ދަތުރުކުރާ މީހުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ދެމުން އަންނަ ވެކްސިން ފުރިހަމަ ކޮށްފައިވޭތޯ ބެލުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ، ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ މީހުން ވެކްސިން ފުރިހަމަކުރުމަށް ބާރު އެޅުމަށްޓަކައި ފެށޭ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވެކްސިން ޖެހުމަށް ޝަރުތު ހަމަވެ، ވެކްސިންގެ އެއްވެސް ޑޯޒްއެއް ފުރިހަމަކޮށްފައި ނުވާ މީހުންނާ މެދުގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ހިދުމަތް ނުދިނުމަށް އެދިފައެވެ.

އެގޮތުން އެއްގަމާއި ކަނޑުދަތުރު ކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުންނާއި، އަދި އެތެރޭގެ ވައިގެދަތުރު ކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން، ޚިދުމަތް ދިނުމުގައި އެޗް.ޕީ.އޭގެ ގައިޑްލައިންގައި ޝަރުޠު ކޮށްފައިވާ ކަންކަން ކަށަވަރު ކުރުމަށްފަހު މެނުވީ ޚިދުމަތް ނުދިނުމަށާއި ރައްޔިތުންނާ ގާތުން ދޭންޖެހޭ ޓެކްސީގެ ޚިދުމަތްތައް ދޭފަރާތްތަކުން ވެސް އެޗް.ޕީ.އޭގެ ގައިޑްލައިންގައި ޝަރުޠު ކޮށްފައިވާ ކަންކަން ކަށަވަރު ކުރުމަށްފަހު މެނުވީ ޚިދުމަތް ނުދިނުމަށް ވަނީ އެދިފައެވެ.

ޓްރާންސްޕޯޓުން އެގޮތަށް އެދިފައިވާއިރު، އެޗްޕީއޭއިން މި މަހުގެ ހަތް ވަނަ ދުވަހު ކުރި އިއުލާނުގައި ބުނީ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންނަށް ޕަބްލިކް ޓްރާންސްޕޯޓާއި ޑޮމެސްޓިކް ފްލައިޓުތަކުން ދަތުރުކުރާއިރު ވަކި ކަންކަމެއް ޝަރުތުކުރެވޭނެ ކަމަށެވެ. އޭގެ އިތުރުން ހޮޓާ، ކެފޭ/ރެސްޓޯރެންޓު ފަދަ ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުން ވަކި ކަންކަން ޝަރުތުރުކުރެވޭނެ ކަމަށް ވެސް އިއުލާނުގައި ވެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑުން ރައްކާތެރިވުމަށް މިހާތަނަށް 400،000 އެއްހާ މީހުން ފުރަތަަމަ ޑޯޒު ޖަހާފައިވާއިރު 300،000 އަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހަސަން

  މިސަރުކާރުން ދެނެއް ނުހޮވޭނެ. ރައްޔިތުންނައް މަޖުބޫރު ކޮއްގެން ވެކްސިން ޖަހުވަނީ، ގަދެބާރުން، ވެކްސިން ޖަހައިގެން މީހުން މަރުވިޔަސް ހެޔޮ، ދެން ދުވަހަކު ވެސް ނުދޭނަން، އެމްޑީޕީ އަކަށް ސޯލިހަކަށް ވޯޓެއް، މިސަރުކާރު ހޮވާން ވޯޓް ދިނުމަކީ ހެދުނު އެންމެ ބޮޑު ކޮސް، ދުނިޔޭގަ ތިބޭ އިރު، މިކަހަލަ ކޮސް ވެސް ހެދޭނީ.

 2. ސަމާ

  ވަރަށް ބަރާބަރު ނިންމުމެއް. ވެކްސިން ނުޖަހާ މީހުން އަހަރުމެން އޮފީހުގައިވެސް އުޅޭ. އެއިގެ ސަބަބުން އެމީހުންނާއި އޮންނަ ގާތްކަންވެސް މިހާރު މަޑުމަޑުން އެބަގެއްލޭ.

 3. މަރީ

  ޚަބަރުގަ އޮތީ އޮތީ މިފެށޭ މެއި މަހު ކަމަށް. އަންނަ އަހަރުތަ މާނައަކީ؟

 4. މަރިއްޔާ

  ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުން ބޯޓް ފަހަރުން ގެންދަން ވެސް ހުއްދަ ދޭން ޖެހޭ.