ވިހަން ދުވަސް ފުރިފައިވާ އަންހެނެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އުސޫލާއި ހިލާފަށް އދ. ކުނބުރުދޫގައި ކަރަންޓީން ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މާބަނޑު އަންހެނަކާއި، އޭނާގެ ފިރިމީހާ ކަރަންޓީން ކޮށްފައި ވަނީ ހިމަންދޫ މޮނީޓަރިންގްގެ ހާލަތަކަށް ގެނެވިފައި ވަނިކޮށް ދަރުކުރި ކަމަށް ބުނެއެވެ. އެހެންނަމަވެސް އެދެމަފިރިން އެރަށަށް ދަތުރުކޮށްފައި ވަނީ އެރަށް މޮނީޓަރިންގެ ހާލަތަކަށް ގެނެއުމުގެ 15 ވަރަކަށް މިނެޓް ކުރިން ކަމަށް ހިމަންދޫ ކައުންސިލުން ވިދާޅުވެއެވެ.

ކޮވިޑްގެ ވޭދަނަތަކެއް ހިމަންދޫން ފެނިގެން އެރަށް މޮނީޓަރިންގެ ހާލަތަކަށް ގެނެސްފައި ވަނީ އޮގަސްޓް ތިން ވަނަ ދުވަހުގެ އިރުއޮއްސި 18:25 ގައެވެ. އެދެމަފިރިންނާއި އެރަށުގައި ފެތުރެމުންދާ އެއްވެސް ވޭދަނައަކާއި ގުޅުމެއް ނުވާކަން ކައުންސިލުން ފާހަގަކުރެއެވެ.

މާބަނޑު އަންހެނާގެ ފިރިމީހާ "ވަގުތު" އަށް ކިޔައިދިން ގޮތުގައި އެދެމީހުން ކަރަންޓީންކޮށްފައި ވަނީ ކުށް މައުލޫމާތެެއްގެ މައްޗަށް ކުނބުރުދޫ ރައްޔިތުން އެ މައްސަލަ އެރަށު ކައުންސިލަށް ރިޕޯޓް ކުރުމުން ކަމަށެވެ. އެ ދެމަފިރިން ކަރަންޓީނުގައި ތިބޭތާ ފަސް ވަރަކަށް ދުވަސްވެފައިވާއިރު އަނބިމީހާގެ ހާލު ދުވަހެއް ދުވަހަކަށް ގޯސްވަމުން ދާކަން އޭނާ ފާހަގަކުރިއެވެ.

"އެނގިވަޑައިގަންވާނެ ފަދައިން ވިހަން ދުވަސްފުރިފައިވާއިރު ބޭނުންވާނެ ހިނގާލާ އުޅެން. ސާފު ވަޔަކީވެސް ވަރަށް މުހިންމު އެއްޗެއް. އެކަމަކު އަޅުގަނޑުމެން މިތިބެނީ ކުޑަ ކޮޓަރިއެއްގައި ބަންދުވެފައި. ނަރުސް ކުއްޖެއް އައިސް، ބަލާފައި ބުނި ދަރިފަޅުގެ ހާލުވެސް ދަށަށް ދާވާހަކަ. އަޅުގަނޑުމެން މިތިބެނީ އުސޫލުގެ ބޭރުން ބަންދުވެފައި. އިންސާފުން މަހުރޫމްވެފައި." އެ އަންހެން މީހާގެ ފިރިމީހާ ބުނެފައިވެއެވެ.

ހިމަންދޫ ކައުންސިލުންވެސް ވަނީ މި ދެމަފިރިން ކަރަންޓީނު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަން ފާހަގަކޮށް އެޗްޕީއޭއަށާއި، ކުނބުރުދޫ ކައުންސިލަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގެ ކޮޕީއެއް "ވަގުތު" އަށް ލިބިފައިވެއެވެ.

މިކަމާއި ގުޅިގެން ކުނބުރުދޫ ކައުންސިލްގެ ރައީސް މުހައްމަދު އަަޒްމީ ވިދާޅުވީ އެދެމަފިރިންގެ ޝަކުވާތައް ތިން ފަހަރު މަތިން އެޗްޕީއޭއަށް ފޮނުވާފައިވާނެ ކަމަށެވެ. އެހެންނަމަވެސް އެޗްޕީއޭއިން ކޮންމެ ފަހަރަކުވެސް ޖަވާބުގައި ވިދާޅުވަނީ އެދެމަފިރިން ކަރަންޓީނުގެ 14 ދުވަސް ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.

