މާލޭގެ މިސްކިތަކަށް ވަދެ ހަތިމަށް ކުޅު ޖެހި ދިވެއްސަކު މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާލޭގެ އިބްރާހީމް މިސްކިތަށް އަރައި ތިމަކަށް ކުޅު ޖެހި މައްސަލައެއްގައި 40 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާ ހައްޔަރު ކުރީ މިއަދު ހަވީރު ހަތަރެއް ޖަހާކަން ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ނަމަވެސް "ވަގުތަށް" ކަށަވަރުވެފައިވާ ގޮތުގައި އެމީހާއަކީ މާލޭގެ ދެ މިސްކިތަކަށާއި ރައީސް އޮފީހަށް ކުޑަކަމު ދިޔަ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މ. ޝޭޑީހޯމް، ހަސަން ޒިޔާދު، 40،އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވެސް ފޮނުވިއެވެ.

ޕީޖީ އޮފީހަށް އެ މައްސަލަ ފޮނުވި ފަހުން ވެސް ޒިޔާދު ވަނީ މާލޭގެ މިސްކިތަކަށް ކުޑަކަމު ގޮސްފައެވެ. އެފަހަރު އާންމުން އޭނާ ހުއްޓުވައި ނަސޭހަތް ދިނުމަށް ފަހު ދޫކޮށްލިއެވެ. އެ ފަހަރު އާންމުވި ވީޑިއޯގައި ވަނީ އެފަދަ ކަމެއް ދެން ނުކުރާނެ ކަމަށް ވެސް ބުނެފައެވެ.

މިސްކިތަށް ކުޑަކަމުދިޔަ މައްސަލާގައި މި މީހާ ހައްޔަރުކުރީ މިދިޔަ މަހު ތިން ވަނަ ދުވަހުއެވެ.

ޒިޔާދަކީ ވައްކަމާއި މަސްތުވާތަކެތީގެ ކުށުގެ ރިކޯޑު އޮންނަ މީހެއް ކަން އެނގިފައިވެއެވެ

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. Anonymous

    ތީި ތީނަ ގަސްދުގަ ކުރާ ކަމެއް.

    48
    1
    • އާންމުން

      ލާރި ދީގެން ބަޔަކު ކުރުވާ ކަމަކާ ވައްތަރީ

      26
      2
    • ދޮންބެ

      މީނަ ދެން ހައްޔަރުން ދޫކޮށްނުލާތި! ދެން މާގިނައިން މީނާ މަގުމަތީގަ ގިނަވިޔަނުދޭތި! މިއީ ހަމަ ބަޔަކު އަޑީގަ ތިބެގެން ކުރުވާކަމެއް! މީ ހަމަޖެހޭ މީހެއް! ހަމަޖެހޭ މީހެކޭ މިބުނަކީ މީނަ މިކުރާ ކަމަކީ އިސްލާމްދީނަށާ މުސްލިމުން ރުޅި އަންނަ ކަންތައްތައް ހަމައެކަނިކުރާތީ!! މީނަ މިކުރާކަމަކީ މިސްކިތްތަކަށް ކުޑަކަމުދިއުމާ ކީރިތި ގުރުއާނަށް ކުޅުޖެހުން!! މިކަން ހަރުކަށިކޮށް ކުށްވެރިކުރަން!! މިކަން ހުއްޓުވާ!!

      11
      2
  2. ޢަހުމަދ

    މާލަސްވެސް ވެއްޖި މީނާ ހައްޔަރުކުރަން

    43
    1
  3. ހުސޭނުބޭ

    ދެ ތި މީހާގެ ނެތް ބައްްޔެއް ނުހުންނާނެ! އެހެންވެ ވަރަށް އޯގާތެރިކަމާއެކު ދޫކޮށްލާފާނެ! އެކަމަކު ސިވިލްސާވެންޓް މީހާ މަޖަލަކަށް ބުނާ ސިޔާސީ ވާހަކައަކުންވެސް މަޤާމު ގެއްލޭ! ޖޯކެއްނު މިއީ!

    49
    2
    • ބޮސް

      ޢަސްލުވެސް. ތިނޫންގޮތެއް މިގައުމުގަ މިހާރަކުނެތެއްނު. އަހަރުމެން ސިވިލްސާވިސް މީހުންނަކީ މިގައުމުގެ ބޭރުންގެންނަ މަސައްކަތްތެރިންނަށްވުރެވެސް ނިކަމެތި ބައެއް. ދޫބަންދުކޮށްފަ ތިބި ބަލިކަށިބައެއް.

