މާލެ-ހުޅުލެ ގުޅުވައިލަދޭ ބުރިޖްގެ ގެ މަޝްރޫއު އާ ގުޅިގެން ތަރައްގީ ކުރަމުން އަންނަ މާލޭ ރިންގް ރޯޑުގެ މަސައްކަތް ވަރަށް ހަލުވި ސްޕީޑެއްގަ ކުރިޔަށް ދާކަމަށް ހައުސިންގް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

މާލޭ އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ހުޅުމާލެ ފެރީ ޓާރމިނަލް އާ ހަމައަށް ތަރައްގީކުރަމުން އަންނަ ރިންގު ރޯޑް ގެ ފަހުގެ މަސައްކަތްތަކާ ގުޅެގޮތުން ހައުސިން މިނިސްޓްރީގެ މީޑިޔާ އޮފިޝަލް އަހްމަދު ފަޒާލް "ވަގުތު" އަށް ވިދާޅުވިގޮތުގައި މަގުހެދުމުގެ އަމަލީ މަސައްކަތް ވަރަށް ހަލުވި ސުޕީޑެއްގަ ކުރިޔަށްދާކަމަށާއި، އެގޮތުން މަގުގެ ޕޭމަންޓް ހެދުމުގެ ބޮޑުބައެއް ނިމިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މާލޭ ރިންގް ރޯޑްގެ މަސައްކަތް ޖުލައި 26 އަށް ނިންމުން " ފަޒާލް ވިދާޅުވިއެވެ.

މާލޭ ރިންގް ރޯޑްގެ މަޝްރޫއު ދަށުން މީގެ ކުރިން ވަނީ އެސަރަހައްދުގައި ހުރި ގަޑިޔާތައް އެހެން ސަރަހައްދުތަކަށް ބަދަލު ކޮށްފައެވެ.

ސަރުކާރުން ކުރިން ހާމަ ކުރިގޮތުގައި މާލޭ ރިންގް ރޯޑުގެ މަޝްރޫއު ނިމިގެން ދާއިރު ޒަމާނީ ފެންވަރަކަށް މަގުގަ ތާރު އެޅިގެން ދާނެ ކަމަށެވެ. އަދި މަގު ފުޅާކުރެވި މުޅި މަޝްރޫއު ނިމިގެން ދާއިރު 4 ލޭނަށް ދުއްވޭ މަގަކަށް ބޮޑުތަކުރުފާނު މަގު ބަދަލުވެގެން ދާނެކަމަށް ހައުސިންގް މިނިސްޓްރީއިން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މާލޭ ރިންގު ރޯޑް މަސައްކަތައް ބޭރު މަގުގައި ހުރި ހިޔާދޭ ބޮޑެތި ގަސްތައް ކެނޑުމުން އިދިކޮޅު ފަރާތްތަކުން މީގެ ކުރިންވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ. އެކަމަށް ރައްދުދެއްވާ ހައުސިންގް މިނިސްޓަރު މުހައްމަދު މުއިއްޒް މީގެ ކުރިން ވިދާޅުވެފައި ވާ ގޮތުގައި މުޅި މަޝްރޫއު ނިމިގެން އަންނައިރު ހިޔާދޭ ބޮޑެތި ގަސްތައް އަލުން އިންދާނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޝައުކަތު

    ހިޔާދޭގަސް؟ ހައިވޭ ސްޓައިލް މަގެއްގަ؟ ނުއިންދާނެ!!!!! އިތުރުފުޅެއް!!!

  2. ނޯ ވެހިކަލް ޤަވާއިދު

    ހަތަރު ފުރޮޅުލި އެއްޗެހި ދެފަރާތުގަ ޕާކް ކުރަން ރަގަޅު މަގެއްދޯ ތި ހަދާ ދެނީ ހަހަހަހަ.

  3. DR.Sokay

    *Mi sarukaarun bunaakameh kohfa dhakkaane,mihaathanah ves annanee kuramun,vrh saafu*

  4. މާނަ

    ހުޅުމާލެ ފެރީ ޓާމިނަލް ކައިރި މިހާރު ދެ ފަހަރު ގާއަތުރާ ގާ ނަގައިފި. ޖަލުކުދިން އެކަމުގައި އުޅެނީ. އިންޖިނިއަރަކު ނުފެނޭ. ކުރާ މަސައްކަތްކުރަނީ. މީހުންނަށް ވަރަށް އެބަ ދަތިވޭ ދިގުލައިގެން ދާތީ