ފަލަސްތީނަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރަން ބައިނަލް އަގްވާމީ ދައުލަތްތަކުގެ ޖަމިއްޔާ ކަމުގައިވާ އދ. ހިންގަމުންދާ ނިޒާމަށް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވިއިރު ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެގެން ދައުލަތްތަކަށް ގެއްލެނީ ކޮން އެއްޗެއްތޯ ސުވާލު އުފައްދަވައި ފަލަސްތީނު ބަލައިގަންނަން ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލައްވާފައެވެ. އދ. ގައި އޮންމެ އަހަރަކު ރާއްޖޭގެ ފަރާތުން ފަލަސްތީންގެ މިނިވަންކަމަށް ވަކާލާތު ކުރައްވައެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފަލަސްތީނުގެ ވާހަކައަކީ ކޮންމެ އަހަރަކު އެއް ފަހަރު އދ. ގައި އޮންނަ "ފާތިހާ" އެއް ކަމަށެވެ. މި ފާތިހާ ކިޔަވާތާ 76 އަހަރު ވެގެން ގޮސްފައިވާ ކަން ޝަހީމް ފާހަގަ ކުރެއްވިއެވެ.

"ފަލަސްތީނު މިނިވަން ކުރެވޭނީ އިސްލާމީ އުއްމަތުގައި، އިސްލާމް ދީން ދެކެ ލޯބިވާ، އިސްލާމީ އުއްމަތުގެ މަސްލަހަތަށްޓަކައި މަސައްކަތް ކުރާ ވަރުގަދަ ޒައާމަތެއް އުފެދިގެން،" ޝަހީމް ލިޔުއްވާފައިވެއެވެ.

ޝަހީމް ވިދާޅުވީ އދ. އުފެދުނު ފަހުން މިހާތަނަށް އައި އިރު ފަލަސްތީނުގެ އެތައް ހައްގެއް ގެއްލިފައިވާ ކަމަށެވެ. އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފަމުން ފުޅާކުރަމުންދާއިރު އދ. އަށް އިސްރާއީލް ހުއްޓުވަން މިވީހާތަނަށް ކުރެވުނު ކަމެއް ނެތް ކަމަށް ޝަހީމް ވިދާޅުވިއެވެ.

"އދ. އިސްލާހު ކުރަން ޖެހޭ، އދ. ގެ ނިޒާމަށް ވެސް ބޮޑު ބަދަލެއް އަންނަން ޖެހޭ،" ޝަހީމް ލިޔުއްވާފައިވެއެވެ.

އިސްރާއީލާއި ފަލަސްތީނާ ދެމެދުގައި ޒަމާނުއްސުރެ އުފެދިފައިވާ ހަމަނުޖެހުން މިއަދާ ހަމައަށް ވެސް އޮތް އިރު، އިސްރާއީލުން ދަނީ ފަލަސްތީން ރައްޔިތުންނާ މެދުގައި ލާއިންސާނީ އެތައް އަމަލުތަކެއް ހިންގަމުންނެވެ. އިސްރާއީލްގެ ހަމައެކަނި ބޭނުމަކީ ފަލަސްތީނުގެ ބިންތައް ފޭރި ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށް ނިކަމެތި ކުރުމެވެ.

އިސްރާއީލް ސިފައިންގެ އަނިޔާވެރި ވަކިތަކުގެ ދަށުވެ ކޮންމެ އަހަރަކު ވެސް ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުވެއެވެ. ދާދި ފަހުން ވެސް އިސްރާއީލާއި ފަލަސްތީނާ ދެމެދުގައި ބޮޑު ހަމަނުޖެހުންތަކެއް ހިނގައި ފަލަސްތީނުގެ 200 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލިއެވެ. އަދި ފަލަސްތީނު ރައްޔިތުންގެ ތެރެއިން އެތައް ލައްކަ ބައެއްގެ ގެދޮރު ވަނީ ސުންނާފަތި ކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޟ

