އދ މާމިގިލީގައި ސަރުކާރުން ތަރައްގީ ކޮށްފައިވާ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރަށް ފުރަތަމަ ފަހަރަށް ކާގޯ ހިފައިގެން އައި ބޯޓް ބަނދަރުކޮށްފިއެވެ.

ފުރަތަމަ ކާގޯ ބޯޓް ބަނދަރުކުރުމާއެކު މާމިގިލީ ޕޯޓް ގެ މަސައްކަތް ފެށިގެން ގޮސްފައިވާކަމަށް މާމިގިލީ ވިޔަފާރި ބަނދަރު ހިންގަމުން އަންނަ އެމްޕީއެލް އިން ވަނީ ހާމަކޮށްފައެވެ.

މާމިގިލީ ޕޯޓަށް އެންމެ ފުރަތަމަ ކާގޯ ޝިޕް އައުމުގެ މުނާސަބަތާއި ގުޅިގެން އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖްސް: އަމީން ފަހުމީ

މާމިގިލީގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ އެމްޕީއެލް ގެ ސީއީއޯ އަބުދުއް ރައްޒާގް ވިދާޅުވި ގޮތުގައި މިއަދަަކީ އެމްޕީއެލްގެ ތާރީހުގައިވެސް ވަރަށް ހާއްސަ ދުވަހެއް ކަމަށާއި މާމިގިލީ ޕޯޓު ހުޅުވިތާ ދެ މަސް ދުވަސް ތެރޭ ފުރަތަމަ ފަހަރަށް ކާގޯ ބޯޓެއް ބަނދަރުކުރީ މިއަދު ކަމަށެވެ.

މާމިގިލީ ވިޔަފާރި ބަނދަރު ތަރައްގީ ކުރުމުގައި ގޮންޖެެހުންތަކެއް ކުރިމަތިިކަން ރައްޒާގް ވަނީ ފާހަގަ ކުރައްވާފައެވެ.

މާމިގިލީ ޕޯޓަށް އެންމެ ފުރަތަމަ ކާގޯ ޝިޕް އައުމުގެ މުނާސަބަތާއި ގުޅިގެން އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖްސް: އަމީން ފަހުމީ

"ރައީސް ޔާމީން މާމިގިލީގައި އިންޓަނޭޝަނަލް ޕޯޓެއް ހުޅުވުމަށް ނިންމަވާ އެކަމުގެ އަމަލީ މަސައްކަތް ފަށްޓަވާފައިވަނީ 2017 އަހަރު. ސަރުކާރުގެ މިނިސްޓުރީތައް ހާއްސަކޮށް އިކޮނޮމިކް މިނިސްޓުރީ ، ހައުސިންގް މިނިސްޓުރީ ،ކަސްޓަމްސްގެ އެހީތެރިކަމާއެކު ކުރިމަަތިވި ގޮންޖެހުންތަށް ހައްލުކޮށް ބަނދަރު ހުޅުވިފައިމިވަނީ " ރައްޒާގް ވިދާޅުވިއެވެ.

މާމިގިލީ ބައިނަލް އަގުވާމީ ވިޔަފާރި ބަނދަރުގައި ކުރިއަށް އޮތްތަނުގައި ހިދުމަތް ފުޅާ ކުރެވި ވެއާހައުސް ،ހިދުމަތާ ކޯލްޑް ސްޓޯރޭޖް ގެ ހިދުމަތާ ، ސިލިޕް ވޭ އަދި ޔޮޓް މެރީނާއެއް ތަރައްގީ ކުރެވިގެން ދާނެކަން ރައްޒާގް ވަނީ ފާހަގަ ކުރައްވާފައެވެ.

މާމިގިލީ ޕޯޓަށް އެންމެ ފުރަތަމަ ކާގޯ ޝިޕް އައުމުގެ މުނާސަބަތާއި ގުޅިގެން އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖްސް: އަމީން ފަހުމީ

މާމިގިލީ ވިޔަފާރި ބަނދަރު ގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކަސްޓަމްސް ގެ ކޮމިޝަނާ ޖެނެރަލް މުހަންމަދު ޖުނެއިދު ވިދާޅު ވިދާޅުވީ މި ބަދަލާއެކު މާމިގިލީގައި ކާގޯ ބޯޓް ބަނދަރުކުރެވި ހިދުމަތް ދޭން ފެށުމުން މަސައްކަތް ހަލުއިވެ ހާއްސަކޮށް ވިޔަފާރިވެރިންނަށް ވެސް މިކަމުގެ ލުއިފަސޭހަ ލިބިގެންދާނެ ކަމަށެވެ.

"އެމްވީ ކިނބި" ބޯޓް މާމިގިލީ ވިޔަފާރި ބަނދަރުކުރުމާ ގުޅިގެން މާމިގިލީ ރަތްޔިތުންގެ ފަރާތުން ވަނީ ބޮޑުބެރުގެ ހަރަކާތަކާއެކު ބޯޓުގެ ފަޅުވެރިންނަށް ފަރިވަޅު އެރުވުމުގެ ހަރަކާތެއްވެސް ކުރިޔަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޏަމްޏަމް

    ސާބަސް އަދުގެ ސަރުކާރު ތަރައްގީ ހަމަ ޔަގީން ބުނެލާއިރަށް އެ އަންނަނީ ތަރައްގީ ތިޔައީ ޒައީމެ އަދު ގައުމު ތަރައްގީވާ ޝުކުރަން ޝުކުރަން. ރައީސް ޔާމީން.

  2. ހުސޭނުބޭ

    ވަރަށް ސަޅި