އެޗްޕީއޭގެ ލީގަލް ބޭފުޅެއްގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ހިމަންދޫ ކައުންސިލުން އެއިދާރާއަށް ފުރަތަމަ ފޮނުވި ސިޓީގައި ވަނީ އިރުއޮއްސި 19:15 ގައި މި ދެމަފިރިން ފުރިކަމަށެވެ. އެހެންނަމަވެސް އެއީ އޮޅިގެން ކަމަށް ބުނެ ފަހުން ފޮނުވި ސިޓީގައި ވަނީ 18:15 ގައި އެދެމަފިރިން ފުރި ކަމަށެވެ.

އެދެމަފިރިން ކަރަންޓީނުގެ 14 ދުވަސް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ނިންމީ މިކަމުގައި ކައުންސިލުން އޮޅުވާލުމެއް އޮޅުވާލާފައިވާ ކަމަށް ގަބޫލުކުރެވޭތީ ކަމަށްވެއެވެ.

އެޗްޕީއޭގެ އުސޫލުގައިވާ ގޮތުން މޮނީޓަރިންގެ ހާލަތަށް ރަށެއް ގެނެސްފިނަމަ އެރަށަކުން އެހެން ރަށަކަށް ދަތުރު ނުކުރެވޭނެއެވެ. އެ ހާލަތުގައި ދަތުރު ކުރެވޭނީ ހާއްސަ ހުއްދައިގެ ދަށުންނެވެ. ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާނަމަ އެފަރާތްތަކުން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެއެވެ.

އެހެންނަމަވެސް މޮނީޓަރިންގެ ހާލަތުގައި ނެތް ރަށްރަށުން އެހެން ރަށްރަށަށް ކަރަންޓީނަކާއި ނުލާ ދަތުރު ކުރެވޭނެއެވެ.

ކޮވިޑާއި ގުޅިގެން ފުރަބަންދުކޮށްފައި ވަނިކޮށް މީގެ ވިހެއުމުގެ ކުރިން ބަނޑަށް ދަރި މަރުވި މައްސަލަތަކެއް ފެންމަތިވެފައިވެއެވެ. އެފަރާތްތަކުގެ އާއިލާއިން ތުހުމަތުކުރަނީ އެ އެކަންކަމުގައި ސިއްހީ އިދާރާގެ އިހުމާލު ބޮޑު ކަމަށެވެ. މި މައްސަލަަ ބަލާދިނުމަށް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު، އަހްމަދު ޝިޔާމް ވަނީ މަޖިލީހަށް ގަރާރެއްވެސް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ދުނިޔެ

    މަށްސަލައިގެބާވަތުން އިންސާނެއްގެ ކަރާމާތަށް އަރައިގަނެފި ކުއްވެރިވާފަރާތަށް އަދަބުދިނުމަށް ގޮވާލަން .

    19
    2
  2. ޏާނަ

    ތިކަމުގަ އެޗްޕީއޭގެ ވަކި ގަވާއިދެއް ހަމައެއް ލަމައެއް ނޯވޭ... އެފަހަރަކު ހިތަށް އެރި ގޮތަކަށް އަމަލު ކުރަނީ... ޟިއޮތީވާ ސަރުކާރެއް

    5
    1
  3. 😅

    ކުޑަ ކޮޓަރިއެއްގައޭ ބުނާއިރު އެމީހުން ތިބެނީ ގޭތެރޭ ސިޓިންރޫމަށް ނިކުމެ އެގޭ އެހެން މީހުނާއެކު. ދެން އެގޭ އެހެން މީހުން ރަށުތެރެއަށް ނިކުމެ އުޅޭއިރު އޯކޭތޯ އެގޮތް؟ ބާރުގެ ބޭނުންކޮށްގެން އަމިއްލަ ރަށުގެ ކައުންސިލަށް އަންގައިގެން ގަޑި ބަދަލުކުރިޔަސް ހުރިހާ ތާކު ބާރެއް ނުހިނގާނެ ދޯ. ހިތުން ވަރަށް ބާރުގަދަ. އެކަމަކު ހުރިހާތާކު ތި ބާާާާރެއް ނުހިނގާނެ. ވަގުތު އިންވެސް ހަބަރުތައް ލިޔާއިރު ތެދު ދޮގު ބަލާލުން ވަރަށް މުހިންމު.

    5
    2
    • ބާރު

      ބާރުގެ ބޭނުން އޮތީމާ، ބާރުގެ ބޭނުން ކޮށްގެން ދޯ ކަރަންޓީނަށް އުސޫލާއި ޚިލާފަށް ލީ. ހަޖަމް ކޮށްލާ

  4. ޓަކިބެ

    މޮނިޓަރިންގަ އޮތަސް ނެތަސް ތި އަންހެން މީހާ ކަރަންޓީނު ކުރާކަށް ނުޖެހޭ. ވިހަން ކައިރިވެފަހުރި މާބަނޑު އަންހެނެއް އެއީ. އޭނަޔަށް މިވަގުތު އެންމެ ބޭނުންވާނީ މިނިވަންކަމާއެކު އުޅެވުން. ބަޔަކު ޝަކުވާ ކުރާއިރަށް ކުށްވެރި ވެފައިވާ މީހަކާ ދޭތެރޭ އަމަލުކުރާހެން އަމަލުކުރާކަށް ނުޖެހޭ.

