ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ބޮޑުކޮށް މަރާމާތު ކުރުމަށް ހިންގަމުންދާ މަޝްރޫއުގެ 67 އިންސަައްތަ މަސައްކަތް ނިމިއްޖެއެވެ.

މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއިންނެވެ.

އެމްޓީސީސީން މިއަދު ބުނީ، މި މަޝްރޫއުގެ ދަށުން، ލިފްޓް ހަރުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ހިނގާ ސަރަހައްދުގެ މަސައްކަތްތަކުގެ ތެރެއިން 75 އިންސައްތަ މަސައްކަތް ނިމިފައިވާކަން އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ބޮޑުކޮށް މަރާމާތު ކުރުމަށް ހިންގަމުންދާ މި މަޝްރޫއުގެ ދަށުން ލެބޯރެޓަރީ އަކާއި ވާރޑް އިމާރާތެއް އެޅުމުގެ އިތުރުން އޯ.ޕީ.ޑީ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް ހިމެނެއެވެ.

ހެލްތް މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުއަކީ 30 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއުއެެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙާމިދު

    ވަރަށް ބޮޑު އިމާރާތެއް ތިއެޅުނީ އެޔޮށް ބޮޑު ހުސްތަން އޮތްތަނުގަ. ކޮތަރު ކޮއްޓެއް ވަރުގެ އިމާރާތެއް އަޅާފަހުރީ. މިހެން ކޮންމެ 5 އަހަރަކުން ތަންކޮޅެއް އަޅާ އަޅާ ފަހުން އޮންނަނީ ބޮޑު ދަންތުރައަކަށްވެފަ.