ރާއްޖެއިން އިންޓަނޭޓް އެކްސްޕޯޓް ކުރެވިދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ، ރާއްޖެ ޓީވީގެ ފަލަ ސުހުރީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ފައްޔާޒް ވިދާޅުވީ، ރާއްޖޭގެ މުޅި އައިސީޓީ ސެކްޓަރ ޑެވެލޮޕްވާން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި އެ ދާއިރާގައި ވަރަށް ހުނަރުހުރި ބޭފުޅުން ތިއްބެވި ނަމަވެސް އެ އަަދަދު މަދު ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެން އެބަ ޖެހޭ އިތުރު މީހުން ޑިވެލޮޕް ކުރަން، އަޅުގަނޑުމެން އެބަ ޖެހޭ އިންފްރާސްޓަރަކްޗާ އިތުރު ކުރަން"

ފައްޔާޒް ވިދާޅުވީ، އޭގެ ތެރޭގައި މިހާރަށްވުރެވެސް އަގުހެޔުކޮށް އިންޓަނޭޓް ލިބޭނެ ގޮތް ހަމަޖެއްސުންވެސް ހިމެނޭ ކަމަށެވެ.

"އަޅުގަނޑުމެން އޮތީ ވަރަށް ބޮޑުތަނުން އަގުހެޔޮކޮށްފައި، އެއަށްވުރެވެސް އަގުހެޔޮވާން އެބަ ޖެހޭ، އޭގެ ތެރެއިން އަޅުގަނޑުމެންނަށް އެބަ ފެނޭ އެކްސްޕޯޓް މާކެޓެއް ކްރިއޭޓް ވެދާނެތަން". ފައްޔާޒް ވިދާޅުވިއެވެ.

މިިނިސްޓަރ މިސާލެއްގެ ގޮތުގައި ފާހަގަކުރެއްވީ ރާއްޖެއިން އިންޓަނޭޓް އެކްސްޕޯޓްވެސް ކުރެވިދާނެ ކަމެވެ.

"ނުވަތަ އަޅުގަނޑުމެންގެ ކެޕޭސިޓީ ބިލްޑް ކުރުމުގެ ސަބަބުން ދިވެހި ރާއްޖޭގައި އެކި އެކި ވިޔަފާރިތައް ކުރުމަށް އެޓްރެކްޝަނަކަށް ކުރުމުގެ ފުރުސަތު އެބަ އޮތް، މިއީ ތަންކޮޅެއް ހުވަފެނީ ކަމަކަށްވެެސް ވެދާނެ، އެކަމަކު މިއީ ވަރަށް ރަނގަޅު ފުރުސަތުތަކެއް ހުރި ކަމަަކަށްވާތީ އަޅުގަނޑުމެން މި ދަނީ އެކަންކަން އެކްސްޕްލޯ ކުރަމުން".

ފައްޔާޒް މިގޮތަށް ވިދާޅުވެފައިވާއިރު، ރާއްޖޭގެ އިންޓަނޭޓްގެ އަގު މިސަރުކާރުން ވަނީ ކުރިއާ އަޅާބަލާއިރު އަގުހެޔޮކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. ހުސޭނުބޭ

    ރާއްޖެއިން އެކްސްޕޯޓްކުރަންވީ ހުސްއަނގަތެޅުން. އެކަން ކަލޭމެންނަށް ވެދާނެ!

    72
    • ވިސްނާލުމަށް އެދެމޭ

      ހަޖަ މް ޓީ މަށް ދަންނަވާދީބަލަ ކޮއް މެވެސް މީހަކު އިންޓަނެޓް އެކްސްޕޯޓުކުރެވިދާނއގޮތުގެ ކުރު ޑްރާ މާކޮޅެ ގެނެސްދޭން..އަހަރެ މެން ދަސްކުރަންވެއްޖެ..ކޮތަޅު ކޮތަޅަށް އަޅާ ޕެކްކޮއްގެންތޯ ފޮށިގަޑުގަ ބަންދުކޮއްގެންތޯ އެއް މެރަގަޅީ..ކުނި ނުވާގޮތަށް ބެހެއްޓޭނެގޮތްވެސް ..

