ދިވެހިރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ ކަމަށްވާ އެފްޕީއައިޑީގެ މައްސަލަ ނުބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފިއެވެ.

ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި 1990 ގެ އަހަރުތަކުގައި ހިންގި ބޮޑު ކޮރަޕްޝަންގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައި މަސް ތެރޭގައެވެ.

މައްސަލަ ހުށަހެޅިތާ އަހަރެއްފަހުން މައްސަލަ ހުށަހެޅި ފަރާތަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގާފައިވަނީ އެ މައްސަލަ ނުބެލުމަށް ނިންމާފައިވާ ކަމަށެވެ.

އޭސީސީ އިން ބުނެފައިވަނީ އެފްޕީއައިޑީ ކޮރަޕްޝަން މައްސަލަ ހިނގާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު ވުޖޫދު ވުމުގެ ކުރީގައި ކަމަށްވާތީ، އެ މައްސަލަ ބެލުމުގެ އިހުތިސާސް އެންޓިކޮރަޕްޝަން ކޮމިޝަނަށް ލިބިފައި ނުވާތީ އެ މައްސަލަ ތަހުގީގު ނުކުރަމަށް ނިންމާފައިވާ ކަމަށެވެ.

އެ މައްސަލާގައި 380 މިލިއަން ޑޮލަރަށް ވަނީ ހިޔާނާތްތެރިވެފައެވެ.

މައްސަލަ ހުށަހެޅި ފަރާތުން އޭސީސީއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެފްޕީއައިޑީ ހިޔާނާތުގައި ރައްޔިތުންގެ ފައިސާއިން ޖުމްލަ 380 މިލިއަން ޑޮލަރުގެ ފައިސާއަށް ވަނީ ހިޔާނާތްތެރިވެފައި ކަމަށެވެ. މި ހިޔާނާތުގެ މައްސަލަ ކުރިން ރައްޔިތުންގެ މަޖިލީހުން ވެސް ބަލާފައިވާއިރު ފާއިތުވި ސަރުކާރުން ރިޔާސީ ކޮމިޝަނެއް ހަދައިގެން ބަލާފައިވެއެވެ. ނަމަވެސް ވެރިކަން ބަދަލުވިއިރު ތަހުގީގު ނިމިފައި ނުވާއިރު މިހާރު އެ މައްސަލަ ބެލުން ވަނީ ހުއްޓިފައެވެ.

މި މައްސަލާގައި އެކުލެވޭ ޖުމްލަ ފައިސާގެ އަދަދަކީ 380 މިލިއަން ޑޮލަރަށް ވިޔަސް، މިއަދުގެ ފައިސާ އިން އަގު ކުރާނަމަ އެއީ ގާތްގަނޑަކަށް އެއްބިލިއަން ޑޮލަރު (15 ބިލިއަން ރުފިޔާ) ކަން ވެސް މައްސަލަ ހުށަހެޅި ފަރާތުން ފާހަގަ ކޮށްފައި ވެއެވެ.

"މި ހިޔާނާތުން ނާޖާއިޒު ގޮތުގައި މުއްސަނދިވި ފަރާތްތައް މިއަދުވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވަމުން ދާއިރު، މިއީ މިފަދަ އެހެން ކޮރަޕްޝަންގެ އަމަލު ހިންގުމަށްވެސް ލިބޭނެ ހިތްވަރެއްކަމަށް ބެލެވެއެވެ،" މައްސަލަ ހުށަހެޅި ފަރާތުގެ ސިޓީގައި ބުނެފައި ވެއެވެ.

އެ މައްސަލައިގެ މައުލޫމާތު އެނގޭނެ ފަރާތްތަކުގެ ގޮތުގައި ހިމަނާފައިވަނީ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އާއި ކުރީގެ ހޯމް މިނިސްޓަރު އަހްމަދު އަޒްލީންއެވެ. ޝަރީފް އަކީ އެ މައްސަލަ ހިނގާދިޔައިރު ރައްޔިތުންގެ މަޖިލީހުން އެ މައްސަލަ ތަހުގީގު ކުރެއްވުމުގައި އިސްކޮށް ހުންނެވި ބޭފުޅެކެވެ. އަދި އަޒްލީން އަކީ ރައީސް ޔާމީންގެ ސަރުކާރުގައި އެ މައްސަލަ ތަހުގީގު ކުރި ރިޔާސީ ކޮމިޝަނުގެ މެމްބަރެކެވެ.

