މިއަދު ރާއްޖެ އިން އިތުރު 115 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން ފައްސިވީ 22 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 85 މީހުން ފައްސިވިއެވެ. އިތުރު އަށް މީހުން ރިސޯޓްތަކުން މިއަދު ފައްސިވިއެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކުރީ 3541 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %3.25 މީހުން ކޮވިޑަށް ފައްސިވިއެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު މިހާރު ކޮވިޑް ބަލި މީހުންގެ އަދަދު ވަނީ 1553 އަށް އަރާފައެވެ. މިއަދަކީ މިމަހު ކޮވިޑް ބަލި މީހުންގެ އަދަދު އެންމެ ގިނަވި ދުވަހެވެ. ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން 20 މީހަކަށް މިހާރު ވެސް ހޮސްޕިޓަލްގައި ފަރުވާ ދެމުން އެބަގެންދެއެވެ.

އޮކްޓޯބަރ މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު މިހާރު 2377 އަށް އަރައެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 110 މީހުން މިއަދު ކޮވިޑުން ރަނގަޅުވިއެވެ.

ރާއްޖެ އިން މިހާތަނަށް ޖުމްލަ 87186 މީހުން ކޮވިޑަށް ފައްސިވެއްޖެއެވެ. އޭގެތެރެއިން 85378 މީހުން މިހާރު ކޮވިޑުން ރަނގަޅު ވެއްޖެއެވެ. ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 242 މީހުން ވަނީ ކޮވިޑްގައި މިހާތަނަށް ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު