ރާއްޖޭގެ ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަން އަށް އެކުންފުނީގެ ޕައިލެޓުން ކުރަމުން އަންނަ ޑިމާންޑްތަކަށް ކުންފުނިން އިޖާބައެއް ނުދޭނަމަ އާދީއްތަ ދުވަހު ހުރިހާ ޕައިލެޓުން މަސައްކަތް ހުއްޓާލާނެ ކަމަށް ޕައިލެޓުން ބުނެފިއެވެ.
މޯލްޑިވިއަންގެ ސީޕްލޭންގައި މަސައްކަތް ކުރާ ޕައިލެޓުންގެ ތެރެއިން ހަތް ޕައިލެޓަކު މިއަދު ވަނީ އެކުންފުނިން އިސްތިއުފާ ދީފައެވެ.
ޕައިލެޓުންގެ ކަންބޮޑުވުންތައް އިއްވުމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު މިހާދާއި ކުންފުނީގެ ގިނަ ޕައިލެޓުން މިރޭ ބައްދަލު ކުރިއެވެ. ނަމަވެސް ބައްދަލުވުމުގައި ހަތަރު ވަރަކަށް ޕައިލެޓުން ވާހަކަ ދެއްކިއިރަށް މެނޭޖިން ޑިރެކްޓަރ ވަނީ ބައްދަލުވުން ދޫކޮށް ވަޑައިގެންފައި ކަމަށް "ވަގުތު" އަށް މައުލޫމާތު ދިން ޕައިލެޓަކު ބުންޏެވެ.
މޯލްޑިވިއަންގެ ޕައިލެޓުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ކޮވިޑް-19 ކުރިމަތިވުމުން ކުޑަކުރި ޕައިލެޓުންގެ މުސާރަ އަދިވެސް އިއާދަކޮށްދީފައި ނުވުމެވެ. "ކޮވިޑާއި ގުޅިގެން ކުޑަކުރި މުސާރަ އަދިވެސް އޮތީ ކުޑަކޮށްފައި. އެކަމަކު މިހާރު ފަތުރުވެރިން ވެސް އަންނަ އަދަދު އިތުރުވެ ދަތުރުތަކުގެ ޑިމާންޑް ވަނީ އިތުރުވެފައި. ހަގީގަތުގައި މިހާރު މޯލްޑިވިއަންގެ ކުޑަކުރި މުސާރަތައް ދެވޭނެ." މައުލޫމާތު ދިން ޕައިލެޓަކު ބުންޏެވެ.
މީގެ އިތުރުން މެނޭޖްމަންޓާއި މެދު ވެސް ޕައިލެޓުންގެ އިތުރު ޝަކުވާތައް އެބަހުއްޓެވެ. އޭގެތެރޭގައި ކުންފުނީގެ ބައެއް އިސް މުވައްޒަފުންގެ ނިންމުންތަކާއި މެދު ހުރި ހިތްހަމަނުޖެހުންތައް ވެސް ހިމެނެއެވެ.
މޯލްޑިވިއަންގެ ސީ ޕްލޭންގައި މަސައްކަތް ކުރާ ހަތް ޕައިލެޓަކު މިއަދު މަގާމުން ވަކިވި ނަމަވެސް މޯލްޑިވިއަން އިން ބުނެފައި ވަނީ އެމީހުން އެކުންފުނިން ވަކިވީ ކުންފުންޏާއި މެދު ހިތްހަމަނުޖެހުމެއް އޮވެގެން ނޫން ކަމަށެވެ.
ކޮވިޑް ކުރިމަތިވުމުގެ ކުރިން ވެސް މޯލްޑިވިއަން އަށް އައީ ގެއްލުން ވަމުންނެވެ. ކޮވިޑްގެ ސަބަބުން އެއާލައިންގެ ހާލަތު އިތުރަށް ގޯސްވިއެވެ. ސަރުކާރުން މިހާރު ވަނީ މޯލްޑިވިއަންގެ ހިއްސާގެ ބައެއް ބޭރުގެ ކުންފުންޏަކަށް ވިއްކާލުމަށް ނިންމާ އެކަމުގެ މަޝްވަރާތައް ފަށާފައެވެ. ނަމަވެސް މޯލްޑިވިއަންގެ ހިއްސާ ވިއްކާލަނީ ކޮން ކުންފުންޏަކަށް ކަމެއް އަދި މިހާތަނަށް އިއުލާން ކޮށްފައެއް ނުވެއެވެ.
