު މެދުވެރިކޮށް ކޯޓަށް ހުށަހަޅަންވީނު؟ ތިހާ ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތެއް ހިނގަންޖެހޭނީ ހެކިވެރިން މެދުވެރިކޮށް ލިޔެކިއުންތަކާ އެކު. މިކަންކަން ފުރިހަމަ ނުކޮށް 29 މިލިއަން ރުފިޔާ މައުމޫނަށް ދޭނެކަމަށް ގަބޫލެއް ނުކުރެވޭ. މިނޫންގޮތަކަށް ތިފައިސާ މައުމޫނަށް ދީފަވާނަމަ އެއީ ޖާބިރުއާ ދިޔާނާ މައުމޫނަށް ދިން ހަދިޔާއެއް.

    30
    4
  3. Anonymous

    100% އަށް ރަނގަޅު ވާހަކައެއް، އައި ލައް އިޓް، 19މިލިޔަން އަނފައިން ޖިޔަން ފަސީހަވިޔަކަސް ދަރަނިއެއްގެ ގޮތުގައި ދިންއެއްޗެއް އަނބުރާނުލިބުމުން އިންސާނަކު މޮޔަވެ ސިކުނޑި ސުމަކަށްދިއުން ގާތޭ ބުނެވޭނީ، ﷲގެ ރަޙުމަތްފުޅުން އުސްތާޒާ ދިޔާނާ / އެމްޕީ ޖާބިރަށް އަވަސް މުއްދަތެއްގާ އިންސާފު ލިބުމުގެ މަގު ފަހި ކުރައްވާށި އާމީން.

    18
    3
  4. Anonymous

    ތިޔަ މަޖިލިސް ބޭފުޅުން ތިޔައީ ބޭކާރު ހަރަދު ކުރާ ބައެއް ލާރިޔައް ގަނެލާ ބޭނުން ސަކަރާތެއް ޖަހަމުން ދުވާ ބައެއް.

    32
    2
  5. ކިނބިގަސްވަގު

    ޖާބިރު ނޫނަސް މަޖިލީހުގައި މީހުނާ އިނދެގެން އުޅޭ މެމްބަރުން އެބަ ތިބި. އެ މީހުން ކިޔާ ތަނެއް ނުފެނޭ މައުމޫން އެއްޗެއް ދޭން ޖެހޭ ވާހަކައެއް. އަޑެއް ކިއްޔާ ރެނދެއް ލާނެ. ކަތީބުން ލައްވައި ރައްޔިތުންގެ "ފަރާތުން" ކުޑަ "ކ" އާއި ބޮޑު "ކ" އަޅައިގެން މަކަރާއި ހީލަތުން އިންތިޚާބުވެވިގެން ތިރީސް އަހަރު ދުވަހު ހިފެހެއްޓި މީހަކު އަދި ވެރިކަން ގެއްލުނު ދުވަހު ސިޔާސީ މަސައްކަތް ހުއްޓާލީ ކަމަށް ބުނެ އަނެއް މަކަރާއި ހީލަތް ހެދި މީހަކު ތިކަހަލަ ކަމަކަށް ފަރިތަވާނެ މިންވަރު ތަސައްވުރު ކޮށްލާ!

  6. މިތުރާ

    ،ދިޔާނާ، ،ސިއްރުން ރުފިޔާ މައުމޫނު އަށް ޖާބިރު ދިންއިރު މައުމޫނުގެ އިންގިލީގެ ނިށާން ހުރި ލިޔުމެއްވެސް ސިއްރުގަ އޮންނަންވާނެ، ޖާބިރު ގެއަކަށް ގެއްލުން ދިން ވާހަކަ ބޮޑުފާރު ނޫހަށް އަރައިފި،،ދިޔާނާ މެން ކުޅޭ ޑުރާމާ ހުއްޓާލާ..ހެކިނެއް މައްސަލަ އެއްނުބެލޭނެ ކަންދިޔާނާ އަށް ނޭގެންނީބާ،...ހެއްކާ ވީޑިޔޯ ހުރި މައްސަލަވެސް ނުބެލޭ އިރު

  7. ނުބެލޭނެ

    30 އަހަރުގެ އަނިޔާވެރިކަންވެސް މި ސަރުކާރުން ނުބަލާ. ދެން ކިހިނެތް ތި މައްސަލަ ބަލާނީ؟