ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ދިރިއުޅޭ ކުދިންނާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްދަލުކުރައްވައިފިއެވެ.

ފިޔަވަތީގައި ފާއިތުވި ތިން ދުވަސްމަތިން ހިނގާފައިވާ ހާދިސާއާއި ގުޅިގެން އެތަނަށް ޒިޔާރަތްކުރައްވައި، އެތަނުގައި ތިބޭ ކުދިންނާ މުވައްޒަފުންނާ މިއަދު ބައްދަލުކުރައްވައި އެކުދިންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ނައިބް ރައީސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޑރ.އައިޝަތު އަލީއާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އާއި މިނިސްޓަރ އޮފް ހޯމް އެފެއަރސް އައްޝައިޚް ޢިމްރާން ޢަބްދުﷲ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

‎ރައީސް އޮފީހުން ވިދާޅުވީ، ޖެންޑާ މިނިސްޓްރީގެ ޓީމަކުން މިކަމާގުޅޭ ގޮތުން ބައެއް މަސައްކަތްތައް މިހާރުވެސް ކުރަމުންދާ ކަމަށެވެ. އަދި އެ ކުދިންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ކުރަންޖެހޭ ހުރިިހާ ކަންކަން ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ކުރަމުންދާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކިޔުންތެރިއެއް

    މަތިއޮމާންކުރާ ސުޓަންޓް. ތި އޮތް ހޮރެއްގަ ދައުރު ނިމެންދެން މުސާރަ ހިއްޕަވާގެން އޮށްނަވާ.

  2. ގެރި

    ހާދަ އުމުރުން ބޮޑު ކުދިންނަކާ ތި ބައްދަލުކުރީ

    • އާލިމް

      ފިޔަވަތީގައި ވަޒީފާގައި އުޅޭ ކުދިންގެ ވާހަކައޭ މީ.