ކ. ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމާލައިފިއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 15 ހެކްޓަރުގެ ބިން ހިއްކުމާއި 1200 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ. މިއީ 85 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ގުރައިދޫ އަދި އެ އަތޮޅު މާފުށިން ބިން ހިއްކައި ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރިން ވަނީ ވައުދުވެވަޑައިގެންފައެވެ. ގުރައިދޫގެ ބިން ހިއްކުމުގެ ކުރިން އެމްޓީސީސީން ވަނީ މާފުށީގެ ބިން ވެސް ހިއްކައިފައެވެ.
މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ގުރައިދޫ އަށް ވަޑައިގެން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ އެރަށުގެ ރައްޔިތުންގެ ޝަކުވާތައް އަޑު އިވިފައިވާކަމަށާއި، ރައްޔިތުން ބޭނުންވާ ގޮތަށް ގުރައިދޫ ފަޅުގެ ބައެއް ހިއްކަވައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ގުރައިދޫ އަކީ ލޯކަލް ޓުއަރިޒަމް ވެސް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެއް ކަމަށްވާއިރު އެރަށުގެ ބިމުގެ ދަތިކަމަކީ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.
ޝުކުރިއްޔާ މުޙައްމަދު ޞާލިހު
ސުކުރިއްޔާ ރައީސް ޔާމީން