ދިވެހި ރައްޔިތުންނަށް ބުރައަކަށް ނުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރިޓަޔާވުމަށް އިދިކޮޅު ޕީޕީއެމްގެ ޚާއްސަ އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ގޮވާއްލަވައިފި
މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއިން އެމަނިކުފާނުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ރާއްޖޭން ބޭރުން ފަރުވާ ހޯއްދެވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން އުޅުއްވަނީ އެންމެ މަތީ ސަލާމަތީ ފިޔަވަޅުތަކާއި އެންމެ މަތީ ސެކިއުރިޓީގައެވެ.
ނަޝީދުގެ މަތީ ސެކުއިރިޓީގެ ފޮޓޯތަކާއެކު ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެތައް ހާސް ރައްޔިތުންގެ ބޯހިޔާވަހިކަމަށް ކުރަން ޖެހޭ ޚަރަދު ހޭދަ ވެގެން މި ދަނީ ނަޝީދުގެ ގަނޑުވަރުކޮޅަށާއި ހޮޓަލަށާއި ސެކުއިރިޓީއަށް ކަމަށެވެ.
"މަނިކުފާނަކީ (ނަޝީދަކީ) މިއަދު ރައްޔިތުންނަށް ބޮޑު ބުރައަކަށް ވެއްޖެ، ރިޓަޔާ ކުރެއްވުމަށް ފަހު ތި ނޫން ގޮތެއް ހޯއްދަވާ،" ފަނޑިޔާރު ކަމާއި ތިން ސަރުކާރެއްގެ ވަޒީރު ކަން ކުރެއްވި ޖަމީލް ލިޔުއްވާފައިވެއެވެ.
އެތައް ހާސް ރައްޔިތުންނެއްގެ ބޯހިޔާވަހިކަމަށް ކުރަންޖެހޭ ޚަރަދު މިކުރަނީ ރައީސް ނަޝީދުގެ ގަނޑުވަރުކޮޅާއި ހޮޓަލާއި ސެކިއުރިޓީއަށް. ރައްޔިތުންނަށް ބަލަދުއެރީތޯ؟ މަނިކުފާނަކީ މިއަދު ރައްޔިތުންނަށް ބޮޑު ބުރައަކަށްވެއްޖެ. ރިޓަޔަރ ކުރެއްވުމަށްފަހު ތިނޫން ގޮތެއް ހޯއްދަވާ. pic.twitter.com/vDGp47HGuY
— Mohamed Jameel Ahmed (@MJameelAhmed) October 14, 2021
މި ސަރުކާރު ގެނައުމަށް ވެސް ބުރަ މަސައްކަތްތަކެއް ކުރެއްވި ޖަމީލް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވިލިމާލެ ދާއިރާއަށް ވާދަކުރެއްވުމަށް ފަހު ލިބުނު ނާކާމިޔާބީއަށް ފަހުގައި އަލުން ޕީޕީއެމްއަށް ގުޅިވަޑައިގަތެވެ.
ޖަމީލް މިހާރު ގެންދަވަނީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސް ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުންނެވެ. ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޖަމީލްއަކީ 2013 ގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުގެ ރަނިން މޭޓެވެ.
ޖަމީލް ވެސް ސިޔާސީ ދާއިރާއިން ރިޓަޔާކުރަން ޖެހޭ 100% މުނާފިގު ސިފަތައް އެބަހުރި ތި ޖަމީލްގާ
ތަންފުކެއް ބޮޑުވަރުތީ... ހަމަ ކިމް ޖޮން އުން.
ހެޔޮކޮށް
ރައްޔިތުންގެ އަނގަނުގޮށްވާ ސިޔާސީ ކަންކަން ކުރާންނޭނގޭނަމަ ސިޔާސީ މައިދާނުން އެކަހެރިވެ، ކޮންމެވެސް އެހެން ކަމަކާ އުޅުން ރަނގަޅުކަމަށް ފެނޭ.
ވަރަށްބޮޑުތެދުވާހައެއްތީ. ބޮޑުބަލަވެރިކަމަކަށްވެއްޖެ. މަގަކުން ހިނގޭކަށްނެއް. ރައްތިތުންދައޮހޮރުވައިގެން ލިބޭ ފައިސައިން ޓެކްސްދައްކައިގެން ލިބޭފައިސަކޮޅު މިނަޝީދު ކިޔަކަލޭގެއަށް ކަރަދުކުރަންޖެހެނީ. ބޮޑުވެއްޖެކަމެއް. ނޫނީ އާރަށުގައި ސޯލިހުއާ ދެމީހުން ދިރިއުލެންދަނވީނޫން. މިމާލެ މިހާރު ހީވަނީ މިލިޓަރީ މަރުކަޒެއްހެން. ބޯދެތިބަޑިހިފަލާފަ މިތިބެނީ. ކުޑަކުދިން ބިރުން އަވަދިވާވަރުވޭ.