  2. ޒިމްޒިމް

    އިންޓަރނެޓް އެކަންޏެއްނޫން ކަރަންޓްވެސް ބިއްލޫރި ފުޅި ފުޅިއަށް އަޅާފައި ބަންދުކޮއްފައި ވިއްކަންވީ.. ނޫނޭވާ ކުޅަދާނަ އިކޮނޮމިކް މިނިސްޓަރެއް ލިބިފައި މިހުރީ..

    70
    1
  3. މުހަންމަދު

    ނެޓް އެކްސްޕޯރޓޭ ކިޔައިގެން ފޮނި ނުކަޑާ،ބިދޭސީންގެ މައްސަލަ ހައްލު ކޮށް ބަލަ...

    55
  4. ށސޭކު

    ކެކެކެކެ. ކަލޭ ހބލި ވީތަ

    39
  5. ހެހެހެ

    ފްރީ ޑިގްރީ ގަ އައިޓީ ކިޔަވާ މީހުނަށް މަދުން ލާރި ދެނީ

    13
    1
  6. އަހުމަދު

    ގުއި އެ ކްސްޕޯޓު ކުރެވެޏެ

    43
  7. ނާދިރާ

    މީނަ އެކްސްޕޯރޓްވާން ރައްޔިތުން ބޭނުމެއް ނުވޭތަ

    41
  8. އަހަންމާ

    ޕްލާސްޓިކް ފުޅީގައި މޫދު ލޮނު ބަންދުކޮށްފައި އެކްސްޕޯޓް ކުރެވުނަސް މަ ހިނގާނީ އެކޮޅުކޮޅުން............

    41
  9. ޒަރީޜް

    ކަނޑުމަހާއި ގާތައް ރާއްޖެއިން އެކުސްޕޯޓުފެންވަރައް ތައްޔާރުކުރެވޭ އެއްޗަކީ ސަރުކާރުގެ ސިޔާސީ ކަރަޕްޝަނާއި ތާކުންތާކު ނުޖެހޭ ވާހަކައެވެ. އެ އެކުސްޕޯޓު ކުރަންވީ ލަސްނުކޮއް.

    48
  10. އަބްދޫ

    މޮޅުވާހަކަ ނުދައްކާ ބިދޭސީންކަންކަން ރަނގަޅު ނުކުރެވުނު 3 އަހަރު ވިއިރުވެސް . ވަން ވަލުން ނިކުންނާކަށް ވެސް ނޭގުނު. ތިޔައީ މީހެއްނޫން، ގާބިލަކަމެއް ހުރިކަމަކަށް ނުދައްކާ.

    15
  11. މާޟީ

    މިސަރުކާރު ބަދަލުވާއިރައް މިނިސްޓަރު އެކިސްޕޯރޓު ކޮއްލާނީ

    13
  12. ހުވަދޫ މިީހާ

    ރާއްޖޭން އެކްސްޕޯޓް ކުރަންވީ ދަގަނޑު ޖަންގިޔާ

    13
  13. ޢަހާ

    އަނެއްބްރޯ

  14. ޙުސްމާ

    .ރާއްޖެއިން މެމްބަރުންވެސް އެކުސްޕޯރޓު ކުރެވިދާނެ..އެހާމެއްބަރުންގިނަ..ރާއްޖެއިން ބަންގާޅިންވެސް އެކުސްޕޯރޓު ކުރެވިދާނެ..

    13
  15. އަޅިބެ

    ޜާއްޖޭގެ އެކޮޅޮމިކު ސޭކުބޭ

    12
  16. 🤣🤣🤣🤣

    މަހުވެއި ބިއްލާހި މަ މުއަވޭހެއް

    9
    1
  17. ގުދުގުދާބެއްޔާ

    ހެހެހެ! ތިޔައީ ކުރިން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ކަން ކުރި މަނިކުވެސް ބުނިފަދަ ބަހެއް! އޭނާބުނީ " އެސްޓީއޯއިން ތެޔޮ ރިއެކްޕޯޓް ކުރަންށޯ މިއުޅެނީ" މަހީހީ ބަޑަށް ހަލާކު! މި ފައްޔާޒަކީވެސް އެކަހަލަ ރޯނު އެދުރެއް! މީނާވެސް އެބުނީ ހަމަ އެފަދަ ބަހެއް!

