ރާއްޖޭގައި ކުޑަ ކުއްޖެއްގެ ކަންފަތުން ތިން ކަފަކޮޅު ފެނުމާ ގުޅިގެން ކަފަބުރު ބޭނުން ކުރުމުގައި ސަމާލުވުމަށް ބައެއް ޑޮކްޓަރުން އެދިއްޖެއެވެ.

އަދާލަތު ޕާޓީގެ ކުރީގެ ނައިބު ރައީސް ޑރ.މައުރޫފު ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކަފަބުރު ކަންފަތަށްލުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އެކަމުގެ ސަބަބުން އިންފެކްޝަން ޖެހުމާއި ކަންފަތަށް އަނިޔާވުމުގެ މައްސަލަތައް ދިމާވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަންކަމުގެ އިތުރުން ކަފަކޮޅު ނެއްޓި ކަންފަުގެ އެތެރޭގައި ހަރުލާފައި ހުންނަނީ މަދެއްކޮށް ނޫން ކަމަށް މައުރޫފް ވިދާޅުވިއެވެ. އޭނާގެ އެ ޓުވީޓުގައި ވަނީ ކުއްޖެއްގެ ކަންފަތުގައި ހުރި ކަފަތަކެއްގެ ފޮޓޯ ވެސް އާންމު ކުރައްވައިފައެވެ.

މިއީ ކޮން އިރަކު ކުއްޖެއްގެ ކަންފަތުން ނަގާފައި ހުރި ތަކެތި ކަމެއް ނޭނގެއެވެ. އެކަމާ ގުޅިގެން އޭނާގެ ބަހެއް ވަނީ އަދި ލިބޭ ގޮތް ނުވެފައެވެ.

މައުރޫފް އާންމު ކުރެއްވި މި ފޮޓޯއާ ގުޅިގެން ބައެއް އާންމުން ވަނީ ކަންފަތް ސާފު ކުރަން ބޭނުން ކުރަންވީ ކޮން އެއްޗެއްތޯ ސުވާލުކޮށްފައެވެ. އެކަމަކު، އެ ސުވާލުގެ ޖަވާބެއް މައުރޫފް އަދި ނުދެއްވައެވެ.

"ދެން ކަންފަތް ކަހައިގަތީމާ ކިހިނެއްތޯ ހަދަންވީ؟" އެތަނުން އެކަކު ސުވާލުކޮށްފައިވެއެވެ.

ރާއްޖޭގައި ކުޑަ ކުއްޖެއްގެ ކަންފަތުން ކަފަތަކެއް ނެގި އިރު، ޕިން ދިރިގެން ކުޑަކުދިންގެ ވަރަށް ގިނަ އޮޕަރޭޝަންތައް ރާއްޖޭގައި ކުރެއެވެ. އެހެންވެ، ޕިން ފަދަ އެއްޗެހި އަނގައަށް ނުލުމަށް ޑޮކްޓަރުން ތަކުރާރުކޮށް ނަސޭހަތްތެރިވެއެވެ. ޕިން ފަދަ އެއްޗެއް ދިރިއްޖެނަމަ ބައެއް ފަހަރު ފުރާނައަށް ނުރައްކާ ވުމުގެ ފުރުސަތު ވެސް އޮވެއެވެ.