މި ލާ ދީނީ ނާގާބިލް ސަރުކާރާ ހެ ދި ރައްޔިތުން ބަނޑަށް ޖެހޭނެ ކަން ޔަގީން
މިފެންނަނީ ނާގާބިލް ސަރުކާރަކުން ކުންފުންޏެއް ހަލާލުކޮށްލިތަން!! މިކަންކަން ރަގަނޅުވާނީ ހުރިހާ ރައްޔިތުން މަގުތައްމައްޗަށް ނިކުމެ މުޒާހަރާކުރަން ފެށުމުން!! ފައިލެޓުންވެސް ހަމަ އިހްތިޖާޖް ކުރަންވީ!! މަސްވެރިންވެސް އިހްތިޖާޖްކުރަންވީ! އެމްއޭސީއެލް މުވައްޒަފުންވެސް އިހްތިޖާޖްތައް ފައްޓަންވެއްޖެ އެތަނުގެ ގިނަ އިސް މަގާމުތަކަށް ބޮޑު މުސާރަދީފަ ބޭރު މީހުން ގެނަސް ކުންފުނިހަލާކު ކުރަން މިސަރުކާރުން އުޅޭތީ! މުޅި ރާއްޖެ އެކީ އެކައްޗަކަށް ހަމަ ނިކުންނަންވީ! ގައުމު ބަނގުރޫޓްކޮށްލައިފި މިވެރިން!!
ބޯން އުޅުނު ބޮނޑި ބޮވިއްޖެ؟
ފޮނުވާލި ބޭރު ކައްޕިން ގެނޭ އަވަހައް
އިންޑިއާއަށް ވިއްކާލާ. އިންޑިއާ ޮައިލެޓުން ގެނޭ
މިވާންޗޯސަރުކާރަށް އިންޑިއާއަށް ގައުމުނުވިއްކާފަރުޖެހޭނެ އެއްވެސްގޮތެއްނޯންނާނެ! ޙުރިހާހަރުމުދަލަކަސްމަޑުމުދަލަކަސް އިންޑިއާއަށްނޫންބަޔަކަށް ނުވެސްދެވޭނެދޭވާހަކަވެސްނުދެއްކޭނެ ވިސްނާލައްވާށެވެ. މިހާތަނަށްމިއެއްގަލުންފެހިކާ"ދެރޮނޑު" އެކަތިއަނެކަތި ކަރުއަޅާލަންއުޅުނުކަމަށްދައްކާފަ މިހާރުވާހަކަ ފުރޮޅިގެންދިޔަގޮތާމެދު ރައިއްޔަތުންވިސްނާށެވެ. ލިބުނުއެއްޗެއް ބޯކޮށްލިބުނީމަ ހަރުފަދުލިބަދަލުކުރާހެން ބަސްމަގުބަދަލުވާގޮތާމެދު ހަމަހޭގަތިބޭމީހުންވިސްނާށެވެ.
