ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީގެ ކާރު ރޯކޮށްލި މައްސަލައިގެ ތަހްގީގް ބައެއް ކަންކަން ފުރިހަމަ ކުރުމަށް ޕޮރޮސެކިއުޓަރ ޖެނަރަލް އޮފީހުން ފުލުހުންނަށް ލަފާދީފި އެވެ.
މިމައްސަލާގައި ފުލުހުން ތަހްގީގް ހިންގަމުން ދަނީ ލ.ފޮނަދޫ، ދިލްކުސާގޭ އަހުމަދު ސަމީމް (ލޯޑް) ގެ މައްޗަށެވެ. މިމައްސަލަ އާއި ގުޅިގެން ފުލުހުން ހިންގާ ތަހްގީގްގެ ބައެއް ކަންކަން ފުރިހަމަ ކުރުމަށް ޕޮރޮސެކިއުޓަރ ޖެނެރަލް އޮފީހުން ފުލުހުންނަށް ލަފާ ދީފައި ވަނީ ތަހްގީގްގެ ބޮޑު ބައެއް ފުރިހަމަކޮށް އަހުމަދު ސަމީމްގެ މައްޗައް ދައުވާ ކުރަން ފޮނުވުމުގެ ކުރިން ޕޮރޮސެކިއުޓަރ ޖެނެރަލްގެ ލަފައަކަށް އެދުމުން ނެވެ.
ލ.ފޮނަދޫގައި މިދިޔަ ޑިސެމްބަރު މަހު ރޯކޮށްލި ކާރުގެ ތަަހްގީގް ބޮޑުބައެއް ފުރިހަމަކޮށް ޕީޖީގެ ލަފަޔަކަށް ފުލުހުން ފޮނުވުމުން ބައެއް ކަންކަން އިސްލާހް ކުރުމަށް ޕީޖީ ލަފާ އެރުވި ނަމަވެސް އެކަން ޕީޖީ އޮފީހުން ރަސްމީކޮށް ކަށަވަރު ކޮށެއް ނުދެއެވެ.
މިމައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް މައްސަލައިގައި އަހުމަދު ސަމީމްގެ ފޯނު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި ތަހްގީގަށް ހާޒީރުކޮށް ސުވާލު ކޮށްފައި ވެއެވެ.
މަސްއޫދުގެ ކާރުގައި ރޯކޮށްލާފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ލ. ފޮނަދޫ، އިޖްތިމާއީ މަރުކަޒުކައިރީގައި ޕާކްކޮށްފައި އޮއްވަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކާރުގައި ރޯވެފައިވާ ތަން އެންމެ ފުރަތަމަ ފެނި، ފުލުހުންނަށް ރިޕޯޓްކޮށް، ކާރުގައި ރޯވެފައިވާ ކަމަށް ސަރަހައްދުގެ މީހުންނަށް އަންގާފައި ވަނީ ވެސް މިހާރު ފުލުހުންގެ މެއިން ސަސްޕެޓް ކަމަށް ތުހުމަތު ކުރެވި ތަހްގީގް ހިންގަމުންދާ އެރަށު ދިލްކުސާގޭ، އަހުމަދު ސަމީމެވެ.
މަސްއޫދުގެ އެ ކާރުގައި ރޯކޮށްލިތާ ގާތްގަނޑަކަށް ނުވަ މަސް ދުވަސް ވެފައިވާއިރު، މިދިޔަ ހަފްތާގައި އަހުމަދު ސަމީމް މަސްއޫދަށް ހަމަލާ ދިން މައްސަލައިގައި މިހާރު ވަނީ ހަައްޔަރުކޮށްފައެވެ.
ތިޔަ ކާރުގައި ރޯކޮއްލާ ލޯޑް މޫނުމަތީ ޖާހާ ހިންގާ ޖަރީމާތަކަކީ މައްސޫދު ގެންގުޅޭ ބޭރު އަންހެނަކާހެދި މައްސޫދު ރާވައިގެން ހިންގާ ޖަރީމާއެއް ، އެކުއްޖާ ހޯދުމާއި ކުރިން އޭނަ ލައްވާކުތުވާފަ ހުރި މަސައްކަތަށް ފައިސާ ދޭން ޖެހޭތީ ކުރާހާކަންކަން .. ތިމައްސޫދަކީ ފިސާރި ނުބައި ނުލަފާ ކަންކަން ކުރާމީހެއް ފޮނަދު ހަލާކުކޮއްލައިފި...
ތިކަހަކަ ނުބައި ނުލަފާ މީހުން ހައްޔަރު ނުކޮށް ބަހައްޓާތީ ވާކަންކަން ތީ. ތި ކަހަލަ ޓެރަރިސްޓުން ބަހައްޓަން ވާނީ ޖަލުގަ. ތި މީހަކު ވެއްޖެ އެއްނު މިހާރު ވެއްޖެ އެއްނު ޖަލައްލާން.
މިކަހަލަ މުޖިރިމުން ހައްޔަރު ނުކުރާތީ މިފަދަ ކަންކަން އިތުރު ވަނީ. 9 މަސް ވީ އިރު ތި މީހާ ދޫކޮށްލާފަ ހުރީމަ އަނެއްކާ އަނެއް ޓެރަރިސްޓް ހަމަލާ އެދިނީ. އުމުރަށް ޖަލުގަ ބާއްވަންވީ.
🤣🤣🤣