އެފްޕީއައިޑީގެ ހިޔާނާތުގެ ފައިސާ އިން މަންފާވި ފަސް ފަރާތެއް މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކޮށްފައިވެއެވެ. އެއީ އެކަމުގައި އެންމެ އިސްކޮށް އުޅުނު ދެފަރާތް ކަމުގައިވާ އަބްދުއް ސައްތާރު (ސަޓޯ) އާއި ކުރީގެ މިނިސްޓަރު އިލްޔާސް އިބްރާހިމްއެވެ. އަދި ސަޓޯގެ ކުރީގެ އަނބިކަނބަލުން ދިފާއީ ވަޒީރު މާރިޔާ އަހްމަދު ދީދީ އާއި އެ ދެމީހުންގެ ދަރިފުޅު އައްފާން ސައްތާރާއި، އަބްދުއް ސައްތާރުގެ ކޮއްކޮ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވެސް ވަނީ އެ ފައިސާ އިން މަންފާ ލިބުނު ފަރާތްތަކުގެ ގޮތުގައި ތުހުމަތުކޮށްފައެވެ.

މައުމޫނުގެ ވެރިކަމުގައި އެފްޕީއައިޑީގެ މައްސަލަ ތަހްގީގު ކުރި ނަމަވެސް އެމައްސަލައިގައި ހިމެނޭ އެއްވެސް ފައިސާއެއް އަނބުރާ ދައުލަތައް ނަގާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަހުމަދު

    ވައި. ޢެވެސް ރައްޔިތުންގެ ފައިސާ. އެ ފައިސާއިން ކިޔަވާއިގެން އެބޭނުން ކުރި ބަޔަކު ސަރުކާރުގަ ތިބީމަ ނުބަލަނީ ތޯ.

  2. Anonymous

    ހަމައެކަނި އެފްޕީއައިޑީގެ ކޮރަޕްޝަންގެވާހަކައިން ނުނިންމޭނެ ނޫންތޯ،؟؟ ރ.މައުމޫނު ދައުރުގަ އެއަރ މޯލްޑިވްސް ކޮމްޕެނީގެ ކޮރަޕްޝަންވެސް ރައްޔިތުން ހަނދާންނުނެތޭ، ކޮންމެ ސަރުކާރެއްގަވެސް ރައްޔިތުން ބަނޑައްޖައްސާފަ ރައްޔިތުންގެ ބެއިތުލްމާލުން ވަކިބަޔަކު ފެންވަރާލަނީ، މިފަދަ ޚިޔާޔާނާތްތެރިންނަށް ޝަރީއަތެއް ހިންގަންބޭނުންވާ ސަރުކާރެއް ނުވަތަ ފަނޑިޔާރުގެއެއް މިދުނިޔޭގައި ނެތަސް ދެމިއޮތުމުގެ އާލަމުގައި އިންސާފު އަރާ ހަމަކުރައްވާނެކަން ޝައްކެއްވެސް ނެތެވެ.

  3. Anonymous

    މިސަރުކާރުގެ އޭސީސީން ރ.މައުމޫނު ދައުރުގައި ހިންގާފައިވާ އެފްޕީއައިޑީ 380 މިލިއަން ޑޮލަރުގެ ހިޔާނާތްފަދަ އަދިވެސްހުރި އިތުރު ބޮޑެތި އެތައް ކޮރަޕްޝަންތައް ނުބަލަން ނިންމުމަކީ އެއްވެސް ރައްޔިތަކު ހައިރާންވާންޖެހޭ ކަމެއްނޫން، އެއީ ރ.މައުމޫނާއި އޭނަގެ އާއިލާއަށް މިސަރުކާރުވަނީ ދަރާފައި މިސަތުކާރުގެންނަން މައުމޫނު އާއިލާ ބޮޑެތި ޚަރަދުތަކާއި މަސައްކަތް ކޮށްފައިވާތީ، ތިޔަ 380 މިލިޔަން ޑޮލަރގެ ޚިޔާނާތަކީ ރ.މައުމޫނު ދައުރުގަ މައުމޫނުއަޑީގައިހުރެ ޅިޔަނު އލްޔާސު އިބުރާހީމް ލައްވާހިންގުވި ޚިޔާނާތުގެ ޖަރީމާއެއް މުޅި އެ އާއިލާއަށް ނާޖާއިޒު ފައިދާނަގާފައިވަނީ، އިލްޔާސް އިބްރާހީމް އެ ފައިސާފުނިތައް ސުވިޒް ލޭންޑްގެ ބޭންކަށްވެސް ޖަމާކުރިކަމަށް ރައްޔިތުން އަބަދުވެސް ދައްކާވާހަކައެއް.

