މިއަދު ހެނދުނު ހުޅުލޭ ފަޅަށް ވަތް ކަންނެލި ހިބަރެއް ހިފައިފިއެވެ.

ފޭސްބުކްގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުން މިހިބަރު ހިފާފައިވަނީ ޖެޓީމަތީގައި ހުރެ ދާވަނި އަޅުވައިގެންނެވެ.

މަސްވެރިންގެ ޚަބަރުތައް ގެނެސްދޭ "މަސްވެރިން އެމްވީ" ގައި އަށް މައުލޫމާތު ދިން މީހަކު ބުނީ ހިބަރު ޖެޓީއަށް ނެގުނީ ތިން ފަހަރު ދާވަނި އަޅުވައިގެން ކަމަށެވެ. "ހިބަރު އައިސް ހުރީ ޖެޓީގެ ކަނުގައި އެނބުރި އެނބުރި. ގާތްގަނޑަކަށް ތިން ފަހަރު ދާވަނި އަޅުވައިގެން ނެގުނީ. ފުރަތަމަ ދެފަހަރުވެސް ދާވަނި އަޅުވައިގެން ނަގަންއުޅެނިކޮށް ނައްޓައިގެން ވެއްޓެނީ. ވެއްޓުނީމަވެސް ދާކަށެއް ނޫޅޭ. ހަމަ އެނބުރި އެނބުރި ހުންނަނީ. ގާތްގަނޑަކަށް 8 ފޫޓު ނޫނީ 9 ފޫޓު ހުންނާނެ އެ ހިބަރުގަ. ހިބަރު ހިފީ އެއަރޕޯޓުގެ މުވައްޒަފުން" އެވަގުތު އެސަރަހައްދުގައި ހުރި މީހަކު ބުންޏެވެ.

އެނޫހުގައި ބުނެފައި ވަނީ ކަންނެލި ހިބަރަށް ރާއްޖޭގެ ބައެއް ހިސާބުތަކުގައި ތުންގަނޑު ހިބަރޭވެސް ކިޔައެވެ. މިއީ އާންމުކޮށް މާކަނޑުތަކުގައި އުޅޭ ހިބަރެކެވެ. މި ހިބަރަކީ ދުނިޔޭގެ މައިގަނޑު ތިން ކަނޑު ކަމުގައިވާ އެޓްލާންޓިކް ކަނޑާއި، ޕެސިފިކް ކަނޑު އަދި އިންޑިއާ ކަނޑުގެ ދުނިޔޭގެ ދެބައިހަމަ (އީކުއޭޓަރ) ސަރަޙައްދުގެ ހޫނު (ޓްރޮޕިކަލް) ކަނޑުތަކުގައްޔާއި މެދު މިންވަރަކަށް ހޫނު (ސަބް-ޓްރޮޕިކަލް) ސަރަޙައްދުތަކުގައި އުޅޭ މަހެކެވެ. އަދި މަދު ހާލަތްތަކުގައި ފިނި (ޓެމްޕަރޭޓް) ކަނޑުތަކުގައި ވެސް ތުންގަނޑު ހިބަރު އުޅެއެވެ. ދިވެހިރާއްޖޭގައި އަތޮޅުތަކުގެ އެތެރެވަރީގައި އާންމުކޮށް އުޅެނީ ފަންގަނޑު ހިބަރެވެ.

2014 ވަނަ އަހަރު މާލޭ ރާޅުގަނޑު ސަރަހައްދަށް ތިލަވި ހިބަރެއް މީހަކު އަތުން ހިފާފައިވެއެވެ. އެމަންޒަރު ފެންނަ ވީޑިއޯއަށް އެދުވަސްވަރު ވަރަށް ބޮޑު ސަމާލުކަމެއް ލިބުނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހިލްމަތު

    އީޕިއޭ ކޮބާ؟

    10
    4
  2. ހާލުފޮޅި

    އެއަރޕޯޓްގަ، ހުރިހާ ފަތުރުވެރިން ކުރިމަތީ؟؟؟ދޫކޮށްލިނަމަ މަންޒަރު ރީތިވީސް..

    18
    8
    • ބާލު ރޮށި

      ހިބަރު އެއީ ހިފުން މަނާ އެއްޗެއް ތަ؟؟

      1
      4
  3. ޑޯޒް

    ތިވެސް ދެން ހަބަރެއް ދޯ

    8
    3
  4. ބެލޭނެމީހަކުނެތް

    އަނެއްކާ މިއުޅޭކަލޭގެ ހިބަރުހިފުން މަނައެއްނުކުރާނެބާ ގެސްޓުންނައް ފެންނަގޮތައް ތިޔާކަހަލަވީޑިއޯ ތިޔަލަނީ އެބުނާު ޔޫކޭގެ ކޮންމެވެސް ހަމިއްޔައަކުން ހިބަރ ހިމާޔައްކޮއްފާނެ

    3
    1