މާފުށި ކާރީގައި އޮތް ސަފާރީއެއްގެ އިންޖިނު ރޫމުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ކ. މާފުށި ކައިރީގައި އޮތް ސަފާރީއެއްގެ އިންޖިނު ރޫމުގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 20:30 އެހާކަންހާއިރު ކަމަށެވެ. ސަފާރިގައި ރޯވި އަލިފާން މިރޭ 21:35 ހާއިރު އެ ސަފާރީގެ ފަޅުވެރިން ކުރި މަސައްކަތުން ވަނީ ނިއްވާލާފައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މި ހާދިސާގެ މައުލޫމާތު ލިބުމާއި އެކީ އެމްއެންޑީއެފް ފަޔަރ މަނުންނާއި އެކު ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ފަޔަރ ލޯންޗު ފަޔަރމަނުންނާއި އެކު މާފުއްޓަށް ދިއުމަށް ދަތުރު ފެށިއެވެ. ނަމަވެސް ސިފައިންނަށް މާފުއްޓަށް ދެއްވުމުގެ ކުރިން ވަނީ އަލިފާން ނިއްވާލާފައެވެ.

މިހާދިސާގައި ސަފާރީއަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނިލިބެއެވެ.