އެމްޑީޕީ އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް 2018 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް އައީ ޝަރުއީ ދާއިރާ މިނިވަން ކުރައްވާނެ ކަމުގެ ވައުދާއިއެކުގައި ކަމަށާއި ނަމަވެސް އެމަނިކުފާނު ކުރެއްވި ކަމަކީ ޝަރުއީ ނިޒާމް ޕްރައިވަޓައިޒް ކޮށްލުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ ޕީޕީއެމް އިން ކާނިވާ ސަރަހައްދުގައި ބާއްވަމުން ގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަމީލް ވިދާޅުވީ އެމްޑީޕީން އެއްކަމެއް ވަރަށް މޮޅަށް ކޮށްފި ކަމަށާއި އެއީ ޝަރުއީ ދާއިރާ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން ހުސެއިންގެ ލޯ ފާމް އަށް ޕްރައިވަޓައިޒް ކުރުން ކަމަށެވެ. "ވެރިކަމަށް އައީ ތިމަންނަމެންނަކީ އިންސާފު ކަށަވަރުކޮށްދޭ ޕާޓީއޭ ބުނަމުން. ތިމަންނަމެންނަކީ ޖޭއެސްސީ މިނިވަން ކުރާނެ ޕާޓީއޭ ބުނަމުން. ޝަރުއީ ދާއިރާ މުސްތަގިއްލު ކުރާނީ ތިމަންނަމެންނޭ ބުނަމުން. އެކަމަކު ޖޭއެސްސީ މިއަދު އޮތީ އެންމެ ލޯފާމެއްގެ ތެރޭގައި ތާށިވެފައި." ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ހިސާންގެ ކުންފުންޏަށް ޝަރުއީ ދާއިރާ ޕްރައިވަޓައިޒް ކުރުމުން ޝަރުއީ ދާއިރާއަށް އިރުއޮއްސިފައިވާ ކަމަށެވެ. "ރައީސް ސޯލިހް ކުރެއްވި ކަމަކީ ގާނޫނީ ޝަރުއީ ނިޒާމް ޕްރައިވަޓައިޒް ކޮށްލުން ހިސާން އެންޑް ކޯއަށް. ހިސާން އާއި ހަވާލު ކުރުމުން އެތަނަށް ވާނީ ނައިޓް. އެތަނަށް އަންނާނި ނައިޓް. މުޅި ޝަރުއީ ނިޒާމް އޮތީ ނިދާފައި. ގަދަ ނިދިން ނިދާފައި." ޖަމީލް ވިދާޅުވިއެވެ.

ޕީޕީއެމްގެ ޖަލްސާގައި ޖަމީލް ވާހަކަފުޅު ދައްކަވަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ޕީޕީއެމްގެ ޖަލްސާގައި ޖަމީލް ވާހަކަފުޅު ދައްކަވަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ޖަމީލް ވިދާޅުވީ ގިނަ ބަޔަކު މިއަދު ތިބީ ކެކުޅުންތަކާއި އެކުގައި ކަމަށެވެ. ވަރަށް ގިނަ ހިތްދަތި އިހްސާސްތަކެއް ކުރެވެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޖަމީލް ވިދާޅުވީ މިވެރިކަމުގައި ތަހްގީގު ކުރާ މީހާއަށް އަންގާފައި ވަނީ ހަމައެކަނި އެންމެ މީހެއްގެ މައްސަލަ ތަހްގީގު ކުރަން ކަމަށާއި އަދި ދައުވާ އުފުލާ ޕްރޮސެކިއުޓަރ ޖެނެރަލަށް އަންގާފައި ވަނީ އެންމެ މީހެއްގެ މައްޗަށް ދައުވާ ކުރަން ކަމަށެވެ. ނަމަވެސް އެއީ ރާއްޖެ ފިޔަވައި ދުނިޔޭގެ އެއްވެސްތަނެއްގައި ކަންހިނގާ ގޮތެއް ނޫންކަމަށް ޖަމީލް ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް ފެނިއްޖެ ދިޔާ އެއްޗެހި ގެންދާ ވާހަކަ ދެއްކި މީހާ އާއި އާއި 300 އެތައް ބައެއްގެ ވާހަކަ އާއި ވަޒީރަކު ތާށިވެފައި ހުރި ވާހަކައެއް ވެސް. އެކަމަކު މައްސަލައެއް ނުބެލޭ. ރަތްލާޖެހި ވަގުން ތިބީ އޭސީ ކޮޓަރީގައި." ޖަމީލް ވިދާޅުވިއެވެ.

