ކ. އަތޮޅު ތިލަފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެރަށުގައި ޕިކަޕަކާއި ބައިސްކަލެއް ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު މިއަދު 16:50 ހާއިރު ލިބިފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި، މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ބައިސްކަލް ދުއްވަން އިން ބިދޭސީ ފިރިހެނަކަށެވެ.

އޭނާ މާލެ ގެނެސް މިހާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ.

އެކްސިޑެންޓްގެ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.