ގދ. ތިނަދޫގައި ރައްކާކޮށްފައި ހުރި "ޕްރީމަ ސިލޯން"ބްރޭންޑްގެ ގޮދަން ފުށުގައި ގިނަ އަދަދަކަށް އުކުނާއި، ފަނި ހުރިކަން ކަށަވަރުވެފައިވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ވިދާޅުވެއްޖެއެވެ.

އެމްއެފްޑީއޭ އިން ވިދާޅުވީ، އުކުނާއި ފަނި ހުރީ އެ ބްރޭންޑްގެ ބެޗް ނަމްބަރު MD2021003 ގައެވެ.

އެމްއެފްޑީއޭ އިން ވަނީ މި ބްރޭންޑްގެ އެ ބެޗްގެ ފުށް ނުވިއްކުމަށާއި، ބޭނުން ނުކުރުމަށް އަންގައިފައެވެ.

އެ އޮތޯރިޓީން ވިދާޅުވީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އޮތޯރިޓީން އެހެން ބެޗްތަކުގެ ސުންކު ނަގާ ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ޢެއީ ރައްޔިތުންނަށް ޙައްޤުވާ މިންވަރު.އެފުށަކީ ބަޔަކަށް ވިއްކަން ހެޔޮވާވަރުގެ އެއްޗެއްނޫން.

  2. ހުސޭނުބޭ

    އެބައުޅޭ ގޮދަންފުށް ބަންދުކުރާ ފެކްޓްރީއެއް އުފައްދަން! އެ ފެކްޓްރީގައި ބަންދުކުރާނެ ތަކެތިކަން ނޭގެ ތިއީ!