އެމްޑީޕީން އއ. އުކުޅަހުގައި ބާއްވާ އެ ޕާޓީގެ ކޮންގްރެސްގައި ބައިވެރިވުމަށް މިރޭ ފުރަން އުޅުނު މެންބަރުންނަށް ގްރީން ޒޯން އިން ނުފުރުނީ އެ ސަރަހައްދުގައި ގާނޫނާއި ހިލާފް ކަމެއް ކުރަން އުޅޭކަމުގެ މައުލޫމާތު ލިބިގެންކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ސްޕޯކްސް ޕާސަން އަހުމަދު ޝިފާން ވިދާޅުވީ، ގްރީން ޒޯންގެ ގޮތުގައި ކަނޑައަޅާފައިވާ ސަރައްހަދަށް މީހުން އެއްކޮށް ސިޔާސީ ޕާޓީއެއްގެ ކޮންގްރެސްއަށް ފުރުމުގެ ނަމުގައި ގާނޫނާއި ޚިލާފު އަމަލުތަކަށް އެ ސަރަހައްދުގައި ހިންގަން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ޝިފާން ވިދާޅުވީ، ގާނޫނާއި ގަވާއިދާއި ހިލާފު އެއްވެސް އަމަލެއް ގްރީން ޒޯނުގައި ހިންގަން ފުރުސަތު ނުދޭނެ ކަމަށެވެ.
"އަދި އެފަދަ އަމަލެއް ކުރަން އުޅޭ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން". ޝިފާން ވިދާޅުވިއެވެ.
އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެސް އޮތީ މިއަދާއި މާދަމާ އއ. އުކުޅަހުގައެވެ.
ޝިފާނު މޮޔަވީތަ
އެޔެއް ނޫން ވީގޮތަކީ ! ވީގޮތަކީ ޔާމީނު މިހާރު ބިރުގަންނަނީ !
ޣައިބުވެސް އެނގިލައްވާކަމަށް ދަޢުވާކުރައްވަނީތޯ؟
ތި ސިފާނު ތާހިރު ގޮތަކަށް ބުރައިގެން ދާނެ
ސޯޓު ބޭލުނީމާ އެއޮތީ ވާނެއެތިވެފާ. އަންނިއަށް މިއަދު އަދި ކިރިޔާ އެނގުނީ އޭނަޔަށް ޕްރެޒިޑެންޝަލް ކެންޑިޑޭޓަކަށް ނުވެވޭނެކަން. އެހެންތާވާނީ ގަޅީއަކީ ވަކިވަރަކަށް ނޫނިއްޔާ. ވަގުތު ފާއިތުވަންދެން އެމްޑީޕީ ޚިސާރު ކޮށްގެން ހުރެފަ، މިހާރު އެބުނީ ތިމަންނަ ވަރަށް އަވަހަށޯ އެމްޑީޕީ މީހުންނަ އެހެންކެންޑިޑޭޓަކު ދައްކަން ފުރުސަތުމިދިނީ. މަށަށް ޔަގީނާ ގާތަށް ލަފާކުރެވެނީ އައްނި ގެ ވޯޓުވެސް ދޭނީ ޔާމީނަށް. ސަބަބަކީ ޔާމީނަށް ވެރިކަމުގައި ހުރެވޭނީ ފަސް އަހަރަށް، ނަމަވެސް އެހެންމީހަކު އަރައިފިއްޔާ އެމީހަކަށް ދިހަ އަރުވަންދެން ވެރިކަމުގައި ހުރުމުގެ ފުރުސަތު އޮންނާނެ. މާނައަކީ އެހެން މީހަކު އަރައިފިއްޔާ އައްނިއަށް 10 އަހަރުވަންދެން ރައީސް އަކަށް ވުމުގެ ފުރުސަތު ގެއްލިދާނެ.
އަންނިއަށް މިއަދު އަދި ކިރިޔާ އެނގުނީ އޭނަޔަށް ޕްރެޒިޑެންޝަލް ކެންޑިޑޭޓަކަށް ނުވެވޭނެކަން. އެހެންތާވާނީ ގަޅީއަކީ ވަކިވަރަކަށް ނޫނިއްޔާ. ވަގުތު ފާއިތުވަންދެން އެމްޑީޕީ ޚިސާރު ކޮށްގެން ހުރެފަ، މިހާރު އެބުނީ ތިމަންނަ ވަރަށް އަވަހަށޯ އެމްޑީޕީ މީހުންނަ އެހެންކެންޑިޑޭޓަކު ދައްކަން ފުރުސަތުމިދިނީ. މަށަށް ޔަގީނާ ގާތަށް ލަފާކުރެވެނީ އައްނި ގެ ވޯޓުވެސް ދޭނީ ޔާމީނަށް. ސަބަބަކީ ޔާމީނަށް ވެރިކަމުގައި ހުރެވޭނީ ފަސް އަހަރަށް، ނަމަވެސް އެހެންމީހަކު އަރައިފިއްޔާ އެމީހަކަށް ދިހަ އަރުވަންދެން ވެރިކަމުގައި ހުރުމުގެ ފުރުސަތު އޮންނާނެ. މާނައަކީ އެހެން މީހަކު އަރައިފިއްޔާ އައްނިއަށް 10 އަހަރުވަންދެން ރައީސް އަކަށް ވުމުގެ ފުރުސަތު ގެއްލިދާނެ. ވީމާ އައްނި ކާކަށް ވޯޓްދޭނީ؟ ޔާމީނަށޭ ދޭނީ.
ރީތި ދިވެހި ބަހުން އެބުނަނީ އެބުނާ ޒޯނު އޮތީ ހަމައެކަނި ޕީީޕީ އަށޭ.