ނ. ވެލިދޫގެ މަގުތަކުގައި ހުރި ގިނަ އަދަދެއްގެ މޭވާ ގަސްތައް ކައުންސިލުން ކަނޑާލައިފިއެވެ.

އެރަށުން ވާހަކަދެއްކި ބައެއް މީހުން ބުނީ، އެރަށުގެ މަގުތަކުގައި އިންދާފައި ހުރި ގިނަ އަދަދެއްގެ މޭވާ ގަސްތައް ކަނޑާލާފައި ވަނީ މިއަދު ކަމަށެވެ.

މީސް މީޑިޔާގައި ދައުރުވަމުން އަންނަ ޕޯސްޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އެރަށުގެ ގެތަކުގައި އާއި މަގުމައްޗަށް ވާގޮތަށް ހުރި 117 ގަހެއް ވަނީ ކަނޑާލާފައެވެ. ރަށުގެ ގިނަ ރައްޔިތުންތަކެއް އެކަމާއި ވަނީ ހިތްހަމަ ނުޖެހިފައެވެ.

އެރަށުގެ ކައުންސިލްގެ ރައީސާ ވިދާޅުވީ، އެރަށުގެ މަގުތަކުގައި ހުރި ގަސްތަކުގެ ތެރެއިން ކަނޑާލާފައި ވަނީ 40 ވަރަކަށް ގަސް ކަމަށެވެ. އަދި ކަނޑާލާފައި ވަނީ ބޮޑެތި ގަސްތަކެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ގަސްތައް ކަނޑާލުމުގެ ކުރިން ގެތަކަށް ދެ ހަފްތާ ކުރިން ނޯޓިސް ދީފައިވާނެ ކަމަށެވެ. އަދި މަގުތަކުގައި މޭވާ ގަސް އިންދުމަކީ އެރަށުގައި މަނާކަމެއް ކަމަށާއި، އެގޮތަށް އަމަލު ކުރަމުން ދަނީ ގެޒެޓްކޮށްފައިވާ އުސޫލެއްގެ ދަށުން ކަމަށެެވެ.

އޭނާ ވިދާޅުވީ، އެ އުސޫލު ގެޒެޓް ކުރީ މީގެ ދެ ދަައުރު ކުރިން ކަމަށެވެ.

މިގޮތަށް ކަނޑާލާފައި ވަނީ ގޯތިތަކުގައި ބޭރުގައި އާއި ގޯޅީގައި އިންދާފައިވާ ގަސްތަކެކެވެ. މިއަދު ކަނޑާލި ގަސްތަކުގެ ތެރޭގައި ގިނައީ ފޭރުގަސް ތަކެވެ.

މިކަމާއި ގުޅިގެން އެރަށުގައި ތިބި ދެޕާޓިއަށް ނިސްބަތްވާ ގިނަ ބަޔަކު ހިތްހަަމަ ނުޖެހުން ފާޅުކުރަމުން އެބަދެއެވެ.

އެރަށުގެ ކައުންސިލްގެ ތިން މެންބަރުންނަކީވެސް އެމްޑީޕީއަށް ނިސްބަތްވާ ތިން މެންބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އެއީ އެމްޑީޕީ އަށް ވެރިކަން ލިބެން އުޅޭހެން ހީވާތީ ފެންފޯއްރުށް އިންދަން ވެގެން ކަމަށް ބުނޭ.😜

  2. ތީދެން ކިހާ ދެރަކަމެއް! އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަން ނަސީދު އަށް ނުލިބުނޭ ކިޔާފަ ނުޖެހޭ ރައްޔިތުންނަށް ޖެއްސުންކުރަމުން ދުވާކަށް! ތިހުރީ އެމްޑީޕީ ގެ ސަރުކާރެއް އަތުވެއްޖެނަމަ ދިވެހިރާއްޖޭގަ އަމަލުކުރާނެ ގޮތް ފެންނަން! ވަރައްވެސް ނުރައްކާތެރި އަމަލުތަކެއް އެމްޑީޕީގެ ފުރިހަމަނުވާ 3 އަހަރުގެ ވެރިކަމުންވެސް ފެނިގެންގޮސްފަވަނީ! އޭގެ 1 ހެކި އަމިއްލަ ޕާޓީ މީހާ އައިސް ކަމަކު ބުނެފިއްޔާ ވަރައްވެސް ފަސޭހައިންވާނޭ ބުނެ ރައްޔިތުންނަށް މަލާމާތްކޮއްހެދި! އެމްޑީޕީގެ ކައުންސިލަރުން ތިވަރު ދަށުދަރަޖައިގެ އަމަލުތަކެއް ކޮއްފާނެކަން ފެނިގެން ތިދަނީ! މިސާލަކަށް ނޯޓިސް ދީފަވެސް ރައްޔިތުން ނޯޓިސް ބަލައި ނުގަތުން އޭގެމާނައަކީ ކައުންސިލުން ނުޖެހޭ ރައްޔިތުންގެ ނިންމުންތަކުގަ ކޮޅުފައިންޖަހާފަ ގަސްތަށް ކަނޑާ ބިމާހަމަ ކުރާކަށް! ވެލިދޫ ކައުންސިލް އެމްޑީޕީގެ 3 މެމްބަރުންނާ އެކީގަ ފެނިގެންމިދަނީ ވަރައްވެސް ބޮޑަށް ފެއިލްވެފަ ވާތަން! ވީމާ މިއަންނަ ރިޔާސީ އިންތިހާބުގަ އެމްޑީޕީގެ ކެންޑިޑޭޓް ވޯޓްލުމަކީ ނާދިރުކަމެއް ފެންނަމުންމިދާ މަންޒަރުތަކުން! ސުކުރިއްޔާ!

  3. ކައުންސިލް ސަސްޕެންޑް ކުރުމަށް ގޮވާލަން

  4. ތި އެމް.ޑީ.ޕީ މީހުންގެ ވައްތަރު. ރައްޔިތު އެންމެން ބޭނުންވާގޮތާ ހިލާފަށް ވެރިކަމެއް ނުކުރެވޭނެ. މަގުމަތީގަ ގަސްހުއްޓސް ރައްޔިތުން އެކަމަށް ރުހެންޏާ އެނިމުނީނު.. މަ ނަމަ ތި ކައުންސިލަރުންގެ ގޯތީގަހުރި ގަސްކޮޅު ތިރިކޮށްލީމުސް..

  5. މުހަންމަދު

    ހިމަންދޫ ގައިވެސްތިބި އެމްޑިޕީ ކައުންސިލަރުން ރަށުތަރަށްގީއަށް މަސައްކަަތެއްނުކޮށް

    ރަށަށް އަންނަ ޕްރޮޖެކްޓްތަށް ހުއްޓުވާ އެވަރުން ނުފުދިގެން މަގުތަކުގައި ހުރި ހުރިހާމޭވާގަހަކާ ހިޔާލިބޭގޮތަށް ހުރިގަސްތަށް ކަނޑާ ހުސްކޮއްފި ރަށްރަށުގެ ހަލާކު އެމްޑީޕީ ކައުންސިލަރުން ނަކީ