    10
  18. ގުބޯނެޓް

    ފިތުނަ ފަސާދަ ، މަކަރާއި ހީލަތް ، ގުބޯހެއްދުން ވެސް އެކުސްޕޯޓް ކުރެވިދާނެ..މިކަމަށް ކަލޭމެންގެ ކެޕޭސިޓީ އެބަހުރި..

    13
    1
  19. ޒާ

    ފައްޔާޒަކީ ހަމަ ފައްކާ އަނގަކާޅެއް. ބަލަ ރާއްޖޭގާ މިއުޅެނީ އިންޓަނެޓް ގިނަވެގެން ފުރިހަމަވެގެން ބަންޑުންވާތީތަ؟

    14
  20. ނިނަ

    ދުނިޔޭގެ އެންމެ އަގުބޮޑު އިންޓަރނެޓް ގަންނާނީ ކާކު. މޮޔަ ވާހަކަ ދައްކާ މީހާ

    11
  21. ދަށުނާރު

    ތިޔައީ ކޮންމެހެންވެސް ޕާރމަނަންޓް ކޮށް މިގައުމުން ތާއަބަދަށް ބޭރު ކުރަން ޖެހޭ އެކަތި. ތިކަހަލަ އެތަށްއެއްޗެއް މިގައުމުގަ އެބައުޅޭ

  22. އަލީ ބުނީ

    ދިވެހި ގައުމައް ވަންނަ ބޭރު ފައިސާ ނޫނީ މިގައުމުން އިތުރު އެއްޗެއް އެކްސްޕޯޓް ކުރާނެކަމެއްނެތް. ވަރައް ސަލާން.

  23. ބުރާންތި

    ކަލޭމެން އަށް އެކްސްޕޯޓް ކުރެވޭނީ ލާދީނީ ފިކުރާ ، ކޮރޮޕްޝަން އަދި ފަސާދަ ކުރުން.

  24. Anonymous

    ރާއްޖެއިން އިންޓަނެޓެއް ނޫން އެކްސްޕޯޓް ކުރަންވީކީ މޑޕ ހާއްސަކޮއް ކެނެރީ ނަޝީދު އެކްސްޕޯޓް ކުރެވޭތޯ ބަލަންވީ.

    14
  25. މަޑުކަށި

    ބަލަތީ ރާއްޖޭގަ ގަވާއިދާހިލާފަށް ދިރިއުޅޭ ބިދޭސީންގެ ކަންތަށް ނިންމަން 2 އަހަރު ތެރޭ ބުނި މީހާ // ތިހެން ހުވަފެން ދަށްކައިން ނެތްތެންވަރުން އެކްސްޕްލޯރ ކޮށް ހުއްޓާް 5 އަހަރު ދައުރެއް އަސުރަށް އިރުތިރިވީ /// އިސްތިއުފާ ///

    12
    1
  26. ޢަލިބޭ

    ރައްޖެއިން އެކުސްޕޯތު ކުރަންވީ ފައްޔާޒު އިސްމާއީލް ކިޔާމީހެއް.

