ކ.ތުލުސްދޫގައި ރަހުމުކުޑަ ގޮތަކަށް އެ ރަށު ބީޖިއުފާ އަލީ ޝިހާމް މަރާލިކަމަށް ތުހުމަތު ކުރެވޭ މުހައްމަދު ނިޔާޒް މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ތާއިދުކޮށްފިއެވެ.

ކ.ތުލުސްދޫގައި ރަހުމުކުޑަ ގޮތަކަށް އެ ރަށު ބީޖިއުފާ އަލީ ޝިހާމް މަރާލިކަމަށް ތުހުމަތު ކުރެވޭ މުހައްމަދު ނިޔާޒް މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ތާއިދުކޮށްފިއެވެ.

ޝިހާމަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ނިޔާޒް މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2014 ވަނަ އަހަރު އެވެ. ނިޔާޒްގެ ފަރާތުން ހައި ކޯޓުގައި އެ ހުކުމް އިސްތިއުނާފެއް ނުކުރެއެވެ. އެ ހުކުމް ނިޔާޒްގެ ފަރާތުން އިސްތިއުނާފް ނުކުރުމުން ސުޕްރީމް ކޯޓުން ހަމަޖައްސާފައިވާ އުސޫލުގެ ދަށުން އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ހައި ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ.

އޮކްޓޯބަރު 13 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ނިޔާޒަށް ދިން ފުރުސަތުގައި އޭނާ ބުނީ ކްރިމިނަލް ކޯޓުން އެ ހުކުމް އިއްވި ފަހުން މިހާތަނަށް ވެސް އެހާ ގިނަ ދުވަސް ވީއިރު، ހައި ކޯޓުގައި މައްސަލަ އޮންނަތާ އެތައް ދުވަހެއް ވެގެން ދަނީ ކަމަށެވެ.

އޭނާ މިހާރު އެދޭ ކަމަކީ މި ކަމުގައި ފަނޑިޔާރުން ވީހާވެސް އަވަހަށް ގޮތެއް ނިންމައިދިނުމެވެ. މި ގޮތުން މަރަށް މަރު ހިފަން ބޭނުންވާނަމަ އެ އަދަބުގެ ހުކުމް ވެސް އަވަހަށް އިއްވައި ތަންފީޒު ކުރަންވީ ކަމަށް އޭނާ ބުންޏެވެ. އޭނާގެ މައްޗަށް މަރުގެ އަދަބު އިއްވީ ވެސް އިސްލާމީ ޝަރީއަތް ތަންފީޒު ކުރަން ކަމަށް ބުނި ނަމަވެސް މި ރާއްޖޭގައި އިސްލާމީ ޝަރީއަތް ތަންފީޒުވާ ކަމަކަށް ވެސް އޭނާ ގަބޫލު ނުކުރާ ކަމަށް ބުންޏެވެ.

މި މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗްގެ ރިޔާސަތު ބަލަހައްޓަވާފައި ވަނީ ޝުއިބް ހުސައިން ޒަކަރިއްޔާއެވެ. ފަނޑިޔާރު ޝުއިބްއާއެކު މި މައްސަލަ ދެން ބައްލަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހުސައިން ޝަހީދުއެވެ.

އެ މައްސަލައިގައި މިއަދު އޮތް އަޑުއެހުމުގައި ފަނޑިޔާރު ޝުއިބް ވިދާޅުވީ، ޝިހާމް މަރުވުމުގެ އަމަލު ހިންގީ ނިޔާޒް ނޫންކަމަށްވެސް ބުނެފައި ނުވާ ކަމަށެވެ. އަދި ނިޔާޒްގެ މި ބުނުމަކީ އޭނާ ވެފައިވާ އިއުތިރާފާއި، އެ އިއުތިރާފަކީ ސައްހަ އިއުތިރާފެއްކަން އެނގޭ އިރު، ލިބިފައިވާ ގަރީނާތަކުން ނިޔާޒަކީ ޝިހާމްގެ ގާތިލްކަން ޝައްކު އުފެދޭ ކަމެއްވެސް ނުފެންނަ ކަމަށް ފަނޑިޔާރު ޝުއިބް ވިދާޅުވިއެވެ.

އެހެންކަމުން ނިޔާޒްގެ މައްޗަށް ގަސްތުގައި މީހަކު މަރާލިކަމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އެ ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނާއި އެއްގޮތަށް ކޮށްފައިވާ ހުކުމެއް ކަމާއި، އެ ހުކުމަކީ ސައްހަ ހުކުމެއް ކަމަށް ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންނަށް ގަބޫލު ކުރެވޭ ކަމަށް ފަނޑިޔާރު ޝުއިބް ވިދާޅުވިއެވެ.

