ކޮވިޑް-19 އާލަމީ ވަބާގެ ދަތި ހާލަތުގެ ސަބަބުން އެންމެބޮޑު ގެއްލުމާ ކުރިމަތިލާން ޖެހުނީ ތަޢުލީމީ ދާއިރާއަށްކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު މިގޮތަށް ވިދާޅުވީ، ދިރާސީ އައު އަހަރު ފެށުން ފާހަގަކުރުމުގެ ގޮތުން ކަލާފާނު ސްކޫލުގައި މިއަދު މެންދުރުފަހު ބޭއްވި ހާއްސަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ރަސްމިއްުޔާތުގައި ނައިބް ރައީސް ވިދާޅުވީ، ގައުމަށް ފައިދާހުރި މަސައްކަތްތެރި ކާމިޔާބު ދަރިވަރުންތަކެއް އުފެއްދުމުގައި މުޅި މުޖުތަމައުގެ ޒިންމާއެއް ކަަމަށެވެ. އަދި ސްކޫލު ނިންމާ ކުދިންނަކީ ދިރިއުޅުމަށް ތައްޔާރުވެފައިވާ ދަރިވަރުންތަކެއްގެ ގޮތުގައި ބައްޓަންކުރުމަށް ހާއްސަކޮށް ބެލެނިވެރިންނާއި ޓީޗަރުން ކެނޑިނޭޅި މަސައްކަތް ކޮށްދެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.

ފައިސަލް ނަސީމް ވިދާޅުވީ، ،ކޮވިޑްގެ އެ ދަތި ހާލަތުގައި ވެސް ޚާއްޞަކޮށް ޓީޗަރުންނާއި ތަޢުލީމީ ދާއިރާގެ ހިންގުންތެރިން، ދަރިވަރުންނާ ހަމައަށް ފިލާވަޅުތައް ފޯރުކޮށްދިނުމަށް ކުރެއްވި ބުރަ މަސައްކަތްތަކަކީ މުޅި މި ސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭ ޚާއްޞަ މަސައްކަތްތަކެއް ކަމަށެވެ.

އަދި މިހާރު އާންމު ހާލަތާއި އެގޮތަށް ހުރިހާ ކަމަކަށް ފުރުސަތުތައް ފަހިވަމުންދާއިރު މި ފުރުސތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައި، ފާއިތުވެ ދިޔަތަން އަލުން ހޯދުމަށްވެސް އަޒުމު ކަނޑައަޅައިގެން މަސައްކަތްކުރުމަށް އެމަނިކުފާނު ވަނީ އެެދިވަޑައިގަންނަވާފައެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފަށާފައި ވަނީ ސަރުކާރު ސްކޫލްތަކާއި އަމިއްލަ ސްކޫލް މަދަރުސާތަކުގެ ޖުމްލަ 92,936 ދަރިވަރުންނާ އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބީރުމީހާ

    އެހެންތޯ ބެލެނިވެރޮންނަށް ވީ ގެއްލުން ކޮބައިތޯ ތިޔާ ގެއްލުމުގެ ބަދަލު އަނބުރާ ލިބޭނީ ކޮންދުވަހަކުންތޯ ވޭތުވެދިޔަ އަހަރު ރިޕީޓުކޮއް ކުދިންނަށް ކިޔަވައިދީފާ ލަވަނުކިޔާ މައިތިރިވެގެން ތިބޭ އަމިއްލަ ސްކޫލްތަކަށް ދައްކަންޖެހުނު ފީ އަޅޭފަހެ ތިޔާ ނަލަނަލަ ކަނބުލޮ ނިކަން ދައްކައްދީބަލަ

  2. އެއެންއެސް

    ކޮން ދިރާސާ އެއްގެ މައްޗަށް ބާ ތިޔަހެން ތިޔަ ވިދާޅުވީ! ސާބަސް...

  3. ސަލްމާ

    ތަނަކު ފިލާއޮވެފައި ނުކުމެ މޮޅު ވާހަކައެއް ބުނެލައިފި! ބަލަގަ ކަލޭމެންގެ ވެރިކަމުގައި ގެއްލުންނުވާ އެއްވެސް ދާއިރާއެއް ނެތް!

  4. ބެއްޔާ

    އެންމެފައިދާކުރީ ސިޔާސީ މީހުންނަށް