ޔާމީންގެ މައްސަލަ ކޯޓުތަކަށް ވަނުމުން ކޯޓުތަކުގައި ތިބި ފަނޑިޔާރުންނަށް ހީވީ މުށި މަސް އައިނެއް ވަންހެން ކަމަށާއި އެމައްސަލައިގެ ތެރެއިން އެތައް ބަޔަކު މަގާމުގެ ކުރިއެރުންތައް ވެސް ހޯއްދަވައިފި ކަމަށް ޖަމީލް ވިދާޅުވިއެވެ.

ނަމަވެސް އަޅުގަނޑުމެންގެ ދުސްތޫރަކީ ކީރިތި ގުރުއާން ކަމަށާއި އެއްވެސް މީހަކަށް މަރުން ދުވެ ސަލާމަތެއް ނުވެވޭނެ ކަމަށް ވިދާޅުވެ ޖަމީލް އިންޒާރު ދެއްވެވިއެވެ. "ގާޒީ މިވިދާޅުވަނީ މަށެއް ނުވެއްދެކެމޭ ތީގެ އޮތް އެއްޗެއް. މަށެއް ރައުޔެއް ނުދެމޭ. އިހްތިޖާޖެއް ނުކުރޭ. ކީރިތި ގުރުއާނުގައި އޮތީ އަދުލްވެރިކަމާއިއެކު ހުކުމް ކުރާށޭ. ހެކިވެރިންގެ ގޮތުގައި ބަލައިގަތީ ރައީސް ޔާމީންގެ ނަފްސު ނަގާލަން މަސައްކަތް ކުރި އަދީބާއި ޒިޔަތު. މިއީތޯ އެމްޑީޕީ އިން އެބުނާ ތާހިރު ނިޒާމް. ޒިޔަތު އާއި އަދީބު ހެކިބަސް ދޭން އޮތް ދުވަހުގެ ކުރީ ދުވަހު ގޭބަންދަށް ބަދަލުކުރީ. އޭގެ ފަހުން ބަޔާން ދިނީ ކުރިން ބަޔާން ދިން ގޮތާއި ދިމާ އިދިކޮޅަށް. ބަޔާން ދިނުމާއިއެކު އެމީހަކު ބޭނުންވާ މެޝިނަކަށް އެއޮތީ ގުޅާފައި." ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމް މިއަދު އޮތީ ނަޖިސްވެފައި ކަމަށެވެ. "ނަޖިސް ހުކުމްތަކެއް އެއީ. މުޅި ދިވެހިރާއްޖޭއަށް މިވަނީ ޝަރުއީ ދާއިރާގެ ނަޖިސް ވަސް ފެތުރިފައި." ޖަމީލް ވިދާޅުވިއެވެ.

އަދާވާތްތެރިން ކިތައްމެ ވަރަކަށް ވާހަކަ ދެއްކި ނަމަވެސް 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ޔާމީން ވަޑައިގަންނަވާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ. "އައްޑޫގައި ވެސް ބުރިޖު އަޅާނެ. ހުވަދޫގައި ވެސް ބުރިޖު އަޅާނެ. އިސް ރަށްވެހިންނަށް ލިބޭ އިނާޔާތްތައް ވެސް ބޮޑުވާނެ. ޔުނިވަަސިޓީތައް އެޅިގެން ދާނެ. އެއާޕޯޓްތައް ތަރައްގީ ވެގެން ދާނެ. މިހުރިހާ ކަމެއް ވެސް ކުރައްވާނީ 2023 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ރިޔާސަތުގައި. ދިވެހިރާއްޖޭގައި ރިޔާސީ އިންތިހާބެއް ބޭއްވޭނީ ރައީސް ޔާމީން ހިމަނައިގެން." ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ޔާމީން ފަސް އަހަރަށް ޖަލަށް ލާން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރައްވާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. ސުޕްރީމް ކޯޓުން އަދުލްވެރިކަމާއިއެކު ރައީސް ޔާމީންގެ މައްސަލަ ބައްލަވާނެ. އެކަން ކަށަވަރު ކުރައްވާނީ ތިބޭފުޅުން. ރައީސް ޔާމީންގެ މައްޗަށް މިހުކުމް ދެމެހެއްޓޭނެ އެއްވެސް ގޮތެއް ނެތް." ޖަމީލް ވިދާޅުވިއެވެ.

