ތިލަފުށި ކައިރިން ދިޔަވަން ފެށި ސަފާރީގައި ތިބި މީހުންގެ ތެރެއިން ހަމީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފިއެވެ.

ދިޔަވި ސަފާރީ ވަނީ މިހާރު އަޑިއަށް ގޮސްފައެވެ.

ސާފާރީއަށް ދިޔަވާން ފެށިއިރު އޭގައި ތިބީ 17 މީހުންނެވެ. އެއީ 11 ފަތުރުވެރިންނާއި ހަފަޅުވެރިންނެވެ. ސަފާރީން ދަތުރުކުރި އެންމެން ވެސް މިހާރު ވަނީ މާލެ ގެނެސްފައެވެ.

ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން އެކެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް "ވަގުތު" އަށް މައުލޫމާތު ލިބެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ "ހޭންޑީ ގްރޫޒާ" ނަމަކަށް ކިޔާ ސަފާރީއެއް ތިލަފުށީ ހުޅަނގު ދެކުނުން ހަތަރު މޭލު ބޭރުން ދިޔަވަމުން ދާތީ އެމްއެންޑީއެފް އަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެރިޕޯޓާއި ގުޅިގެން ކޯސްޓްގާޑްގެ ސިފައިން ހަރަކާތްތެރިވަމުން ދާކަމަށް އެމްއެންޑީއެފް އިން އިން ވިދާޅުވިއެވެ. މިހާދިސާގެ ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 08:39 ގައެވެ.