މޫސާވަސީމު އިއްޔެވިދާޅުވީ މައްސަލައެއްނެތޭ މިހާރުކިހިނެއްމިވީ
މޯލޮޑިވިއަން ޕޭލެޓުންނަޢް މި ނުންވަރެއް ނުވޭ
ކެބިންކުރޫއިން ސިކުނުލަޑާތަ
މަނަސީބަކުން އޮފް
އިބްރާހިމް މުހައްމަދު ސޯލިހެވެ.ތިބޭފުޅާއަކީ ހިންގުންތެރިކަމެއްނެތް އެހެނަސް އޯގާޔެރި ވެރިއެކެވެ. މިވަގުތު މިގައުމު މިއޮތީ އޯގާތެރި ކަންއިސްކޮށްފިނަމަ އެންމެންރުއްސަމުން ގޮސް ތިމާ އަނގައިހުރި ދަތްތައް ދަތްޕިލާ ހަދާ ކުންފުނިތަކަށް ވިއްކާ ހިސާބުގައެވެ. ޙިންގުންތެރިއެއް ނަމަ ޕައިލެޓުން އެކަންޏެއް ނޫން، ސިޔާސީވެރިން، މަޖިލިސް ގަމާރުން، ފެށިގެން ހުރިހާ ބައެއްގެ މުސާރަ ކުޑަކޮށްލަންވީ އެވެ. މަޖިލިސް ސައިޒް ކުޑަ ކޮށްލަންވީ އެވެ. ސިޔާސީމަގާމުތައް އުވާލަންވީއެވެ މިތާކުލާރިއެއްނެތީސް ބުރިޖާއި އެެއަރޕޯޓު އަޅަނީ ކޮންކަމެއް ނުލިބިގެންތޯއެވެ. މަޖީދީމަގު ރަނުން ހެދިޔަސް 2023ގައި ތިބޭފުޅާއަށް ވެރިކަންކީއްކުރަންތޯ، ސިޔާސީ އިދާރާއަކުންވެސް ފުރުސަތު ލިބުމަކީ ހަނި ވިސްނުމުކެވެ.
ބަލަ މިމީހުނައް މިކަމެއް ނުވާނެ.. މެންޑޭޓުންބޭރުން ހަރަދުކުރާކުންފުނި ހުސް
ފައިދާއރެއް ނުވޭ ގެއްލުމުގަހިންގަނީ
ބޯޓުތައް ވަނީގިނަ ކާކުބަާ ހަދިޔާކުރަނީ
މޯލްޑިވިއަން ސޭްލްއަޅުވައިގެން ހިބަރުވަދު ދޫކޮށް ވައިގެމަގުން ބުރުތަޅާ.. މޯލަޑިވިއަން އެކަނި ވިއްކާނެކަމެއްނެތް މޯލްޑިވްސް ވެސް ދައުރުނިމެންވާއިރަށް ވިއްކާލާފަ ބަޗާނީ.
މަޖިލިސް މެމްބަރުންގެ މުސާރަ އަލުން ބޮޑު ކޮއްލާ.. ކީއްކުރާ ޕައިލެޓންތަކެއްތަ ދޯ
ގަމާރުކަލޭގެ ދައުރު ނިމޭއިެުގަ މުޅި ގައުމު އޮންނާނީ ވއިްކާ ހަލާސްކޮށްފަ އޭގެ ކުރިން ދިވެހިން ނިކުމެ މިކަލޭގެ ސައިޒް ކުރަން އެބަޖެހޭ. ނުކިޔަވާ ގައުމުގެ ހުންގާނާ ހިފީމަ ވާނެހާ ގޮތް މިވަނީ.
ތީ ބޭކާރު ތަނެއް! ޑޮމެސްޓޮކު ޓިކެޓު ގަނޑަށް ވެސް ގަންނަން ލިބެނީ ސޫތު ކުޅީގެ އަގަށް
ދުނިޔޭގެ އެންމެ ބޮޑު ސީޕުލޭން ޑިމާންޑު އޮތް ގައުމުގަވެސް މިއުޅެނީ ތާކުންތާކު ނުޖެހޭ ދެއުޅިއެއް ނެތް ސަރުކާރަކަައް ސީޕުލޭން ކުންފުނިވެސް ނުހިންގިގެން.
ތި ހުރިހާ ކަމެއްގެ ހައްލަކީ މަށައް ޑީ.އެފް.އޯ ކަން ދިނުން
ލޮލް
ޢޯއެމްޖީ
ޔޯ ބޯއިޒް ވަޓްޒް ހެޕަނިން . މަނޫޅެން ވައިބާ ގުރޫޕުގަ. ސޯ ނޭނގެ ވާނުވާ
ތެލެގްރާމް އެކަނި ދޯ ބޭނުން ކުރަނީ