ޕީޕީއެމްގެ ސަޕޯޓަރުން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ޕީޕީއެމްގެ ސަޕޯޓަރުން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ޖަމީލް ވިދާޅުވީ ޔާމީނަކީ އެންމެ ގައުމީ ލީޑަރު ކަމަށާއި އެންމެ ގިނަ ތަރައްގީ ގެނައި ޕާޓީއަކީ ޕީޕީއެމް ކަމަށެވެ. ޕީޕީއެމް އަކީ ހިތްވަރުގަދަ އަޒުމު ވަރުގަދަ އެފަދަ ދެވަނައެއް ނެތް ޕާޓީއެއް ކަމަށާއި އެކަމުގެ ސަބަބަކީ އެޕާޓީގެ ލީޑަރަކަށް ޔާމީން ވުން ކަމަށެވެ.

އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޖަމީލް ވިދާޅުވީ އެމްޑީޕީ އަކީ ހުސްކުރާ ސޭލް އަޅުވަން އައި ޕާޓީ ކަމަށެވެ. "އެމްޑީޕީ އަކީ ފަޅުތައް ވިއްކާ ޕާޓީ. ފަޅުރަށްތައް ވިއްކާލައިފި. ފަޅުތައް ވިއްކާލައިފި. ދައްޕަރު ވިއްކާލައިފި. އައްޑު ވިއްކާލައިފި. މާލެ ވިއްކާލައިފި. ސްކޫލްތައް ވިއްކައިފި. ވެލާނާގެ ވިއްކާލައިފި. ދެން ވިއްކަން އޮތީ ދިދަ އާއި ގައުމީ ލަވަ." ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ އެމްޑީޕީ އިން އެޅި ބުރިޖެއް ނެތް ކަމަށާއި އެމްޑީޕީ އިން ގެނައި ތަރައްގީއެއް ވެސް ނެތް ކަމަށެވެ. "ހުސްކުރާ ސޭލްގެ އިތުރުން ދެން ކުރި ކަމަކީ ވައްކަން ކުރުން. މުތުލަގު ކޮށް ވައްކަން ކުރުން. އިތުރަށް ކުރިކަމެއް ނެތް. ދިވެހިރާއްޖޭގައި ހުރިހާ ސަރަހައްދެއްގައި ހުރި ހުރިހާ އެއްޗަކުން ވައްކަންކޮށްފި." ޖަމީލް ވިދާޅުވިއެވެ.

އެމްޑީޕީ ވެރިކަމަށް އައީ ހައްގު މިންވަރު ހޯދައިދޭން ވައުދު ވަމުން ކަމަށާއި ނަމަވެސް އެކަން އެމްޑީޕީން ނުކުރި ކަމަށް ޖަމީލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަހްމަދު

    އޭ މޮޔަޔާ ނަޖިސް ނިންމުމެއްގެ ތެރެއިން ނައިބް ރައީސް ކަމުން ވަކިކުރިއްޔޭ ކިޔައިގެން ތިޔަ ކޯޓަށް ދުވަނީ އެއީވެސް މިސަރުކާރުން ކުރިކަމެއްތަ؟ މަޖިލީހައް ޖަވާބު ދާރީވާން ނުކެރި އިގިރޭސިވިލާތުގަ ހޫރެނިކޮށް އެމްޑީޕީގެ އިސްވެރިން އެހީތެރިވެގެއް ރާއްޖެ އާދެވޭނެ މަގު ފަހިކޮށް ދިނީމަ ތިޔަގޮތައް ކޮސްގޮވަންވެސް ރާއްޖޭގަ ތިޔަ ހުރެވެނީ. ތިޔަ ކަހަލަ މީހުންނަށް ކިޔަނީ ދެފުއް ދެގޮތް މުނާފިގުންނޭ.

