ރާއްޖެއިން ދުވަހަކުވެސް ނުފެންނަ ވައްތަރުގެ އާ މަހެއް ފެނިއްޖެއެވެ.

އެޕޮގޮނެޑައި އާއިލާއަށް ނިސްބަތްވާ ސާކޭމިޔާ ބާވަތުގެ އާ މަހެއް ހޯދާފައި ވަނީ ސިކްސް ސެންސެސް ލާމު ރިސޯޓުންނެވެ. މި މަސް ދުނިޔެއިން ހަމައެކަނި ފެނިފައި ވަނީ ރާއްޖެއިންނާއި ޗޭގޮސް އާކިޕެލަގޯ އިންނެވެ.

އަލަށް ހޯދުނު މި މަހުގެ ބޮޑުމިނުގައި ހުންނަނީ 2.4 ސެންޓިމީޓަރެވެ. މި އާއިލާގެ މަސްތައް އާންމުކޮށް ފެންނަނީ ރޭގަނޑުގެ ވަގުތުގައެވެ. މި މަސްތައް ގިނައިން ފެންނާނީ އެކަނި އުޅޭ ތަނެވެ. ސްނޯކްލިން އަށް ދާ މީހުންނަށް މިފަދަ މަސްތައް ފެންނާނީ ވަރަށް މަދުންނެވެ.

ރާއްޖެއިން މި މަސް ހޯދުނުކަން ހާމަކުރީ މޯލްޑިވްސް ރެޒިލިއެންޓް ލާމު އިންސްޓަގްރާމް ޕޭޖުންނެވެ. މި ޕޭޖުގައި ރާއްޖޭގައި ކަނޑުތަކާއި ފަރުން ފެންނަ މިފަދަ މަސްތަކާއި ބެހޭ ގިނަ މައުލޫމާތުތައް ހިއްސާ ކުރެއެވެ.

ކަނޑުތަކުގެ ދިރުންތައް ރައްކާތެރިކުރުމަށާއި ކަނޑުތަކުގެ ދިރުންތަކާ ބެހޭގޮތުން މީހުން ހޭލުންތެރިކުރުމަށް ގިނަ މައުލޫމާތު މި ޕޭޖުގައި ހިއްސާކުރާކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކަރައެއްފަޅާލީއޭނުބުނާތި!

    ތީތި ވަރަށް ގިނައިން ފެނޭ.. އެކަމް އާ ވައްތަރެއްގެ މަހެއްކަން ނޭނގޭތީ ރިޕޯޓްނުކުރަނީ..

    23
  2. މުހައްމަދު

    އަވަހައް ހިމާޔަތަށް ގޮވާ

    14
  3. އިބްރާހީމް

    ތިއީ ބޯދީގެ ވައްތަރެއް. އާ އެއްޗެއް ނޫން. މިރާއްޖޭގެ ބައެއް މީހުންނަށް މިހާރު " ހ ، ށ" ވެސް އާވާނެ.

    26
  4. ކުރުބެ23ެ2

    ހާފިޒުގެ ނަމުން ނަންދީ އަވަހަށް

    6
    3
  5. ރައްޔިތު މީހާ

    ޥަރަށްގިނައިން ފެންނަ މަހެއް

  6. Anonymous

    ދިވެހި އާނަމެއް ހަދާފަ ކިޔާ އަވަހައް.

  7. ާނަރޫޓޯ

    ތިމަހަށް ކިޔަންރަނގަޅުވާނީ ދިވެހި ނަމެއް.ދިވެހި ވަންތަ ނަމެއް.އެގޮތުން ކަރާ އައްޔަ.މިނަން ރަނގަޅުވާނެ ކަމަށް އުންމީދު ކުރަން

  8. ޢހ

    ކިނބުވަގު މަސް

  9. އަހުމަދު

    މީގެ 30؛އަހަރު ކުރިން ކުަޑަމާލެ ގޮނޑުދޮށުން ދާގަނޑު ޖަހާފަވެސް ހިފިން ތީގެ މަސް.