  4. Anonymous

    އޭސީސީ އިން ތިޔަ ބުނާ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު ވުޖޫދު ވުމުގެ ކުރިން ރ.އިބްރާހިމް- ނާސިރުގެ ވެރިކަމުގަވެސް ރަށު އޮފީހު ބަޖެޓުން 10ލާރި މަދުވެގެން ބަޖެޓްބަލަހައްޓާމީހާގެ ބޮލުގަ ޚިޔާނާތުގެ ޒިންމާއެޅި ތަހުގީގުކޮށް ޙުކުމްކޮށްފައިވޭ، ރ.މައުމޫނު ދައުރުގަ އަތޮޅެއްގަހުރި ސަރުކާރު ފާމަސީ އޮޑިޓް ކުރިއިރެއްގަ އެންމެ 5ރުފިޔާ އިތުރުވި ކަމަށްޓަކާ ފާމަސިސްޓް ހިންގި ކޮރަޕްޝަނެއްކަމަށް ބަލައި ޚިޔާނާތުގެ ގޮޅިއަށް ފައްތާފަ ހުކުމްކޮފަ އަރުވާލީ، އޯކޭ މިހާރުގެ ސަރުކާރުގެ ޖުޑިޝަރީން މަންޒަރު ދައްކާގޮތުން އިނގޭ އެއްޗަކީ ކޮރަޕްޝަން މަނާކުރާގާނޫނު އުފެދުނުފަހުން މިގައުމުގައި އަދި އުފަންވެފައިވަނީ ރ.ޔާމީންގެ މަނީލޮންޑަރ ކޮރަޕްޝަން އެކަނިކަން ވީމަ އެޝަރީއަތް ޒީރޯޓޮލަރެންސްގަ ކުރިޔަށް އެބަދޭ ދޮތެ؟؟😀 ސާފު ސީދާގޮތަށް ސަދޫމުގެ ވެރިކަމާއި ސަދޫމުގެ ޝަރީއަށް، ﷲގެ އިރާދަފުޅުން މިސަރުކާރު އަތްދަށުން މިގައުމާއި ރައްުިޔިތުން އަވަސްގޮތެއްގާ ސަލާމަށްކުރައްވާށި އާމީން.

  5. ކާފަބޭ2020

    ސަދޫމުއިންސާފު! ރާއްޖޭގެބޮޑުކެކުރިކުޑަކެކުރިއިންސާފް ތަފާތަކީކޮބާ؟؟؟😆😆😆😆😆😆😆😆😆😆😆😆😆😆☹☹☹☹☹☹☹😆😆😆😆😆

  6. ށ

    ސަޅި މިވަރަށް ދެން ތެދުވެރިވާނީ...އެ ރިޕޯޓްވެސް މިހާރު ވީތަނެއް ނޭނގޭ....