    7
    17
    • Anonymous

      އަހުމަދަށް ބުނެލެވޭނީ ނާއިބުރައީސް ޖަމީލުއާއި ޕީޕީއެމްއިން ކަންތައްކުރިމަތި ކުރުވައި ވަކިކުރީމަވެސް މިއަދު އެބޭފުޅާ އެޕާޓީއާއި ނުވަތަ ރ.ޔާމީނާއި އެއްކޮޅަށް އެކުރާ ވަކާލާތާއި ބަހުގެ ހަމަލާތަކާއި އެކްޝަންތަކުން ދައްކާދެނީ އިންސާފަށް ލޯބިކުރާމިންވަރާއި ﷲ އެއްމެ ރުއްސަވާ އެއްކަމަކަށްވާ ބަދަލުހިފުމުގެ ރޫހުގައި ހިފަހައްޓަން އެބޭފުޅާ ބޭނުންނުވާކަމެވެ، ވީއިރު އަހުމަދު ޖަމީލުލީޑަރަށް ތިޔަކުރި މަލާމާތާއި ފާޅުކުރި ނުބައި ފާސިގު ބަސްމޮށުންތެރިކަމަކީ މުނާފިގުންފެ ސިފަތަކެވެ.

      6
      2
  2. އައްޑަނަ ވަގ

    މި އއ އަދުން ފެށިގެން މިތާގެ ނަމަކީ ޝަރުޢީ ޕުރަ އއ.އ އި ވެޓު ލިމިޓެޑު

  3. Anonymous

    އަހުމަދަށް ބުނެލެވޭނީ ނާއިބުރައީސް ޖަމީލުއާއި ޕީޕީއެމްއިން ކަންތައްކުރިމަތި ކުރުވައި ވަކިކުރީމަވެސް މިއަދު އެބޭފުޅާ އެޕާޓީއާއި ނުވަތަ ރ.ޔާމީނާއި އެއްކޮޅަށް އެކުރާ ވަކާލާތާއި ބަހުގެ ހަމަލާތަކާއި އެކްޝަންތަކުން ދައްކާދެނީ އިންސާފަށް ލޯބިކުރާމިންވަރާއި ﷲ އެއްމެ ރުއްސަވާ އެއްކަމަކަށްވާ ބަދަލުހިފުމުގެ ރޫހުގައި ހިފަހައްޓަން އެބޭފުޅާ ބޭނުންނުވާކަމެވެ، ވީއިރު އަހުމަދު ޖަމީލުލީޑަރަށް ތިޔަކުރި މަލާމާތާއި ފާޅުކުރި ނުބައި ފާސިގު ބަސްމޮށުންތެރިކަމަކީ މުނާފިގުންފެ ސިފަތަކެވެ.

    5
    2
  4. ހިމް

    ކީއްކުރާނީ، ޖަމީލުބޭ އެކަނި މިތަނުގައި ހޭޖެހޭ ވާހަކައެއް ދެއްކީ. އެމްޑީޕީ ކަންކުރަނީ ހަމަ ޖަމީލު ބުނިގޮތަށް. ޕީޕީއެމް ކަންކުރީވެސް ހަމަ އެގޮތަށް. އެވެސް ވަގު، މިވެސް ވަގު، ދެން އޮތް އާޕާޓީގަވެސް ތިބީ ހަމަ ކުރީގެ މުލުވަގުން.

    5
    2
  5. ދިވެހިން

    ޖަމީލް މީ އިއ އްޔެ ދަ އްކާ ވާހަކަޔަށް މި އަދު އިދިކޮޅު ހަދާ މޮޔަ އެއ އް. ވަހުތާނަކަށްވުރެ ގޯސް، އެވެސް ވަ އިޖެހޭ ކޮޅަކަށް ހު އްޓި ހުރޭ ތާ ދޯ......

    5
    3