އެނބޫދޫ ފިނޮޅަށް ދަތުރު ދިޔަ ގިނަބަޔަކު ހާލުގައި ޖެހިގެން އެމްއެންޑީއެފްގެ ސިފައިން އެހީވެއްޖެއެވެ.

މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަށް މޫސުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އަދި ބައެއް ސަރަހައްދުތަކުގެ ކަނޑު ވަރަށް ބޮޑަށް ގަދަ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ހާމަކޮށްފައި ވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެނބޫދޫ ފިނޮޅަށް ދަތުރު ގޮސް ތިބި 27 މީހަކު މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހިގެން މިއަދު ހެނދުނު 11:37 ހާއިރު އެމްއެންޑީއެފްގެ ކޯސްޓް ގާޑުގައި މާލެ ގެންގޮސްދީފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން އާއްމުކޮށްފައިވާ ފޮޓޯތަކުން ފެނިގެން ދަނީ ބޯކޮށް ވާރޭވެހެމުންދިޔަ ގަޑީގައި ގިބަޔަކު އެނބޫދޫ ފިނޮޅުގައި ތިބޭ ތަނެވެ. އަދި އެ ސަރަހައްދުގައި ކުޑަ ލޯންޗެއް އޮތް މަންޒަރުވެސް ފެނިގެން ދެއެވެ.

މީގެ ކުރިން ވެސް މޫސުން ގޯސް ދުވަސް ދުވަހު ވެސް ދަތުރު ގޮސް ފަޅުރަށްތަކަށް ގޮސް ތިބޭ މީހުން ސިފައިންގެ އެހީގައި ރަށަށް ގެންގޮސްދީފައި ވެއެވެ.