ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ "ފިޔަވަތި"ގެ މައްސަލަ ހައްލު ކުރެވޭނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ސަރުކާރަށް ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ދައުލަތުން ކުދިން ބަލަހައްޓަން ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތީގައި ތިބި ކުދިން މިދިޔަ ހުކުރު ދުވަހު ވަނީ އެތަނުގެ ފުރާޅަށް އަރާ އަޑުގަދަކޮށް ތަނަށް އެކިވަރުގެ ގެއްލުން ދީފައެވެ. އެފަދަ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުން ފިޔަވަޅެއް އަޅާފައި ނުވާތީ ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑު ކިޔައިފައެވެ.

ފިޔަވަތި މައްސަލަ ބޮޑުވެފައިވަނިކޮށް އާދަމް ޝަރީފް ކުރެއްވި ޓުވިޓެއްްގައި ވިދާޅުވީ، ފިޔަވަތީގެ މައްސަލަ ހައްލުވާނީ އެތަނުގައި ތިބި ކުދިންގެ ބޭނުންތަކާއި އިހުސާސްތައް ދެނެގަނެވިގެން ކަމަށާއި އެކުދިން މި ހާލަތަށް އައި ސަބަބު ދެނެގަނެވޭ ފަދަ އޯގާތެރި، އިހްލާސްތެރި ބަޔަކު ޖެންޑާ މިނިސްޓްރީގައި ތިބެގެން ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ، ފިޔަވަތީގެ މައްސަލަ ހައްލު ކުރެވޭނީ ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއްގައި ކަމަށެވެ.

ފިޔަވަތީގައި ހިނގާދިޔަ ހާދިސާއާއި ގުޅޭގޮތުން ޖެންޑަރ މިނިސްޓްރީން ބުނެފައިވަނީ އެތަނުގައި މިހާރު ހިނގަމުންދާ ކަންތައްތައް ހިނގަން މެދުވެރިވާ ސަބަބުތައް ހޯދާ އެކަންކަމާމެދު އާންމު ރައްޔިތުންގެ ކަންބޮޑުވުން އޮންނާނެކަން ގަބޫލު ކުރާ ކަމަށެވެ. ނަމަވެސް ހާދިސާގައި ހިމެނޭ ކުދިންގެ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމާއި މީހުން އެއްވެ ކުދީން ކުރާ ކަންކަން ބަލަން ތިބުމަކީ ކުދިން އިތުރަށް "ޓްރިގާ" ވާނެ ކަމެއް ކަަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފިޔަވަތީގައި ހިނގާދިޔަ ހާދިސާއާއި ގުޅިގެން ހުޅުމާލޭ ކައުންސިލަރު އިބްރާހިމް ޝުޖާއު އާއި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އެތަނަށް ޒިޔާރަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަބުދުﷲ

    ފިޔަވަތީގެ މައްސަލަ ހައްލުކުރެވޭނީ ޔާމީނު އަތުގަހުރި ދައުލަތުގެ ފައސާ ނަގާފަ ބައިތުލްމާލައް ލެވޭވަރުގެ ބަޔަކަށް....؟!!!!! އެކަމަކު އެފައިސާއިން މުސާރަ ލިބޭބަޔަކަށް އެކަން ކުރެވިދާނެބާ؟؟؟؟؟؟؟

    5
    2
  2. ޢަހޫ

    ޥަގުންނަށް ކުރެވޭނީ ވައްކަން.

    7
    1
  3. ރަބަރޭ

    ޕީޕީއެމް ސަރުކާރެއް އެބައޮތްތަ މިތާގައި، އާދަމް ސަރީފު ޔާމީނު ވެރިކަމުގައި ތިމާއަށްވީ ފައިދާއެގި ކޮސްނުގޮވާ މެންބަރު ކަމުން ތިޔަލިބޭ އެއްލައްކަ ވަރަކަށް ރުފިޔާއިން މިވަގުތައް ފުއްދާލާ

    4
    2
  4. އަލްޖިބްރާ

    ކަލެއަކީ ވަރަށް ލަދުހަޔާތް މަދުމީހެއް ! ކަލޭމެން ވެރިކަމުގައި ތިބިއިރު ތިޔަބުނާތަނެއް ނެތީތަ ؟

    8
    2
  5. މާބެ

    އެއްގޮތުން ނުވިއްޔާ އަނެއްގޮތުން ތަންތަން ފަސާދަކުރުމަށްފަހު މިބުނަނީ އެކަންތައް ހައްލުވާނީ ޕޕ ވެރިކަމެއްގަޔޯ. ހެހެ