ފްލޫ ކްލިނިކަށް ދެއްކި ކުޑަކުއްޖަކު ފައްސިވެގެން ބަންދު ކުރި ގދ. ތިނަދޫއިން އިތުރު ހަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ ފައްސިވި ހަ މީހުންނަކީ ކުރިން ފައްސިވި ކުއްޖާއާ ގާތުން އެއްތާވި މީހުން ކަމަށެވެ.

މިއާއެކު ތިނަދޫގައި މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 13 އަށް އަރާފައެވެ.

ތިނަދޫ އިއްޔެ ފައްސިވެފައި ވަނީ ސްކޫލް ދަރިއެކެވެ.

ތިނަދޫން މިއަދު ފައްސިވި މީހުންގެ ތެރޭގައިވެސް ސްކޫލް ދަރިވަރުން ހިމެނެއެވެ.