ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ. ގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލު ކުރައްވައިފިއެވެ.

ނިއުޔޯކް ސިޓީގައި ހުންނަ އ.ދ. ގެ މައި މަރުކަޒުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ ޝާހިދު އ.ދ. ގެ 76 ވަނަ އާންމު މަޖިލިހުގެ ރައީސްކަމަށް ހޮވިވަޑައިގަތުމާ ގުޅިގެން މަރުހަބާ ވިދާޅުވެ، އެމަނިކުފާނުގެ އުންމީދީ ރިޔާސަތުގައިވާ "ފައިވް ރޭސް އޮފް ހޯޕް" ގެ ކަންކަން ހާސިލުކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާގެ ރައީސް ޝާހިދު އިއްޔެ ރަސްމީކޮށް ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

މިއީ އދ. ގެ ރައީސްގެ މަގާމު ދިވެއްސަކު އަދާކުރައްވާ ފުރަތަމަ ފަހަރެވެ. އަދި އދ. ގައި މިހާ ބޮޑު ޝަރަފެއް ދިވެއްސަކަށް ލިބުނު ފުރަތަމަ ފަހަރު ވެސްމެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާ އަށް މި ފަހަރު ވަޑައިގަތުމުން ރަސްމީކޮށް މަރުހަބާ ދެންނެވީ ވެސް އދ. ގެ ރައީސްގެ ހައިސިއްޔަތުން ޝާހިދެވެ.

ޝާހިދު، ރައީސްއާ އެކު ބޭއްވި ބައްދަލުވުމުގައި ވަނީ 2022 ވަނަ އަހަރުގެ ޑިސެންބަރުގެ ނިޔަލަށް މުޅި ދުނިޔޭގެ އާބާދީއަށް ކޮވިޑް-19 އިން ދިފާޢުވުމަށް ވެކްސިން ޖަހައި ނިންމުމަށް އަމާޒުހިފާފައިވާކަމަށާއި، ތިމާވެއްޓަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ފިޔަވަޅު އެޅުމަށް އިސްކަންދެއްވާނެކަމުގައި ވިދާޅުވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާގެ ރައީސް ޝާހިދު. --- ރައީސް އޮފީސް

އަދި، އ.ދ.ގެ އާންމު މަޖިލީހުގެ ރައީސް ވަނީ އެމަނިކުފާނު އެ މަގާމަށް ކުރިމަތިލުމާ ހަމައިން ފެށިގެންވެސް އެމަނިކުފާނަށް ކުރެއްވި އިތުބާރާއި ދެއްވި އެއްބާރުލެއްވުމަށްޓަކައި ރައީސް އަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

އަދި، ދިވެހި ދަރިޔަކަށްވެ އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުންނެވުމަށް ފުރުޞަތު ލިބުމަކީ އެމަނިކުފާނަށް ލިބުނު ޝަރަފެއްކަމަށާއި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވަނީ ބޭރު ޤައުމުތަކާއެކު މިހާރު އޮންނަ ގުޅުންތައް ދެމެހެއްޓުމާއެކު އާ ގުޅުންތައް ގާއިމް ކުރުމަށް ކަމުގައި ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވިގޮތުގައި އ.ދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމު އެމަނިކުފާނަށް ކާމިޔާބުކުރެއްވުމުން ރަމްޒުކޮށްދެނީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބަލައިގަނެފައިވާކަމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާގެ ރައީސް ޝާހިދު އިއްޔެ ރަސްމީކޮށް ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް ވަނީ ޝާހިދު ރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމުގައި ހޯއްދަވާފައިވާ ކާމިޔާބީ ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ. އަދި، ޢަބްދުﷲ ޝާހިދު ވަނީ މި ކާމިޔާބީގެ ފަހަތުގައި ރާއްޖޭގެ ޚާރިޖިއްޔާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ޤާބިލްކަމާއި ފަންނުވެރިކަން މުހިންމު ދައުރެއް އަދާކުރާކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވެސް ވަނީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަނެ އިގްތިސާދީ އަދި އިޖްތިމާއީ ޙާލަތު ރަނގަޅުކުރުމުގައި ބޭނުންވާ ފަރާތްތަކަށް ހަމަހަމަކަމާއެކު ވެކްސިން ލިބޭނެ މަގު ތަނަވަސްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާގެ ރައީސް ޝާހިދު. --- ފޮޓޯ: ރައީސް އޮފީސް

ޝާހިދު ވަނީ މިންތީގެ ހަމަހަމަކަމަކީ އެމަނިކުފާނުގެ ރިޔާސަތުގައި އިސްކަންދެއްވާނެ ދާއިރާއެއްކަން ފާހަގަކުރައްވައި، ރާއްޖޭގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙް ނަންގަވާފައިވާ މުހިންމު ފިޔަވަޅުތަކާގުޅޭ ގޮތުން ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން ރާއްޖޭގެ ސަފީރުންގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުންކަން އަބްދުﷲ ޝާހިދު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް ވަނީ އ.ދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ދަޢުވަތުދެއްވާފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ހ