  ފަސްއަހަރުގެ ދައުރެތް ނިމިދިޔައިރު އަނގަވެސް ހުޅުވާލާކައް ނުކެރުނު ހައްޕުބޯ

  1
  2
 2. Anonymous

  އދ އެއީ ކޮން ޖަމާއަތެއް؟ އެއީ ދެވަނަ ބޮޑުހަނގުރާމައަށްފަހު އުފެއްދި އިޒްރޭލުކިޔާ ގައުމެއް ދުނިޔޭގެ ވެރިކަމަށް ގެނެވެންދެން އެގައުމު ހިމާޔަތްކޮށް، އެގައުމަށް އާރާ ބާރުވެރިކަން ހޯދައިދިނުމަށް އުފެއްދި ޒައިނިސްޓް އޮގަނައިޒޭޝަނެއް. އެތަނުގެ ގޮފިތައް ފަތުރަނީ އެތިޒަމް، އެތަނުގެ ގޮތްޕެއް އައިއެމްއެފްއާއި ވޯލްޑް ބޭންކަކީ. އިގްތިސާދީ އަޅުވެތިކަމެއް މިހާރު ދުނިޔެ މި ތަހައްމަލްކުރަނީ. ނިއުކްލިއަރ ހަތިޔަރާއި ހަނގުރާމައިގެ ހަތިޔާރު އުފެއްދެނީ ވަކި ގައުމުތަކަކަށް. އެހެން މީހުންގެ ރައްކާތެރިކަމެއް ނެތް. މިނުލަފާ އޮގަނައިޒޭޝަނުގެ އަޅުވެތިކަމުގައި ދުނިޔެ މިއޮތީ އަނިޔާވެރިންގެ އަތްދަށުވެފައި. އެމެރިކާ އިނގިރޭސިން، ފަރަންސޭސިން، އިޒުރޭލުން ހިތައް އެރިވަރަކަށް ހަތިޔާރު އުފައްދާ ވިއްކާ ހިތައްއެރި ތަނެއް އަޅުވެރިކުރަންވީ. މުސްލިމުންނަށް މިއިން އެއްވެސް ކަމެއް ނުކުރެވޭ. މުސްލިމުންގެ އަތުގަ ހަތިޔާރު ހުރެއްޖެނަމަ މުޅި ދުނިޔެއަށް ނުރައްކަލެކޯ. ދެން އިންސާނުންގެ ބުއްދިން މިނުލަފާ ޝައިޠާނުންގެ މިކަރުވެރިކަން ދެނެގަންނަންވެއްޖެނު. މިހާރު 73 އަހަރު ވެގެން ދިޔައީވިއްޔާ.

  1
  1
 3. Anonymous

  ލޮލުކޮޅަށް ފެންނަމުން މިދާ 3 ވަނަ ބޮޑުހަނގުރާމަ ނުވަތަ ނިއުކްލިއަރ ހަނގުރާމައަށްފަހު ތިޔަ ޔޫއެންއެއް ނޯންނާނެ. ތި ފޮނިބޮޑު ޔޫރަޕެއް އެމެރިކާއެއް ދުނިޔޭގެ މައްޗަށް އަނިޔާވެރިވުމަކަށް ތި ބާރުވެރިކަމުގައި ނޯންނާނެ. މަދު ދުވަސްކޮޅަކަށް، ހަދީޘްގައިވާ ގޮތަށް، 7 މަސް ނުވަތަ 7 އަހަރަށް އިޒްރޭލު ދުނިޔެގެ މައްޗަށް ބާރު ހިންގާނެ. އޭގެފަހުގަ އިންޝާ ﷲ އީސާ ޢަލައިހި ސަލާމް ވަޑައިގަންނަވާނެ. ޔަހޫދީން އެކީ ނެތިދާނެ ހިސާބު މިއީ. ދެން ދުނިޔެދެކޭނީ އާމްނަކަމާއި އެކުވެރިކަން.

  • ޢަހުމަދުވަގާރު

   ސަޅި.ހައްހައް

 4. އަބުދުﷲ

  ޔޫ އެން އިސްލާހު ކުރާވާހަކަ އަށްވުރެ މުސްލިމުންނަށް މާ މުހިއްމު ސައޫދީ އަރަބިޔާ އިސްލާހުކުރަންޖެހޭ ވާހަކަދެއްކުން . މުސާރައެއް ލިބޭތީ އެވާހަކަ ނުދެއްކުމަކީ އިސްލާމީ އުއްމަތައް ވެވޭ ޚިޔާނާތެއް.

 5. ރައުޔު

  ތިބޭފުޅާ އަލިފުދާލުގެ ރައީސަކަށް ކުރިމަތި ނުލީ ކީއްވެ؟

 6. ރީދޫ ތިލަފަތް

  ޝާޑްގެ އެއީ މި ދައުރުގެ ރައީސް.. އޭނާ ތިމައްސަލަ ހައްލުކޮށް އަދުލުވެރި ކަމާއި އެކު ފަލަސްތީނުގެ މިނިވަން ދައުލަތް ގާއިމުކުރުމުގަ އެހީވާނެ..އޭނާ އެއީ އިންސާފުގެ ތިލަފަތް..

 7. އަބުދުﷲ

  ޔނ އަކީ އިސްލާހުނުވެ ނިމޭނެތަނެއް!!!!! އެވާހަކަ ނުދައްކާ ސައޫދީ އަރަބިޔާ އިސްލާހުވޭތޯބަލާ. މުސާރަގެއްލިދާނެތީ އެމީހުންނައް ސަނާ ކިޔުމުގަ ދެމިނުހުރެ.

  1
  1