އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕްލޭންސްތަކުގެ ޑޭޓާ އެލަވަންސްތަށް އިތުރުކޮށް، މުޅިން އައު ޕްލޭންތަކެއް ތައާރަފްކުރުމާއި އެކު އުރީދޫ ޑޭޓާގެ އަގަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

އުރީދޫން ބުނީ ޕްރީޕެއިޑް ކަސްޓަމަރުންނަށް %60 އާއި ހަމައަށް އިތުރު ޑޭޓާ ލިބިގެންދާއިރު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބޮޑެތި ޑޭޓާ އެލަވަންސްއާއިއެކު ހެޔޮ އަގުގައި މުޅިން އައު ޕެކޭޖްތަކެއް ވެސް ތައާރަފްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ފަސޭހަ ހޯމްބްރޯޑްބޭންޑް ޕްލޭންސްތަކަށް %25 އިތުރު ޑޭޓާ އާއިއެކު، ކަސްޓަމަރުންނަށް ޚާއްޞަ އޮފަރއެއްގެ ގޮތުގައި %80 އާއި ހަމައަށް އިތުރު ޑޭޓާ ވެސް ލިބިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.

ޕްރިޕެއިޑް ޕްލޭންތަކަށް %60 އާއި ހަމައަށް އިތުރު ޑޭޓާ

ނެޓުހެޔޮ މަޝްރޫއުގެ ދަށުން ޕްރީޕެއިޑް ޕްލޭންތަކަށް އައި ހެޔޮ ބަދަލާއެކު %60 އާއި ހަމައަށް އިތުރު ޑޭޓާ އެލަވަންސްއާއިއެކު %38 އާއި ހަމައަށް އަށް ޑޭޓާގެ އަގުވެސް ވަނީ ތިރިވެފައެވެ. މި ހެޔޮ ބަދަލާއެކު އުރީދޫ ޕްރީޕެއިޑް ގެންގުޅުއްވާ ފަރާތްތަކަށް ޑިޖިޓަލް ޚިދުމަތްތައް ބޭނުންކޮށް އިންޓަނެޓްގެ ފުރިހަމަ ބޭނުންހިފުމަށް އިތުރަށް މަގު ފަހިވެގެންދާނެއެވެ.

30% އިތުރު ޑޭޓާއާއި އެކު މުޅިން އައު ޕޯސްޓްޕެއިޑް ޕްލޭންތަކެއް

30% އާއި ހަމައަށް އިތުރު ޑޭޓާ އެލަވަންސްއާއިއެކު އައު ޕްލޭންތަކެއްތަޢާރަފްކުރެވިފައިވީއިރު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް %29 އާއި ހަމައަށް ޑޭޓާގެ އަގު ތިރިވެ ކުރިއަށްވުރެ ގިނަ ކަންކަން ހެޔޮ އަގުގައި ކުރެވިގެންދާނެއެވެ.
ސޯޝަލް މީޑިއާ އެޕްތަކުގެ ތެރެއިން ވައިބަރ، ޓުވިޓަރ، ވަޓްސަޕް، ފޭސްބުކް، އިންސްޓަގްރާމް އަދި ޓެލެގްރާމް ބޭނުންކޮށްލުމަށް ޚާއްޞަ ޑޭޓާ އެލަވަންސްއެއް ލިބިގެންދާނެއެވެ.
މީެ އިތުރުން ނެޓުހެޔޮ ޕޯސްޓޕެއިޑް 600 އާއި މަތީގެ ޕްލޭންތައް ގެންގުޅުއްވާ ފަރާތްތަކަށް ޑޭޓާ ރޯލްއޯވަރގެ ޙިދުމަތާއެކު، ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުންނުކޮށް ހުރި ރެގިއުލަރ ޑޭޓާ އޮޓަމެޓިކުން އަނެއް މަހުގެ ޑޭޓާ އެލަވަންސްއަށް އެއްވެގެންދާނެއެވެ.

މިއަދު ތަޢާރަފްކުރެވުނު އައު ޕްލޭންތައް އުރީދޫ ސެލްފްކެއަރ އެޕް، އުރީދޫ ޢެޕް: http://ore.do/app މެދުވެރިކޮށް ނެންގެވޭނެއެވެ.

ފަސޭހަ ހޯމްބްރޯޑްބޭންޑް ކަސްޓަމަރުންނަށް %25 އިތުރު ޑޭޓާ އަދި އިތުރު %80 ބޯނަސް ޑޭޓާ

25% އާއި ހަމައަށް އިތުރު ޑޭޓާ އެލަވަންސްއާއިއެކު ފަސޭހަ ހޯމްބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް %20 އާއި ހަމައަށް ޑޭޓާގެ އަގު ތިރިވެގެންދާނެއެވެ.މިބަދަލާއިއެކު ފަސޭހަ ހޯމް ބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުންގެ އިތުރު ވަމުން އަންނަ އިންޓަނެޓްގެ ބޭނުންތައް ހެޔޮ އަގުގައި ފުއްދާލެވޭނެއެވެ.
މީގެ އިތުރުން، ޙާއްޞަ އޮފަރއެއްގެ ދަށުން 2021 ގެ ނިޔަލަށް %80 އާއި ހަމައަށް އިތުރު ބޯނަސްޑޭޓާވެސް ލިބިގެންދާނެއެވެ.
ހަމައެއާއި އެކު، ފަސޭހަ ހޯމް ބްރޯޑްބޭންޑް ބޭނުންކުރައްވާ އެންމެހާ ކަސްޓަމަރުންނަށް ޑޭޓާ ރޯލްއޯވަރގެ ޚިދުމަތްވެސް ލިބިގެންދާނެއެވެ. ޑޭޓާ ރޯލް އޯވަރގެ ޚިދުމަތާއިއެކު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުންނުކޮށް ހުރި ޑޭޓާ އޮޓަމެޓިކުން އަނެއް މަހުގެ ޑޭޓާ އެލަވަންސްއަށް އެއްވެގެންދާނެއެވެ. ޕްރިޕެއިޑް ކަސްޓަމަރުން މި ޚިދުމަތް ހޯދާލުމަށް ޕެކޭޖްގެ ވެލިޑިޓީ ހަމަވުމުގެ ކުރިން ނަންގަވާފައިވާ ޕެކޭޖް އަލުން އެކްޓިވޭޓް ކޮށްލުމުން ބޭނުންނުކޮށް ހުރި ޑޭޓާ އަނެއް މަހުވެސް ބޭނުންކުރެވޭނެއެވެ.

ފަސޭހަ ހޯމްބްރޯޑްބޭންޑް ނަންގަވާ ފަރާތްތަކަށް އިތުރަށް މަޑުކުރަންނުޖެހި ،ރައުޓަރ ގުޅާލުމުން ވަގުތުން ޚިދުމަތް ލިބިގެންދާނެއެވެ. އެއްތަނުން އަނެއްތަނަށް ބަދަލު ކޮށްލަން ފަސޭހަ ރައުޓަރަކާއެކު ފަސޭހަ ހޯމްބްރޯޑްބޭންޑްގެ ޚިދުމަތަކީ، ގެއިން މަސައްކަތްކުރައްވާ ބޭފުޅުންނަށާއި ކިޔަވާ ދަރިވަރުންނަށް ފަސޭހަ ޚިދުމަތެއްކަންވެސް އުރީދޫ މޯލްޑިވްސްއިން ފާހަގަކުރެއެވެ. މީގެ އިތުރުން ފަސޭހަ ސެލްފްކެއަރ ޕޯޓަލް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ ބެލަންސް ބަލާލާ، ޕެކޭޖް އެކްޓިވޭޓްކޮށްލެވޭނެއެވެ.

އުރީދޫގެ ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންނަށް އިތުރު ފުރުސަތުތައްފަހިކޮށްދީ، އިންޓަރނެޓްގެ ޚިދުމަތް ވީހާވެސް ގިނަބަޔަކަށް އެންމެ ފުރިހަމަގޮތުގައިފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންގެންދާނެކަމުގެ ޔަގީންކަން އުރީދޫމޯލްޑިވްސްއިން އަރުވައެވެ. މިއަދު މޮބައިލް އަދި މޮބައިލް ބްރޯޑްބޭންޑްއަށް މި ގެނެވުނު ހެޔޮ ބަދަލާއިއެކު މާކެޓުގެ އެންމެ ފުރިހަމަ ފައިދާތައް ލިބިގެންދާ ޕްލޭންތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.

މިއަދު ތަޢާރަފް ކުރެވުނު އައު ޕެކޭޖްތައް މާދަމާއިން ފެށިގެން ކަސްޓަމަރުންނަށް ލިބޭނެެއެވެ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮބާ

    ތިނުބާާ އިތުރު ޑޭޓާ އާންމުންނަށް ލިބޭނެ އިރެއް އިނގޭތަ. ވަރަށް ހާވައިފިން. ވަތުރު މީހުންނަށް އިތުރު ޑާޓާ ހޯދި ގޮތް ކިޔާދީބަލަ. ޑޭޓާ ޕުކޭޖް އެކްޓީވޭޓް ނުކޮށް މި ހުންނަނީ އަގު ހެޔޮ ޕެކޭޖްތަށް ނަގަން.

  2. ގ

    ވަރަށް އަގުބޮޑު