ކޯބައިތޯ މި ރާއްޖޭގެ ޕީސްފުލް ކަމަކީ، މިރާއްޖެއިން ގެއްލުވާލި ޕީސްފުލް ކަން އަނބުރާ ހޯދައިދޭން ޖެހޭނެ، މިއީ އެކަކު އަނެކާގެ ފާރަވެރިކަމެއް ނެތި އިންސާނީ އިންތަކާއި މިންތަކުގެ ތެރޭގައި އެކަނިމާ އެކަނިވެސް ހިގައިބިގައިވެ އުޅެވޭނެ އެންމެ ފަހި މާހައުލު އޮތް ގައުމަށް މި ގައުމު ވާންޖެހޭ
ޖަމީލު ބުއްޏަސް ތިޔައީ ހަމަ ތެދެއް މިހާރު ރައީސް ނަސީދު އިސްތިއުފާދީ ރައްޔިތުންނަށް ބުރައަކަށް ނުވެ އެއްފަރާތް ވާން ވެއްޖެ
ވަރަށް ބޮޑު ތެދުފުޅެއް.
ކިމްޖޮންގް އުޅޭހެން މިގައުމުގައި އުޅުމުގެ ބޭނުމެއްނެތް.
މިގައުމަށް ބޭނުންވަނީ އިބޫމެން ކަހަލަ މަޑުމައިތިރި ރައްޔިތުންނާއި ގުޅޭ ސާދާ މީހުން.
ބޮޑިބަތް ޖޭވަނީ.. ކަލޯ ހަމަ ލަލަލާ
ނަސީދު ރިޓަޔަރ ވުމ މަކީ ރައްޔިތުންނަށް ވަރަށްބޮޑު ލުއި
ފަސޭހައެއް ލިބިގެންދާނެ ކަ މެކެވެ ދައުލަތުގެ ވަސީލަތްތައް
އިސްރާފުވެ ރައްޔިތުންގެ ހައްގުތައް
ގެއްލެ މުންދާއިރު ސަރުކާރުން އެކަންކަ މަށް އިޖާބަ
ނުދެވަނީ ނަސީދު އިސްވެހުރެ މޑޕ ތެރެއިން ސަރުކާރަށް
ކުރާ ޕްރެސަރާ ހެދިއެވެ ރައްޔިތުންގެ ހައްގުތަކަށް އިސް
ކަން ދޭނަ މަ ނަސީދު އިސްތިއުފާ ދޭން ޖެހެއެވެ.
ބޮޑިބަތް ހެ އުދަންވީ އެ އުދަންވީ..
ކެނަރީގެ ކިމް މާލެ އިން ބާލަން ޕެޓިޝަނެއް ފައްޓަންވެއްޖެ. އަހަންނައް މިހާރު ހިގަންޖެހެނީ އާމުކޮއް ހިގާކުރުމަގަކުން ނޫން، ބަޔެއްފަހަރައް މަޑުވެސް ކުރަންޖެހޭ ކިމް ނިކުމެ ނޫނީ އަންނަމަގުމަތީގަވުމުން. ބޮޑު ދުއްޕާނެއް. ސިކިއުރިޓީނާ ސިފައިންގިނަކަމުން މަގޭ ދަރިފުޅު ބިރުގަނެފަ ހުންނަނީ އަދި އަހަރެންގެ ވަރައް ބައިވަރުވަގުތާ މިނިވަންކަން ނިގުޅައިގެންފި ކުޑަ ކުޑަ ކިމް. ކިމް މާލެ އިން ބާލާށެވެ.
އަންނިއަށް ވުރެ ކުރިން ތިޔަކަމުން އިސްތިއުފާ ދޭންޖެހޭނީ ޖަމީލު ! ޤައުމުގެ މަޖްލިސް އަށް ހާޒިރުވާން ނުކެރުނު މީހަކު ފިލައިގެން ގޮސް އިގިރޭސި ވިލާތުގައި ހުރެ އަންނިގެ އެހީގައި ސަލާމަތް ވެގެން ރާއްޖެއައިސް މިހާރު އަންނިގެ ބޮލަށް ސަވާރުވާން ދެކޮޅަށް ދުވެ ތެޅިފޮޅުނަސް ކަލެއަށް ކުރެވޭނެ ހަމަ އެއްކަމެއްވެސް ނެތް!