  ތިޔަ ވުރެ ޖޯކެއް ނޯންނާނެ ޝާހިދު ރާއްޖެއަށް އައުމަށް ދައުވަތު ދިނުން

  37
  1
 2. ދޯދި

  އ.ދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ދަޢުވަތުދެއްވާފައެވެ... ހަރަދު ދިވެހި ސަރުކާރުން ދޯ؟

  25
  1
 3. މަލޫ

  ދެން ދެބޭފުޅުން އަނެއްކާވެސް ފައްޅިޔަކައް ދިޔާމަ ހުންނާނީ ރަނގަޅައް

  29
  1
 4. އައްބެ

  އދ. ގެ ރައީސް ޢަބްދުﷲ ޝާހިދު ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގަޔާއި ބައްދަލުވުންތަކުގައި އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ ފޮރިންގ މިނިސްޓަރު ޢަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގަތުމަކީ އާދަޔާ ޚިލާފު އިއްތިފާޤެއް.

  27
 5. ކުޑަހުވަދޫކަލޯ

  ބަލަ އެއްވަކީ މިި ރާއްޖޭގެ ފޮރިން މިނިސްޓަރެންނު ؟؟؟ ދެން ކިޔޔެއްކުރަން އެއްވަށް ދަޢުވަތު ދެނީ އެއޯމިތަނު ނެތީ ކިޔެއްވެ ؟؟؟؟؟ އަޅެ ހޭބައްޔެއްނުވާޅެތަ ؟

  26
 6. ސަމާ

  މިއާރޓިކަލް ކިޔާލުމުން ހީވަނީ އދގެ ރައީސަކީ ޝާހިދުހެން، އަދި ބައެއްތަންތަނުގައި ލިޔެފައި އޮތްގޮތުން ހީޥޭ އާއްމު މަޖިލިހުގެ ރައީސްހެންވެސް.
  މިދެމާގަމުވެސް ފުރުއްވަނީ ޝާހިދުތޯ ؟

  24
  • ޕްރިޕެއިޑްވިލާ

   ދޭއް ނޫން ތިން މަގާމު ރާއްޖޭގެ ޙާރިޖީ ވަޒީރުކަންވެސް..އދގަ ތާރީޙުގަވެސް މިވަރުގެ މަގާމުތަކެ އެކަކަށްދިންކަމެ އެގެން އެބައޮތްތަ..

   12
 7. އެވާހަކަ

  އެމަނިކުފާނަށް އދގެ ތިމަގާމު ހޯދުމަށް ދިވެ ހިދައުލަތުގެ ޙަޒާނާ ކަ ހާލިވާ ހަކަ ނުދައްކާދޯ..ރއިބުރާ ހިމު ދައުވަތުދީފި އިބުރާ ހިމު މު ހައްމަދު ސޯލި ހު އދގަ ތަގުރީރުކޮށް ނިންމާފަ ދިވެ ހިރާއްޖެއަށް ޒިޔާރަތްކޮއްލަން...މިއީތަ ރައީސް އޮފީ ހުން ފައިސާދީގެން ޕްރޮމޯޓުކުރަން އުޅޭ ޕްރޮފެސަރު މމޕރސ ކަޅުދަބަސް...ޗީޗީ ނޫސްވެރިންވެސް ތަންކޮޅެ އަމިއްލަ ނަފުސުގެ އަގު ހިފައް ހައްޓަބަލަ މިފެންވަރަށް ނުވެއްޓި...ދިވެ ހިންގެ ދިޔަފެލައިގެން އަލްޗަޕޯ ފޭމަސްނުކޮއްބަލަ..

 8. ލލ

  ޝާހިދު ފޮރިން މިނިސްޓާރ ކަމުން ވަކިކޮށްފަ އެމަޤާމަށް މީހަކު އައްޔަން ކޮށްބަލަ !

  20
 9. ޯބޯޖަލީލު

  ފައްޅިޔަށް ދާން ދައުވަތުދިންނަމަ ސާހިދު މާއުފާވީސް

  17
 10. އައްޑޫ މީހާ

  ހަހަ މިއީ ޖޯކަކަށްވުރެންވެސް މާބޮޑު އެއްޗެއް މިޔަށްކިޔާނެ ނަމެއް ހޯދަންޖެހޭ! އެސޮރު ދިވެހިރާއްޖެ ލޮލުންވެސް ދުވަހަކުވެސް ނުދެކޭ! އެހެންވެ ރާއްޖޭގެ ރީތި ގޮނޑުދޮއްތައް ބަލާލަން ރާއްޖެ ވަޑައިގަތުމަށް ދައުވަތު އެރުވީ ! މަގޭ ހިތައްއަރާ ތިޔަ އިބްރާހިމާ ހުންނަނީ ހަމަހޭގަބައޭ! ދެން ދައުވަތެއް ދެވިއްޖެތާ!