      20
      1
      • ދިވެހި މީހާ

        ނިކަން އަހަރެމެން މަދަނީ ބަސްނޭހުމަކަށް ނިކުންނަން ހިނގާބަލަ. ގައިމުވެސް ކެރިގެން ނިކުމެއްޖެއްޔާ އަހަރެމެންގެ ބައި މަދެއްނުވާނެ. ގެރެންޓީ ކޮޅަކު ޖެއްސޭނެކަން

        8
        1
  4. ސަމަދު

    އޭނާ އަކީ މިސްކިތަށް ހާޖަތް ކޮށް ހަތިމަށް ކުޅުޖަހާ ބަލި ހުންނަ މީހެއް،. އެހެން ތަނަކަށް އެކަން ނުކުރާނެ އެބައްޔަކު ވީމާ އޭނާގެ ބަލިކަމުން ހައްޔަރެއްގައި ނުބެހެއްޓޭނެ. މިއީ ނަތީޖާއަކީ

    18
    1
  5. Anonymous

    ތުރުކީގައި ހަތިމަށް އިހާަނާތް ތެރިވި މީހާ ޔަށް ވަގުތުން އުގޫބާތް ލިބުނު ތިބުނާ މީހަކަށްވެސް ކޯފާ ލައްވާ އިބުރަތަކަށް ވާނެ ގޮތް ހައްދަވާށި އެމީހާ ޔަކީ ގައުމަށްޖެހިފައޮތް ވަބާޔަކަށް ވެއްޖެޔެއްނު

    25
    1
  6. ދޮގެއްތަ؟

    މި ސަރުކާރަކީވެސް ޖޯކެއްނު.

    17
    1
  7. ޓޖފފދ

    ތިމީހާ މޮޔަވެގެން ވެސް ނުބައި ކަންތައް ކުރަން މިފެންނަނީ ޚަތިމް ނޫނީ މިސްކިތް އަރަތެއް މިދެން

    20
    2
  8. ސަނީ

    މީ ސަރުކާރުން ރާވައިގެން މި މީހާލައްވާ ކުރުވާކަމެތް ކަމަށްބެލެވޭ

    19
    2
  9. އިބްރާހިމް

    މުސްލިމަކު ހަމަބުއްދީގައި ތިޔަފަދަ މުޑުދާރު ޢަމަލެއް ނުކުރާނެ.

    13
    1
  10. އެޖެންޑާ19

    ތިޔައީ އާންމުކަމެއް ބަންދުކުރާނެ މާދަމާ ދޫކޮށްލާނެ އެއީ ލާދީނީ އެމްޑީޕީން ކުރުވާނުބައި ޢަމަލެއް އެކަން ވަރަށް ސާފު

    19
    1
  11. ޝޮކްތެރަޕީ

    އެމްޑީޕީ ވެރިކަމައް އަންނަ ކޮމްމެ ފަހަރަކު މިހެންވޭ. ދެރަ

    6
    1
  12. އާމިނަތު

    އޭނަ ބޯގޯސްވަނީ އިސްލާމް ދީނަށް ފުރައްސާރަ ކުރަންވީމާތަ.ﷲގެ ކަލާމްފުޅަށް
    ކުޅުޖެހުމާއި މިސްކިތަށް ކުޑަކަމު ދިޔުމާ
    މިފަދަ ކަންތައް ކުރުމުން ސުވާލު އުފެދެނީ

    5
    1
  13. ތުއްތަމާ

    ބަލާތި ތިކަލޭގެ ބަންދުގާ ބަހައްޓަނީ ކިތައްދުވަހުތޯ ސާލިހަކަށްނުކެރޭނެ ލާދީނީ މީހަކަށް އަދަބުދޭކަށް

    6
    1
  14. Anonymous

    ކކ

  15. ކަލޯގަޔާ

    މީނަ ކުޅުޖެހީ ސިޔާސީ މީހެއް ގަޔަންނަމަ، މިހާރު އޮންނާނެ އެކޮޅުކޮޅުން އެލުވާފަ.. ގޮތް ކުޑަ ނުލަފާ އެތި..

  16. އަލީ

    ދެދުވަސް ނުވާނެ ދޫކޮއްލާއިރު. އެހެންވީމަ ތީ ކުރުވާ ކަމެއް!!

  17. އަލީމޫސާ

    މީނަ ސކުޑިހަމަނުޖެހިގެން ކުރަނީ މިކަންތައްތަ. މީ އާވައްތަރެއްގެ ސިކުޑީގެ ބަލިއެއްތަ؟