ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް އިންޑިއާ ސަރުކާރުގައި އެދުމަށް އިދިކޮޅު ޕީޕީއެމް އިން ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފިއެވެ.

މިޕެޓިޝަންގައި ސޮއި ކުރަން ފަށާފައި ވަނީ މިރޭ އިދިކޮޅު ޕީޕީއެމް އިން ކާނިވާ ސަރަހައްދުގައި ބާއްވަމުން ގެންދާ ޖަލްސާއެއްގައެވެ.

ޕެޓިޝަންގައި ބުނެފައި ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްގެ ސަރުކާރުން އިންޑިޔާގެ ސަރުކާރާއެކު ސިއްރު ޢަސްކަރީ އެއްބަސްވުންތަކެއް ޤާއިމްކޮށް، އިންޑިޔާގެ ޢަސްކަރީ ބޭނުންތަކަށް ދިވެހިރާއްޖޭގެ ސަރަޙައްދު ބޭނުންކުރުމުގެ ފުރުޞަތު ދީފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ޚިލާފަށް ކަމަށެވެ.

އެއްބަސްވުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމާއި މުއައްސަސާތަކުން ރައްޔިތުންގެ ބާރުވެރިކަން ގެއްލި ދިވެހިރާއްޖޭގެ ކަނޑުގެ ވަސީލަތްތަކުގެ މައްޗަށް ދިވެހިންގެ ސިޔާދަތީ ބާރުކެނޑި، ދިވެހި ޤައުމުގެ މިނިވަންކަމަށް ބުރޫ އަރާފައިވާތީ، ދިވެހިރާއްޖޭގައި ޤާނޫނާއި ޚިލާފަށް މިހާރުތިބި އިންޑިޔާގެ އެންމެހާ އަސްކަރީ ފަރާތްތަކާއި ވަސީލަތްތައް ދިވެހި ބިމުން ބޭލުމަށް އިންޑިޔާގެ ސަރުކާރުގައި އެދޭކަމަށް ޕެޓިޝަންގައި ބުނެފައި ވެއެވެ.

ރާއްޖޭގެ ތިން ސަރަހައްދެއްގައި މިހާރު އިންޑިއާ ސިފައިން ގާއިމުވެ ތިބެއެވެ. އެއީ އައްޑޫ ސިޓީ ގަމާއި. ލ.ކައްދޫގެ އިތުރުން ހދ.ހަނިމާދޫގައެވެ. ގަމާއި ކައްދޫގައި އިންޑިއާ ސިފައިން ތިބެނީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކުރިކަމަށް ބުނާ ހެލިކޮޕްޓަރުތައް ދުއްވާށެވެ. ހަނިމާދޫގައި އިންޑިއާ ސިފައިން ތިބެނީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކުރިކަމަށް ބުނާ ޑޯނިއާ ފްލައިޓް ދުއްވާށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ފޭބުމަށް ގޮވާލައި މީސް މީޑިއާގައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ ކެމްޕޭން މިހާރު ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ. މިހާރު ޕީޕީއެމްގެ އިސް ބޭފުޅުން ވެސް ވަރަށް ފާޅުގައި އިންޑިއާ އާއި ދެކޮޅަށް ދަނީ ވާހަކަ ދައްކަމުންނެވެ. މިއީ މީގެ ކުރިން ފެނުނު މަންޒަރެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޤައުމު

