މިއަދު ވެސް މާލެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު އިތުރުވެއްޖެއެވެ.

މިއަދު މާލެ އިން 44 މީހުން ފައްސިވިއެވެ. މިއަދަކީ މާލެ އިން މިމަހު އެންމެ ގިނަބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ. މިއަދު ރާއްޖެ އިން ޖުމްލަ 131 މީހުން ފައްސިވިއެވެ. މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 77 މީހުން ފައްސިވިއެވެ. މިއަދު ރިސޯޓްތަކުން ހަތް މީހުން އަދި ސަފާރީތަކުން ތިން މީހުން ފައްސިވިއެވެ.

މިއަދަކީ ސެޕްޓެމްބަރ މަހުގެ 29 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ ގިނަބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.

މިހާރު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 1379 އަށް އަރައެވެ. މިއަދަކީ މިމަހުގެ 05 ވަނަ ދުވަހަށް ފަހު ކޮވިޑް ބަލި މީހުންގެ އަދަދު އެންމެ މައްޗަށް ދިޔަ ދުވަހެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދު ކޮވިޑުން ރަނގަޅުވީ 62 މީހުންނެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު އޮކްޓޯބަރ މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 1741 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދަކީ 86550 އެވެ. އޭގެތެރެއިން 84918 މީހަކު ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 240 މީހުން މިހާތަނަށް ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑީޑީ

    މިއަދު ގެ އިނގާލުމާ ކޮވިޑް ގިނަވުމާ؟؟؟ ދޯ