ތާލިބާނުންގެ އަތްދަށަށް ގެންގޮސްފައިވާ އަފްޣާނިސްތާނުގައި ތިބި ހިރާސްކަން ބޮޑު ފަރާތްތައް، ރައްކާތެރި ސަރަހައްދަކަށް ބަދަލުކޮށް ދޭން މަގު ފަހިކޮށްދީ، އެކަމަށް ރާއްޖެއިން ބާރު އަޅައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުން ސަރުކާރުގައި އެދެން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ނިންމައިފިއެވެ.

މި ދައުރުގެ، ހިއުމަން ރައިޓްސް ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ އެމްޑީޕީ މެންބަރު ޖީހާން މަހުމޫދު ވަނި އަފްގާނިސްތާނުގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.

ޖިހާން ވިދާޅުވީ އަފްޣާނުގައި، މި ވަގުތު އެންމެ ހިރާސްކަން ބޮޑު ބައެއްގެ ގޮތުގައި ތިބީ ހިއުމަން ރައިޓްސް ޑިފެންޑާސް އަދި ނެޝަނަލް ހިއުމަން ރައިޓްސް ކޮމިޝަން ގައި މަސައްކަތްކުރަމުން ގެންދަވާ ފަރާތްތައް ކަމަށެވެ.

އެ މީހުންނަށް އެހެން ގައުމަކުން ހިމާޔަތް ހޯދުމަށް މަގު ފަހިކޮށްދޭން ބައިނަލްއަގްވާމީ ގޮތުން ލިބިފައިވާ ޕްލެޓްފޯމް ތަކުގެ ބޭނުން ކުރުމަށް ސަރުކާރަށް ގޮވާލަން ފެންނަ ކަމަށް ޖީހާން ހުށަހެޅުއްވިއެވެ.

ކޮމިޓީ ބައްދަލުވުމުގައި ބައިވެރިިވެ ވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ޖީހާންގެ ހުށަހެޅުން ފާސްވީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ ނައިބް ރައީސް އިވާ އަބްދުﷲ ނަމުގައި މަޖިލީހުން ސަރުކާރަށް ސިޓީއެއް ހުށަހެޅުމަށެވެ.

އެ ސިޓީގައި، އަފްޣާނިސްތާނުގައި ތިބި ހާއްސަ ރައްކާތެރިކަމަށް ބޭނުންވާ ހިއުމަން ރައިޓްސް ޑިފެންޑާސް އާއި ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުން މުވައްޒަފުން އަދި ހިރާސްކަން ބޮޑު ގޮތެއްގައި ތިބި ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށް ދިނުމަށް ބައިނަލްއަގްވާމީ އެކި ޕްލެޓްފޯމްތަކައި ޖަމިއްޔާ ޖަމާއަތްތައް ބޭނުންކޮށްގެން ބާރު އަޅައި ދިނުމަށް ސަރުކާރުގައި އެދުމަށް މަޖިލީހުން ފޮނުވާ ސިޓީގައި ބަޔާކޮށް ކޮށް ދިނުމަށް ވަނީ އެދިފައެވެ.

އަފްޣާންގެ ހިންގުން ތާލިބާނުން ހަވާލުވެ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ފެށި ހިސާބުން އެތައް ރައްޔިތުން ވަނީ ގައުމު ދޫކޮށް އެހެން ދިމަ ދިމާލަށް ހިޖުރަ ކުރަން ފަށައިފައެވެ. އަދި ގިނަ އަންހެނުންގެ ކުރިމަގާއި މެދު ވަނީ ސުވާލު އުފެދިފައެވެ. ވަޒީފާތަކުގައި މައިދާނުގައި އަންހެނުން ހަރަކާތްތެރިވުމަކީ ތާލިބާނުން މާ ގަޔާވާ ކަމެއް ނުނެވެ. އިސްލާމީ ޝަރިއަތެއް ގާއިމްކުރަން އުޅޭ ތާލިބާނުން ދަނީ ސަރުކާރުގެ ވަޒީފާތަކުގައި އަންހެނުން އަދާކުރަން ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ހ