  27. ައަހާ

    ރާއްޖެއިން އެކްސްޕޯރޓް ކުރެވޭނީ ކޮރަޕްޝަން

  28. ނިކަމެތި މީހާ

    ފައްޔާޒު މީ ހަމަ ފައްކާ ދެބޯ ގެރިޔެއް.... މިހާރު އެހަރެގެން ދޮންވެފައްކާ ވަނީ މި ބުރާންތި

  29. ބޮލި މުލައް

    މިނިމަމް ވޭޖް ކަނޑައެޅުމުގެ ވަޢު ފުއްދައިނުދެވުނު މީހަކު މިހާރު ތިކުރަނީ ނިކަމެތި ރައްޔަތުންނަށް މަލާމާތް.
    ރާއްޖޜގައި ތިބި އިންޑިޔާ ސިފައިން އެކްސްޕޯރޓްކުރަން ފަށާބަލަ

  30. ނަސްވީ

    އިންޓާރނެޓް އިންފުރާ ސުޓުރަކްޗާއާއި އިންޓަނެޓް ޓެކްނޮލޮޖީގައި ރާއްޖެ ކައިރި ގައުމުތަކާއި އަޅާކިޔާ މާމޮޅުވީތޯ އެކަމުގައި ކޮމްޕެޓިޓިވް އެޑްވާންޓޭޖް ލިބޭ މިންވަރައް. ؟ ރާއްޖޭގެ އިންޓަނެޓްގެ ހާލަތް ފައްޔާޒައް އެނގެނީ ކިހާ މިންވަރަކައްތޯ.؟ މި ސަރުކާރުގަ ހަމަ ހިކުމްތެއް ހުރި އޮއްޓަރެއް ހުރި އެއްވެސް މިނިސްޓަރުކު ހިޔެއް ހުރި ހެނެއް. މިހިރީ ދެން ރައްޔިތުން މިވެރިން ކިބައިން އަޑުއަހަންޖެހޭ ވާހަކަ. މިވާހަކަތައް އަޑުއެހުމަކީވެސް އިތުރު ވޭނެއް.

  31. ޒަމީރު

    އިންޓަނޭޓުން ގަރުދިޔަ ކައްކާފަ ރިހާކުނެޓު އުފައްދާފަ އެކުސްޕޯޓުކޮއްބަލަ ޖައްވުގަ ތިބޭ އެސްޓުރޮނޯޓުންނައް.

  32. ވިޓްރާން އަބީ ގާބިލް

    މީ ޝަހިންދާ، އިބުރާ ފަދައިން މީހައަށްވުރެ ކުރިން އަނގަ ވިހާފަތިބި ލާދީނީ މީހުން. އިކޮނޮމިކް މިނިސްޓަރަކަށް ހުރެ އެތައް ކަޓެއްނަގާ ޖަރީމާހިންގަމުންދާ ހިތުން މަބޮޑުވެހުރި މާ ގައްޑާ މީހެކޯދެން! މިކަހަލަ ހައެއްކަ އާއިލާއެއް އެބައުޅޭ މިމީހުންގެ ކިބައިން ގައުމު ސަލާމަތްކުރަންޖެހޭ. ކެނެރީ،ސިއްކަ، ބޯގަންވިލާ، މައުމޫނިޒަމް، ކެރަފާ!

  33. މަރީ

    ލޮލް. ގަރުނުގެ ބޮޑު ޖޯކު މީ. ތަނުގަ ތިބި ހައެއްކަ މީހުނަށް އިންޓަނެޓް ސްޕީދް ނުދެވިގެން އުޅޭ އިރު ހިތަށް އަރާ ލަދުވެސް ނުގަންނަނީބާއޭ

  34. ޔަޤޫލް

    އިންޓަރނެޓް އެކްޕޯޓްކުރާކަށް ފަސޭހަ އެއް ނުވާނެ. ސަބަބަކަށް ވަނީ އިންޓަނެޓަކީ ވަކި ފިނިހޫނު މިނެއްގައި ބަހައްޓައިގެން އެސްޕޯޓް ކުރެވޭނެ އެއްޗެއް. އަނެއްކޮޅުން އެ ދިރޭގޮތަށް އެކްސްޕޯޓް ކޮށްފިއްޔާ އެގޮލާ ނިކުމެގެން ހިނގައިދާނެ ކޮންޓެއިނަރ ތެރެއިން.

  35. ފޯއޮބެ

    މީނަ ބޯ އެއްޖެއް މަވެސް ބޯންބޭނުން

  36. އެލެކްސް ބޭބެ

    ނެކްސްޓް ޖޯކް ޕްލީސް!