    ވަރަށްރަނގަޅު ކަމެއް
    ޢިންޑިއާ އައުޓް

    31
  2. އައުޓް

    އިންޑިއާ އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް

    31
  3. ފާތޭ

    ކޮބާ އަވަހަށް ގެެނެސްބަލޭ ނިކަން. މާ ލަސްވެސް ވެއްޖެޔޭ ޗަކަން. ހުރިހޭ އެންމެން ސޮއި ތަޅާލާނޫ މިފަހަރު. ޗަހުރިހޭ ފަރަންޖީންތައް މި ގައުމުން ބޭލޭފޭ މިފަހަރު ދޫކޮށްލަން ވާނީ ، ސާބަހޭ ޗަކޮޔާ ދަރިންނޭ! މި ފަހަރު ސޯލިހު މިރަށަށް ފޮނުވި ހުރިހާ ގެރިތަކެއްވެސް އޮންނާނީ ޖަހާ ބަޑި އާކޮޅަށް ފޮނުވޭލޭފޭ. އެންެމެ ފަހުން ސޯލިހު ދެފާދޭތެރެއަށް ހިންނަވަރު ގޭ އެގެރިތައް ބޭތިއްބޭފޭ ބުނީ އިގްތިޞޯދަށް ރަނގަޅުވާނެޔޯ! އެހެރީ ރައްޔިތުންނަށް އިގްތިޞާދު ފަތު އަޑުކިޔޭފޭ އަރޭފޭ. އަރޭ ނާރޭ ވަރުގޭ ޗަހަރީ. 2023ގޭ ހަމަ ބޭލޭފޭ ފޮޅޭލާނޫ ބަލަންތިބެ ބަލޭ ނިކަން .

  4. އަބުދުﷲ

    އަފުއާނސްތާނުގަ ޓެރަރިސޓް ކޭމްޕާއި ޑުރަގުގެ ކޮންޓުރޯލް އެމެރިކާއާއި ގުޅުގެން 20 އަހަރު ހިންގި.....!!!!! ހީވެސް ނުކުރާ ކަހަލަ ގޮތަކައް އެތާނގެ ރައްޔިތުން އިންޑިޔާ ބޭރުކޮއްލި .. ސާކު ސަރަހައްދުގަ އެމީހުންގެ ކޮންޓްރޯލް އޮތް ގައުމަކީ ދިވެހިރާއްޖެ . މިތަނަކީ މިނިވަންކަމައް ލޯބިކުރާ ގައުމެއް.. މިތަނުން އެމީހުން ހީވެސް ނުކޮއްތިއްބާ ބޭރުކޮއްލެވެންވާނެ.

  5. އަބުދުﷲ

    ހިންދޫތުވާ އަކީ ނާޒީ ޖަރރުމަން އާއި ޔަހޫދީން ކަހަލަ ތިމާމެންނަކީ މާމަތިވެރި ނަސްލެއްގެ ބައެއް ކަމުގަ ގަބޫލުކުރާ. .. މުސްލިމުންނާ އޮންނަ އަދާވާތްތެރިކަމަކީ އެމީހުންގެ ސިޔާސީ އެސެޓް ކަމުގަ ބަލައިގެން އުޅޭބައެއް. އިންޑިޔާއިން މިމީހުންގެ ނުފޫޒު ކުޑަވެގެނެއް ނުދާނެ!!! .އެމީހުންގެ ބާރުގެ ދަށުގަވާ ކަޝްމީރާ އާސާމްގެ މުސްލިމުން އުޅެންޖެހިފަވަނީ ވަރައް ނިކަމެތި އަނިޔާލިބޭ ހާލަތެއްގަ. މޑޕ އާއި މައުމޫނަށް މިކަންރަނގަޅަސް އިންޑިޔާގެ އަޅުވެތިކަމުން ސަލާމަތް ވުމައް ވަގުތުން ވަގުތައް މަސައްކަތް ފައްޓަންޖެހޭ!!!!!

  6. ސަމާ

    ވަﷲ ތިޕެޓިޝަނުގައި ސޮއިކުރާނަން

  7. ދޮންބެ

    އިންޑިޔާ އައުޓް#

  8. ބަޖިޔާ

    ކޮންތާކަށް ދާން ޖެހެނީ ތީގަ ސޮއިކުރަން؟

  9. އައުޓް

    ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް

  10. އިބްރާހިމް

    އަޅުގަނޑަކީ އެއްވެސް ޕާޓީއަކަށް ނިސްބަތްވާ މީހެއްނޫން. އެކަމަ އިންޑިއާ ސިފައިން އައުޓް ޕެޓިޝަންގައި ސޮއިކުރަން ބޭނުން.