ރައްޔިތުންނަށް އާސަންދަވެސް ނުދެވިގެން މިއުޅެނީ. އެކަމަކު މީނައަށް ދުވާލަކަށް 10000 ހާސް ރުފިޔާ ޚަރަދުކުރަންޖެހޭ.
މިފަހަރު ޖަމީލު ބުންޏަސް އެއްބަސް. ސަބަބަކީ ހުދު އެމް.ޑީ.ޕީ އަށްވެސް ބުރަޔަކަށް ވެއްޖެ. ރޫހާނީ ލީޑަރު ހެދިގެން ގައުމުގެ ބާރުތައް އެއްކުރަން ނަހާވާކަށް ހަޑިއެއް ނެތް.
ޑރ.ޖަމީލުގެ ވަހަކައަށް ތާޢީދު
ނަޝީދަކީ ބޮޑު ދުއްޕާނެއް !!!!
ރިޓާޔަރ އެކަންޏެއްނޫން ކުރަންވީ. މިގައުމުންވެސް ދުރަށްވީ. ރައްރިތުންނަށް ބޮޑު މުސީބާތަކަށް މިކަލޭގެ ވެއްޖެ. ޓެކްސް ފައިސާއިން މީނަޔަށް ޚަރަދުކޮއްފަ އެހެންކަމެއްކުރާނެ ލާރިއެއްނެއް. އަބަދު ބިރުވެރިކަމެއްގައި ރައްޔިތުން ބޭތިއްބުމަށްވުރެ ރައްޔިތުންގެ ހައްގުގައި ހުރިހާ މަގާމެއްދޫކޮށް ގައުމުން ބޭރުގަ ދިރި އުޅުން މާރަގަޅުވާނެ.
ރައްޔިތުންނަށް ބުރައަކަށް ނުވެ ނަޝީދު ރިޓަޔާވާން ގޮވާލައިފި! މަގޭ ތާއީދު ތިކަމަށް 👏
ނަޝީދަކީ އަބަދުވެަސް ރާއްޖެއަށް ޖެހިފަ އޮތް އުނދަގުލެއް. ރިޓަޔާވެގެން ލާރި ކާން ބާއްވާނެކަމަށް ނެތް. ބޭރައް އަރުވާލަންވީ
ކިތަންމެ ސެކުއުރިޓީ ވަރުގަދަޔަސް މަރު ތިބާއާއިވެސް ބައްދަޅު ކުރާނެ %100
މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ހައްތާވެސް އަބަދުވެސް ރައްޔިތުންނަށް ދޯކާ ދެނީ !
ޖަމީލު މީ ކާކުތަ؟ ރިޓަޔާގެ މާނަ އިނގޭތަ؟ ބަލަ ރައީސް ނަޝީދު ރިޓަޔާވިޔަސް ސެކިއުރިޓީ އެއް ކަނޑައެއް ނުލެވޭނެ މިހާރަކު. ޢެއީ އެއަށްވުރެ އިއްޒަތްތެރި ބޭފުޅުއް މިހާރު. ޙަމަ ޖެހޭނީ އެއްތާކު. ޜައްކާތެރިކަންދޭން ދައުލަތަށް ލާޒިމުވާނެ. ޤަބޫލުކުރަން ބޭނުންނުވިނަމަވެސް
ދުނިޔޭގެ އެހެން ޤައުމު ތަކުގަވެސް ރައްޔިތުންނައް ބުރަކައަކައްވާކަންތަކުގަ ރައްޔިތުންނައް ބުރަނުކުރަންވެގެން އަމިއްލައައް އެމީހަކު އެކަމަކުން އެއްފަރާތްވަނީ މިހާރު ރައްޔިތުންގޮވީމަވެސް އެއްފަރާވާން ނުކެރެ އެކަމަކުވެސް ޑިމޮކްރަސީ
ހަމަ. ޥަރަށް ރަނގަޅު ވާހަކައެއް. ރައަޔިތުންނަށް ބަލަދުއަރާފަ ހުރި މީހެއް ހެން ހީވަނީ. ޓެކްސްފައިސާއިން ކޮންހާ ބޮޑަތި ޚަރަދުތަކެއް ތިކުރަނީ. މައުމޫނަށް ހަޖޫޖެހި އަންނި ތިހިރޭ އުނބަށް ޖަހާފަ
ޖަމީލު ޖޭ ވީ...... ހޮވުނަސް ނުދޭނަމޭ ބުނި މީހާތީ........ ޖޭވެ ޖޭވެ ހުރޭ.......