ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމާއި ތިމާވެށި ހިމާޔަތް ކުރުން ފުޅާ ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ރާއްޖެ އާއި އިންޑިއާ ދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަލު ނަހުލާއެވެ. އަދި އިންޑިއާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއެވެ.

މި އެމްއޯޔޫގެ ދަށުން ނެޝަނަލް ޑާޓާ ސެންޓަރު (އެންޑީސީ) އަދި އެތަނުގެ އެމްއާރްއައިޓީ ކޮންފޯމަންސް ޓެސްޓު ފެސިލިޓީ ހިލޭ ބޭނުން ކުރެވޭނެއެވެ. މި އެހީތެރިކަމުގެ ސަބަބުން ރާއްޖެ، އައިއެމްއޯ މެމްބަރު ގައުމެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އިތުރު އެންޑީސީއެއްގެ ބޭނުމަކާ ނުލައި އަދާކުރެވޭނެއެވެ. އަދި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގައި އިންޑިއާގެ އެހީތެރިކަން ރާއްޖެއަށް ލިބޭނެއެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު. --- ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ

މި އެއްބަސްވުމުގެ ދަށުން އައިއެމްއޯ އިން އެމްއާރްއައިޓީ ސިސްޓަމެއް ރައްޖޭގައި ގާއިމުކުރާނެއެވެ. މި ސިސްޓަމް މެދުވެރިކޮށް ބައިނަލްއަގްވާމީ އައިޑެންޓިފިކޭޝަން އަދި އުޅަނދުތަކުގެ ސަލާމަތްތެރިކަން އިތުރުކޮށް މެރިޓައިމް ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކަން ކަށަވަރު ކޮށްދޭނެއެވެ.

އިންޑިއާ ނެޝަނަލް ޑާޓާ ސެންޓަރު ހުޅުވީ ޖުލައި 2009 ގައެވެ. އަދި 2016ގައި ވަނީ ސަރަހައްދީ ގައުމުތަކުގެ ބޭނުންތަކަށް އެހީވެދިނުމަށް އިތުރަށް ތަރައްގީ ކުރެވިފައެވެ.

ބައިނަލްއަގްވާމީ އެލްއާރްއައިޓީ ސިސްޓަމް އަކަށް އިންޓަނެޝަނަލް ޑާޓާ އެކްސްޗޭންޖް (އައިޑީއީ) މެދުވެރިކޮށް ހާއްސަ އެލްއާރްއައިޓީ ކޮމިއުނިކޭޝަން ޕްރޮޓޮކޯލްއެއްގެ ދަށުން ވަނީ ގުޅިފައެވެ. ސައްވީސް ގަޑި އިރު މުވައްޒަފުން ތިބޭ އެންޑީސީގެ ފުރިހަމަ ބެކަޕް ނުވަތަ ކޮމްޕްލީޓް ޑިޒާސްޓަރ ރިކަވަރީ ސެންޓަރ އެއް ދިއްލީގެ ޑީއެންސީއޯގައި ހުރެއެވެ. އެންޑީސީއިން މެދުނުކެނޑި ބައިނަލްއަޤްވާމީ ވިޔަފާރީގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އިންޑިއާގެ އުޅަނދުތައް ބަލަހައްޓައެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު. --- ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ

ޝިޕިން ކުންފުނި ތަކުގެ ވެރިން އަދި މެނޭޖަރުންނަށްވެސް ވަކިކަހަލަ މައުލޫމާތުތައް ލިބޭ ގޮތަށް ވެބްސައިޓްއެއް މެދުވެރިކޮށް އެ ކުންފުންޏެއްގެ އުޅަނދުތައް ވަގުތުން ވަގުތަށް ބެލެހެއްޓޭނެއެވެ. އަދި ޑިރެކްޓަރޭޓް އޮފް ޝިޕިންއަށް ބޭނުންވާ މައުލޫމާތު އެޅޭނެއެވެ.

މީގެ ސަބަބުން ކުންފުނިތަކަށް އުޅަނދުތައް ވަގުތުން ވަގުތަށް ބެލެހެއްޓި ހައިޖެކްޓް ކޮށް، ނުވަތަ އެކްސިޑެންޓެއް ނުވަތަ ކާރިސާއެއް ދިމާވިޔަސް މި އޮގަސްޓް މަހު ކ.އަތޮޅު ކަނޑަށް ނަވިއޮސް އަމަރިލިސް އުރުނު ކާރިސާ ފަދައިން ވަގުތު ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެވޭނެއެވެ. އިންޑިއާގެ އެލްއާރްއައިޓީ އެންޑީސީ އިން އޮކްޓޫބަރު 2014 ފެށިގެން ސްރީލަންކާއަށް އެލްއާރްއައިޓީގެ ހިދުމަތްތައް ދަނީ ފޯރުކޮށްދެމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަވާސާ އިބޫ

    ރާއްޖެއާއި މިސަރުކާރުގެ އިސްވެރިންގެ ކަންކަން ބެލުމަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ސަންޖޭ ސުދީރު މިއީރަންގަޅު ގޮތަކީ:

    13
  2. އިހްސަނ

    އިންސާނީވަސީލަތް ތަރައްގީ ކުރާވާހަކަ ދައްކާއިރު ކިޔަވައިގެން މުޖުތަމައުއައްނިކުންނަނީ ކިތައްދަރިވަރުންތޯ މަސްތުވާއެއްޗިހީގައި ނުޖެހި އާބާދީ އިތުރުކޮއް ޑުރަގްނައްތާލައިގެންނޫނީ މިގައުމެއް ސަލަމަތެއްނުވާނެ ކޮންމެ އެއްބަސްވުމެއްގައިމްކުރިޔަސް ތިޔަސޮއިކުރިމީހުންގެ ގައުމަގަ އެތިބަފަގީރުންނައް ތައުލީމްދީ ފަގީރްކަންނައްތާލިއްޔާ މާރަނގަޅުވާނެ ފުރަތަމަ ތިމާމީހާގެ ގައުމުގެ ހާލަތް ރަގަނޅުކުރެވޭތޯ ބެލިއްޔާ މަރަނގަޅުވާނެ ވެދުން ސަލާމް

    12
  3. ރައްޔިތުމީހުން

    ސުދީރު ފޮނުވާނުލާތަ އަދިވެސް..

  4. ޝޮކްތެރަޕީ

    ހުރިހާގޮތަކުންވެސް ރައްޖެ މިދަނީ ބައެއްގެ ބުށުތެެރެޔައް ވަންނަމުން. ދެރަ

  5. ރާއްޖެތެރެ

    ބޮޑު ނޮހޮރަޕްޕާނެ މީ ކޮންކަހަލަ ސަރުކާރެއްތަ