    4
    1
  5. އާދަނު

    ތި މައްސަލާގައި އެޗްއޯސީގެ ބޭފުޅުންނަށް ފިޔަވަޅުއަޅައި އުސޫލާއި ޙިލާފަށްކަރަންޓީނު ކުރުމަށްމައުލޫމާތު ގޯސްމަޢުލޫމާތު ދީފައިވާތީ އެކަންކަން އިސްލާހުކޮށް ދިނުމަށްދަންނަވައި ނުހައްޤުން އަނިޔާލިބެމުންދާ ދެމަފިރިންނަށް އިންސާފުހޯދައި ދިނުމަށްސަރުކާރަށް ގޮވާލަން

  6. ވާނުވާ

    އަހަރެމެން ވެސް މިތިބީ ކަރަންޓީ ނުގަ. ގޭ އެންމެނާ އެކީއެއްކޮށް އުޅެ ގެ އާ ގޯތީގަގޯތިން ބޭރަށް ނުގޮސްއުޅުމަކީ ކަރަންޓީން ކަމަށް ވަންޏާ..😂😂 ވަރަށް ވާހަކަ✌

    2
    1
  7. ރަޝީދު

    ތި ހާލަތުގައި އެޗް.ޕީ.އޭ ގެ އަމުރަށް ކިޔަމަން ވަކަށް ނުޖެހޭ ތިމާގެ އަނބިމީހާ އަށް ދެރަގޮތެއް ދިމާވެއްޖެ ނަމަ ހިތާމަ ކުރަން ޖެހޭނީ ތިމާ
    ޢެޗް.ޕީ.އޭ އޮޅާލާ

    1
    1
  8. ވިސްނާ

    ކީއްކުރާނީ އެބައެއްގެ ބާރު އޮންނަ ދުވަހު އެބައެއް ބޭނުން ގޮތެއް ހަދަނީ . މި ނޫން ދުވަހެއް އޮތްކަން ހަނދުމަ ނުވަނީ

  9. ލޮކް

    އެޗްޕީއޭ އަކީ އެއްވެސް މީހެއްގެ ހާލަތަށް ބަލާބައެއްނުން. ކުރާ މެއިލް ތަކަށް ވެސް ދޭނީ އޮޓޯ ޖަވާބު. ހީވަނީ ނުވެސް ކިޔާ ޖަވާބު ދެނީ ހެން. މީ ރައްޔިތުންނަށް އުދަގޫކުރަން ތިބޭ ބަޔެއް އިންސާނިއްޔަތު ކަމެއްނެތް

  10. Anonymous

    ކުނބުރުދޫ ކައުންސިލުން ބުނާ އެއްޗަކާ އެޗްޕީއޭ ގެ ބަހަކާ ދިމައެއްނުވޭ. މޮނިޓަރިންއަށް ލާނީ ޕޮސިޓިވް ވެގެން. ކޮން 1 ސިކުންތެޭ ކިޔާކަށް. މޮނިޓަރިންގަ ނެއް ރަށަކުން މާބަނޑު މީހެއް ކުނބުރުދުއަށް ދާން އުޅުމުން ދިއުމުގެ ހުއްދައެއްނުދިން އެހެންމަ ތިމީހެއްވެސް ޖެހޭނެ ކަރަންޓީންވާން

    3
    2
  11. އެޗްޕީއޭ

    މޮނިޓަރިންގަ އޮތް ރަށަކުން އެހެން ރަށަކަށް މީހުން ދިޔުމާ ގުޅެގޮތުން އަމަލުކުރާނެ ގޮތެއް ކަނޑައަލާނީ ކައުންސިލުން. ޢެޗްޕީއޭއަކުން ނޫން

    1
    3
  12. ހިމަންކުނބު

    ކަރަންޓީނަށް ލުމުން އުސޫލާ ހިލާފުވީމާ އެކަމަށް ފިޔަވަޅު ނާޅަނީ ކީއްވެ؟ ރަށުގައި ވެކްސިން ލިބިފައިނުވާ މީހުނާ ކުޑަކުދިން އެބަތިބި. ފަރުދީ ޒިންމާއާ އެޗްޕީއޭ ޒިންމާ ވެސް ބޮޑުތަނުން ފެއިލް. ވަރަށްް ދެރަވަރު ކަންކަން. ދެން ރަނގަޅަށް ދުފާލާ.