ސަރުކާރުން ތަރައްގީ ކުރަމުން އަންނަ ވެލޭނާ އިންޓަނޭޝާނަލް އެއާޕޯޓްގެ އެއޮރޯޑުރޮމް އަދި މުޅި އެއާޕޯޓް ފެހި ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިޔަށް ދާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.

އެ މަސައްކަތް ހަލުވިކަމާއެކު ކުރިޔަށް ދާކަމަށް އެމްއޭސީއެލް އިން ހާމަކޮށްފައި މިވަނީ އެކަމާގުޅޭގޮތުން ކުރި ޓުވީޓް ގައެވެ.

އެމްއޭސީއެލް އިން މައުލޫމާތު ދިން ގޮތުގައި އެ މަސައްކަތުގެ ދަށުން ވިނަ އިންދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އަދި އެމަސައަްކަތް ހަލުވި ކަމާއެކު ކުރިޔަށްދާކަމަށް އެމްއޭސީއެލް އިންވަނީ ހާމަކޮށްފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް އެކި މަސައްކަތްތަށް ކުރިޔަށް ދާއިރު އާ ރަންވޭ އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ

އެއާޕޯޓް ގެ އާ ރަންވޭގެ މަސައްކަތް މިއަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ނިންމޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އެމްއޭސީއެލްއިން މީގެ ކުރިން ވަނީ ބުނެފައެވެ.

އެއާޕޯޓުގެ އާ ރަންވޭ ތަރައްގީ ކުރަނީ "އޭ 380" ގެ މަރުކާގެ ބޯޓު ފަހަރަށް ވެސް ޖެއްސޭ ފެންވަރަށް ކަމަށް ސަރުކާރުންވަނީ ހާމަކޮށްފައެވެ. އާ ރަންވޭގެ ދިގުމިނުގައި 3400 މީޓަރު ހުންނައިރު ފުޅާމިނުގައި 60 މީޓަރު ހުރެއެވެ.

އާރަންވޭގެ މަސައްކަތުގެ އިތުރުން އާ ސީޕުލޭން ޓާމިނަލް އެއްވެސް ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ވެލާނާއިންޓަނޭޝަނަލް އެއާޕޯޓް ގަ ހިންގަމުންނެވެ. އެ މަޝްރޫއު ކުރިއަށް ގެންދަނީ 3.2 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ.

މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މުޅިއާ ޕަސެންޖާ ޓާރމިނަލެއް ވެސް އެޅުމުގެ މަސައްކަތް ހަލުވިކަމާއެކު ތަރައްގީ ކުރުމުގެ މަސައްކަތް ސައުދީގެ ބިންލާދިން ގުރޫޕް އާހަވާލުކުރެވި ދަނީ ކުރެވެމުންދެއެވެ.