ޤާނޫނީ ޒިނޭ ކިޔާ އެއްޗެއް ނޯންނާނެ ކަމަށް ވިދާޅުވެ އަދާލަތު ޕާޓީގެ ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އަލީ ޒައިދު މިހެން ވިދާޅުވީ އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ މިންގަނޑުން ޒިނޭގެ ކުށް ސާބިތު ނުވިޔަސް، ގަރީނާތަކަށް ރިއާޔަތްކޮށް ޒިނޭގެ ކުށް ސާބިތު ކުރެވިދާނެ ކަމަށާއި އެކަމަކު އެ ހާލަތުގައި ދެވޭނީ ތައުޒީރީ އަދަބެއް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމް ކުރުމުން ކުރި ޓްވީޓެއްގައެވެ.

އަލީ ޒައިދުގެ ޓްވީޓްގައި ވިދާޅުވީ ތަޢުޒީރީ އަދަބުދޭނަމަ ޒިނޭއެކޭ ނުކިޔޭނެ. އެއަށްކިޔާނީ ބަދުއަޚްލާޤީ މައްސަލަ ކަމަށެވެ. "ޤާނޫނީ ޒިނޭ ކިޔާއެއްޗެއް ނޯންނާނެ. ދީނުގެ މުޞްތަލަޙުތަކާކުޅެ ހިތަށްއެރި މާނައެއް އެއަށްދިނުމަކީ ވަރަށް ބޮޑު ނުބައެއް. ޒިނޭއަކީ ޝަރުޢީ ޒިނޭ. އެ ސާބިތުކޮށް އަދަބްދޭންވާނީ ޝަރުޢުގައި އެކަން އޮތްގޮތަށް. ތަޢުޒީރީ އަދަބުދޭނަމަ ޒިނޭއެކޭ ނުކިޔޭނެ. އެއަށްކިޔާނީ ބަދުއަޚްލާޤީ މައްސަލަ." އަލީ ޒައިދު ވިދާޅުވިއެވެ.

ގާނޫނުލް އުގޫބާތުގެ 411 ވަނަ މާއްދާގައި ބުނެފައި އޮންނަނީ ޒިނޭގެ ކުށުގެ އަސްލު އަދަބަކީ އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ އުސޫލުން 100 އެތިފަހަރުން ހައްދު ޖެހުމާ އެކު، ޖަލަށްލުމުގެ އަދަބު ދިނުމަށެވެ. އެހެން ނަމަވެސް އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ ހަތަރު ފިރިހެނުންގެ ހެކިބަސް ނުވަތަ އަމިއްލަ އިއުތިރާފު ނުލިބެނީސް، ޑީއެންއޭ ފަދަ ގަރީނާތަކަށް ބިިނާކޮށްގެން ކުށް ސާބިތު ކުރާ ނަމަ، އެ ހާލަތުގައި ދެވޭނީ ގާނޫނީ އަދަބެއް ކަމަށް އެ މާއްދާގައި ބުނެފައި އޮވެއެވެ.

އެމާއްދާގައި އެހެން ބުނެފައި އޮތްނަމަވެސް މިބަހުސް ފެށުނީ މިދިޔަ އަހަރު ހައިކޯޓުން ކުރި ހުކުމަކުންނެވެ. ޑީއެންއޭއަށް ބިނާކޮށް ޒިނޭގެ ދައުވާކުރި މައްސަލައެއްގައި ހައި ކޯޓުން ނިންމީ އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ މިންގަނޑުން ހެކި ލިބެން ނެތް ނަމަ، ގަރީނާތަކަށް ރިއާޔަތް ކޮށްގެން ޒިނޭގެ ކުށް ސާބިތު ނުކުރެވޭނެ ކަމަށެވެ. އެހައި ހިސާބުން އުފެދުނު ބަހުސް ނިމުމަކަށް އައީ އިއްޔެ ސުޕްރީމް ކޯޓުން ކުރި ހުކުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އެމް ޑީ

    ހެޔޮ ވެރިކަން.ކޮބާ ރާކަނިމަސް ކެވިއްޖެތަ. އިބޫ އެއީ އެންމެ ރަގަޅު މީހާޔޯ. އަދި އަންނާނެ މިޔައްވުރެން ބޮޑެތި ކަންތަށް.

  2. ނަން

    އާން ނޯންނާނެ

  3. ސުންދަރާ

    ގާނޫނީ ވައްކަންއޮވޭ އެކަމު ޒިނޭ ނޯވޭ،

  4. ހިމް

    ސުޕްރީމް ކޯޓުގެ އެމްޑީއެން ފަނޑިޔާރުން އުޅެނީ ގާނޫނާއި ޝަރީއަތަކީ ދެއެއްޗެއް ކަމަށް ދައްކަން. އިސްލާމީ ގައުމެއްގެ ގާނޫނަކަށް ވާންޖެހޭނީ އިސްލާމީ ޝަރީޢަތް. އެއީ މުސްލިމުންނަށް އެކައްޗެއް.

    3
    1
  5. ާައަހުމަދު

    ދީނީއިލްމް ވެރިންގެ ޒިންމާއަކީ ދީނުގަ ކަންކަން އޮންނަގޮތް ރައްޔިތުންނަ އޮޅުން ފިލުވާދިނުން، މީނަގެ ކަމަކީ ޒާތީވުމާ، ދިމާ ކުރުމާ، ވައްބަހުންޖެހުން.

    2
    1
  6. ތެދު

    2ބޯގެރި ދުއްވާ ރިލޯޑް ސޭހެއް.

  7. އަބުދުﷲ

    ޒިނޭ ހުއްޓުވޭނީ ޑީ އެން އޭ ހަދާ އޭގެ އެހީތެރި ކަމާ އެކުގަ ބަފާ ކަށަވަރު ކުރެވިގެން. އެހުން ނޫންނަމަ ކަލްކިޔު ލެޓަރުން ހަދާ ހިސާބުވެސް ކަމަކު ނުދާނެ.

  8. ޑުރާ

    ޢޯކޭ ޒިނޭ ބާއްވާފަ އިންޓަރކޯސް ކިޔަމާ. ކަލޭން ފިރިހެނުން ބެދޭކަހަލަ އެއްވެސް ކަމެއް ގާނޫނީ ގޮތުން ކުރެވުނަ ނުދެއްޗޭ. ޒިނޭކޮށްފަ ފޮހެލައިގެންދޭ އެންމެންވެސް.