ނިޔާޒް ވަނީ ޝިހާމަށް ވަޅިން ހަމަލާ ދިން ކަމާއި، ހަމަލާ ދިނުމަށްފަހު އޭނާގެ ހަށިގަނޑު ދޫކޮށްލައިފައި އެނބުރި ގެއަށް އައި ކަމާއި، ހަަމަލާދިން ސަބަބާއި، ހަމަލާދިން ގޮތްވެސް ތަހުގީގުގައި ކިޔާދީފައެވެ. އަދި ޝިހާމް މަރުވެފައި ވަނީ ނިޔާޒްގެ މި އަމަލުކަން އޭނާ އެއްބަސްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ނޯނޭމް

  އިސްލާމީ ޝަރީއަތާއި އެއްގޮތަށް ހުކުން ތަންފީޒު ކުރުމަށް ގޮވާލަން.

  21
  1
 2. Anonymous

  ޤާތިލު ޤަޟާގެ މަޖުލީހުގައި ފާޅުގައި މެރިކަމަށް އިޢުތިރާފުވެ މަރަށް މަރު ނަމަވެސް އަވަހަށް ޙުކުމް ތަންފީޒުކޮށް ދިނުމަށް އެދޭއިރު ކީއްވެބާ ޙުކުމްތަންފީޛު ނުވެގެން މިއުޅެނީ.

  12
  1
 3. ހާމަ

  މީހުންނަށް ނުރައްކާތެރި އިންޒާރުދޭ މީހެއް ސިފައިންގޭގައި ވެސް އެބައުޅޭ.

 4. ނަގުލު ފިއްތި

  އެހެންވީއްޔާ މަރަންވީނޫން އަވަހައް. ކީއްވެގެންތަ ނުވެގެން ތިއުޅެނީ؟؟؟

 5. މިތުރާ

  ތުހުމަތު ކުރެވެޔޯ!ޔަގީންވާނީ ކޮންދުވަހަ ކު!؟މަރަންވީ އާންމުންނަށްގޮވާފާ އެންމެންކުރިމަތީ ކެރޭނެއްގެ މަތީ ބަހަށްޓާފަ، ހިތަށް އެރުމުން މީހުންމަރާމީހުން ގިނަވެއްޖެ .

 6. ކަހުރަބު

  ވަޓް އަ ޖޯކް މި ވަގުތު މި އޮތް ލާދީނީ އެމ ޑ ޕ އެމް ޑ އެން ރ ސ ސ ސަރުކާރުން ފާޅުގަ ބުނެފަ އޮތީ މަރަށް މަރު ނުހިފާނެ ކަމަށް މާނަ އިސްލާމީ ޙުކުމް ތަންފީޒު ނުކުރާނެ ކަމަށް ދެން ކޮން ސަކަރާތެއް

 7. ގާތިލް

  ގާތިލްކަލޭގެވެސް އެ އާދޭސްކުރަނީ އިސްލާމީ ޝަރިއަތުގައިވާ ގޮތަށް ތިމަންނަ ދަންޖައްސާށޭ.... ވާރިސުންވެސް އާދޭސްކުރަނީ ތިމަންނަމެން ބޭނުންވަނީ ގިސާސް ހިފާށޭ... އެ ވަރަށް އާދޭސްކުރާއިރުވެސް ހުޅަނގުގެ ޔަހޫދީންގެ ބޮޑުންދެކެ ބިރުން އެކަން ނުކުރެވެނީބާ...އެހެންވީއްޔާ އަނިޔާއެއް ނޫންތޯ އެމީހަކު ޖަލަށް ލުމަކީވެސް ކިތަށް އަހަރުތޯ....އެދަނީ.....އަނެއްކާ ޖަލުގައި ބަހައްޓައިގެން ދައުލަތުގެ ހަޒާނާއިން މީހަކަށް ދުވާލަކަށް ކިހާފައިސާއެއްތޯ ހަރަދުކުރަންޖެހެނީ މަހަކަށް ބާރަހާސް... ދެން ބޮޑުވަރު

 8. ދިވެހި ދަރިއެއް

  ކާކުތޯ ބޭނުންވަނީ ހަމަޖެހުމާއި، ރައްކާތެރިކަން. އިސްލާމްދީނުގައިވާ ގޮތަށް ޝަރިއަތަށް ފުރިހަމައަށް ބޯލަނބާ ހުކްމް ތަންފީޒްކުރޭ....
  އިންސާނާގެ ބުއްދިއާއި މެދު ވިސްނަވާ ފުރިހަމަވަނީ ކޮންކަމެއް ކޮށްގެންތޯ ކޮންގޮތަކަން އުޅެގެންތޯ އަމިއްލަ ބާރުން ހިތްހުއްޓުވާލަވޭތޯ؟