  7. ނަސީ

    ބޮނޑު ޖޯކެެއްތަ ސަޓޯމެން އެލާތިން ރިސޯޓް ހަދައިގެން އުގަލުގައި ރައްއިތުން ހަމަ އެއްހާލެއްގައި ، ހަމަސަޓޯ ބުރަނަސަތް ކަތުން ހޯދަފައިވާ ލާރިންތޯ ސުވާލުކޮއްލަބަލަ

  8. Anonymous

    އޭސީސީގެ ތިޔަ ނިންމެވުމުން އެނގިގެންދިޔައީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު ވުޖޫދު ވުމުގެ ފަހުން މިގައުމުގައި އުފަންވެފައިވާހައިވެސް ކޮރަޕްޝަން ކޭސްއަކީ ރ.ޔާމީންގެ މަނީލޮންޑަރ ކޭސްކަން އެހެންވީމަ އެ ކޯޓްކޭސް ޒީރޒޮޓޮލެރެންސްގަ މެކްހަށްޖަހާއިގެން ކުރިއަށް އެގެންދަނީ އަދި އެ ގާނޫނު ވުޖޫދުވުމުގެ ކުރިން ހިންގާފައިވާހާ ޚިޔާނާތުގެ ޖަރީމާތައް ވަޔަށް ދޫކޮށްލާފަ އަޅާނުލާ ތިބެންވީއޭ، ޔާރައްބީ ޙަބީބީ!!، އެއްވެސް ގައުމެއްގައި މިވަރު ދެރަވަރު ހަރުދަނާކަމެއްނެތް ސަދޫމު އަދުލު އިންސާފުގެ މުވައްސަސާއެއް އުފައްދާފައިވާކަމެއް އެގިފައެއް ނުވޭ، އެހެންތާވާނީވެސް ސަރުލާރުގެ އެންމެ ދަށުންގޮސް އެއްމެ މަތީލެވެލްއާއި ހަމައަށްވެސްތިބީ ޢިލްމެއް ޙިލްމެއް އެއްވެސް ކޮލިޓީއެއްނެތް ރޯނުއެދުރުން ވިއްޔާ، ތިޝްވަތުން ފެންވެރޭނަމަ އޯކޭ ދޮތެ##

  9. ނަސީ

    ސަރުކާރުންވެސް ވެއްޖޭއެއްނުން ތިމައްސަލަބަލަން

  10. ނޫން

    އެމްއެމް ޕީއާރުގެ ޚިޔާނާތް އެންމެ ބޮޑީ އެކަން އޮއްބާލަން މިވާހަކަ ދައްކަނީ

  11. ތަކުރު

    ތިޔަ ކޮމިޝަނަކީ ނިކަމެތިން ނިކަމެތި ކުރަން އުޅޭބައެއް

  12. އަބްދޫ

    އެފްޕިއައިޑީގެ ހިޔާނާތުގަ އެކްސްޕޯޓް ކުރި މަސް މަދުކޮށްގެން ހިޔާނާތްވެފާހުރި .މަސްބަންދުކުރާ ދަޅުހަދާ ޓިނުގެ އަގު ބަދަލުކޮށް ހިޔާނާތް ވެފާހުރި .މަސް ބަރުކުރާ ބޯޓާއެކު ވެފައި އޮންނަ އެއްބަސް ވުން ބަދަލުކޮށް ގެން ހިޔާާނަތްވެފާ ހުރި މިނޫނަސް ގނަ ކަންކަމުގަ ހިޔާނާތްވެފާހުރި .މިދެންނެވި ތަކެތީގެ އޮރިޖިނަލް ރައީސް އޮފީހުން ހޯދާ އޯޑިޓް އޮފީހަށް ފޮނުވި .މިހުރިހާ ލިއުމެއް ރިޔާސީ ކޮމިސަނުގާ ހުންނަން ޖެހޭނެ. މިތަނުން ފައިސާނަގާ އެފައިސާ ބޭނުންކޮށްގެ ން މިހާރުގެ ޑިފެންސް މިނިސްތަރު މާރިޔާ ކިޔަވާވިދާޅުވާން އިގިރޭސިވިލާތުގަ ހުންނެވި. އެފްޕިއައޑީގެ ފޯނުން އޭނަގެ ކުރީގެފިރިމީހާ ދުވާލު އެތައްގަޑިއެއްގަ ކުރައްވާފަ ހުރި ފޯންލ\ކޯލްތަކަށް އޭނަގެ އޭރުގެ ފިރިމީހައަތުން ފައިސާހޯދުނު. މިހާރު މިކިޔާ މަނިލޯންޑްރިންނަށް މިކަން ނުފެތޭނެބާ؟