    ކީކޭ ދެން ބުނާނީ ލޮލް

    48
    3
  2. ދުންމާރި

    ކޮބާތަ ރޯޔަލް ރޭޕް އަންހެންމީހާގެ ޙައްޤު؟ އޭނަޔަކަށް އެއްވެސް ޙައްޤެއްނެތްތަ؟ ލާރިކޮޅެއް ދީފާ ބާރުގެ ބޭނުންކޮށް ނުފޫޒު ހިންގައިގެން ރާއްޖެއިން ފުރުވާލީމާ އެ އަންހެންމީހާގެ ޙައްޤު އަދާކުރެވުނީތޯ؟ޙައްޤު ޙައްޤު؟

    49
  3. ދޮން ބަބުރު ސޮރު

    ދުނިޔޭގައި އޮތް ހަމަ އެކަނި ސުޕަޕަވަ ރަށް ނުވި ކަމެއް ސައިޒު އޮޅިފަހު ރި ކުއްޖަކަށް ވާނެތޯ؟؟؟ ަ

    33
  4. .......

    މިއޮށްހާ ދުވަހު އަފްޣާންގަ އަންހެނަކުވެސް ކުޑަކުއްޖަކުވެސް ނޫޅެނީބާ...ނޫނީ މިވަރަށް ބޮއެގެން ތިބީމަ ޣާޒީއަށްވެސް ނޭނގޭނެބަ

    39
  5. ހުސޭނުބޭ

    ރޯޔަލް ފެމެލީ ... ވަރަށް ބާރުގަދަވާނެ! ޠާލިބާނުންނާ ކުރިމަތިލާންޖެހުނަސް ވަރިހަމަ!

    43
  6. މަސްތު މަސްތު

    ލޯކަލް މާރުކޭޓްގެ 7 ނަމްބަރ ގޮޅީގެ ފަރާތުންވެސް ތިޔަކަމަށް އެދެން ފެނޭ.

    37
  7. ހ މ ޒ

    ރޯޔަލް ފެމެލީ....ކޮބާ؟

    38
  8. ޙުސޭނުބެ

    އެއްކަލަ ސަފާ ރީ ކޭސްގަ ވިކްޓިމައިޒްވި އަންހެން މީހާގެ މައްސަލައިގެ އަޕްޑޭޓް އަކީ ކޮބައިތޯ ތިޔަ ކޮމިޓީން ސާފުކޮށްދެއްވަބަލަ

    46
  9. ސަމީ

    ޜޯޔަލް ރޭޕް ކޮބާ. މީހާދަ ލަދު ކުޑަ މީހެއް

    36
    1
  10. ރަދީފް ހުސެން

    ރޯޔަލް ރޭޕް ހިނގީމަ އެކަންތައް ފޮރުވާ ފަސްއެޅިބަޔަކު، ދެން މާ އަންހެނުންނާ ކުޑަކުދިންގެ ހައްގޭކިޔީމަ އަންނަނީ ހިނި

  11. ނަންރީތީ ހެވިއްޔާ

    ބަލަ މިގައުމުގަ ކިތައް ކުޑަކުދިންތޯ ތިބީ އަޅާލާނެ ވާލެއް އިޔާރެއްނެތި ތިމާމީހާގެ މޮޅުކަން ދައްކަންތޯ ތިޔަ އުޅުއްވަނީ އެމެރިކާމީހުންނައް ނުވިކަމެއް ކުރެވޭނެތޯ

  12. ރަބަރޭ

    ބޯބުރާންތި ނަކަށް ވާނުވާއެއް ނޭތްގުނު އެއްމެ ފުރަތަމަ އަމިއްލަ ގައުމު އި ސްލާހު ކޮށްބަލަ ގަމާރުންނަށް ކަމެއް ހަވާލުވީމަ ދެންވާނީ މިހެން ގުރާދޫއަށް ލާން ގެންދަން ފެނޭ ބޮލުރޮދި ކެނޑިފަ ތިޔަތިބީ

  13. އަހުމަދު

    ޖީހާން ފިރިމީހާ ހިފާ ހައްޔަރުކުރޭ އެއީ ރޭޭޕިސްޓެއް
    އަލީވަހީދު މެން ހައްޔަރު ކުރޭ

  14. ކޮމެންޓު

    ފުރަތަމަ ދިވެހި އަންހެނުން ނަ ކުޑަ ކުދިންނަށް ރައްކާ ތެރިކަން ކަށްވަރުވޭތޯ ބަލާބަލަ. ފެންވަރު އޮޅިގެން ނޫޅެ

  15. Anonymous

    ފުރަތަމަ އަމިއްލަ ނަފްސާއި ފިރިމީހާ އާއި ދަރިންގެ ހައްގުތައް އަދާކޮއްބަލަ.