ހުޅުމާލޭ ޢާޒީ ސްކޫލް ކައިރީގައި ހުންނަ ފުލެޓެއްގައި ގޭސް ފުޅިއެއް ގޮވައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، 0584 ފްލެޓްގެ ގެ ގްރައުންޑްފުލޯގައި ގޭސް އެކްސްޕްލޯޝަނެއް ހިގައިގެން އެމްއެންޑީއެފް ހުޅުމާލެ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 18:46 އެހާކަންހާއިރު ކަމަށާއި ހާދިސާ ހިނގަން މެދުވެރިވީ ގޭސް އުނދުނަށް ގުޅާފައި ހުރި ގޭސް ހޮޅީގެ ބުޑުން ގޭސް ލީކުވެފައިވަނިކޮށް އުނދުން ރޯކުރަން އުޅުމުން ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގައި އުނދުން ރޯކުރަން އުޅުނު ކުއްޖާގެ ހެދުމުގެ އަތްކުރި އަނދައިގެން ދިއުން ފިޔަވައި އިތުރު ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ތ

  ގޭސް ފުޅި ގޮވުން އާންމު ވާން ފަށައިފި މީ ކޮން ކުންފުންޏެއްގެ ގޭސް ތޯ ބަލަން ޖެހޭ ފިޔަވަޅު އަޅަން ޖެހޭ މީހުންގެ ފުރާނަ ނުގެއްލެނީސް

  34
  1
 2. މުހައްމަދު ކަބީރޯފް

  ކުޑަ ރަށެއްގެ ރައްޔިތުން އުޅޭހާ ގިނައިން އެއް އިމާރާތެއްގައި މީހުން އުޅޭއިރު ތިތަނުގެ އަލިފާން ނިއްވާ ނިޒާމް ވަރަށް ރަނގަޅުވާންޖެހޭ އަދި އިމަޖެންސީ އެގްޒިޓްތައް ގިނައިން ހުންނަންޖެހޭ. އަލިފާނުގެ ހާދިސާއެއްގައި އިމާރާތުގެ ތެރޭގައި ތާށިވާ މީހުން ސަލާމަތްކުރެވޭނެ ރަނގަޅު ހަރުދަނާ ނިޒާމެއް ގާއިމްކުރެވިފައި އޮންނަންވާނެ ކަމަށް ދެކެން.

  32
 3. ބޮންދު

  ގޭސްފުޅިގޮވީތަ ރޯވީތަ ގޭސްފުޅިވޭލްގަރޯވީތަ ގޭސްހުރިފުޅިއެއްގެ އެތޭރޭގަ ޜޯވުންވަރައްނުވާކަމެއް ޕުރަޝަރުގަ ބޭރުވަނިކޮއް ފުޅީގެ ވޭލައްވުރެމަތީގަ ރޯވިއަސް އަލިފާންހުއްނާނީ ހުސްވާވަގުތު ފުޅީގެ ތެރެއައްހިފާނީ ގިނައަދަދެދްގަ ފުޅިހުރިތަނެއްނަމަ ފުރަޝަރް މަތިވެގެން ގޭސްފުޅިތައްގޮވާފާނެ

 4. ޢަބްދުﷲ ރަޝީދު

  ގޭސް ފުޅިއެއް ނުގޮވާނެ!! ގޭސް ލީކުވެފައި ހހވަނިކޮށް އުނދުން ރޯކުރަން އުޅުމުގެ ތެރޭގައި ކުއްލިއަކަށް ހުޅުފަޅައިގެން ގޮސް ރޯވުމުން އެއީ ގޭސްފުޅި ގޮވީކަމަކަށް ނުވާނެ!!

 5. ޢަބްދުﷲ ރަޝީދު

  ގޭސް ފުޅިއެއް ނުގޮވާނެ!! ގޭސް ލީކުވެފައި ހހވަނިކޮށް އުނދުން ރޯކުރަން އުޅުމުގެ ތެރޭގައި ކުއްލިއަކަށް ހުޅުފަޅައިގެން ގޮސް ރޯވުމުން އެއީ ގޭސްފުޅި ގޮވީކަމަކަށް ނުވާނެ!!

 6. ޖޖޖޖޖ

  ގޭސް ފުޅި އަމިއްލަޢަށް ގުޅާތީ ވާގޮތް... ގޭސްފުޅި ގެނެސްދޭ ތަނަކުން ގުޅައެއްނުދޭ މިޙާރު

 7. ވިސްނާލުމަށް އެދެމޭ

  މިހާތަނަށް އެއްވެ ސް ނޫހަކުން ސާފުކޮށްނުދެވޭ ގޮވަމުންމިދަނީ ކޮންކަހަލަ ފުޅިއެއްކަމެ ގޭހުގެ ގޭ ސްފުޅީގެ ދެބާވަތެއް އެބަގެންގުޅޭ ބަރުފުޅިޔާ ލުއިފުޅި،މޯލްޑިވް ސް ގޭ ސް ވިލާގޭ ސް..ޙަބަރެގެނެ ސްދޭއިރު ކިޔާމީހުންނަ އޮޅުމެތި ސާފުވާގޮތަށް ތަފް ސީލު ގެނެ ސްދިނުން ކީއްވާނީ..

 8. ރޮއިޒާނާ

  ހިޔާ ފްލެޓްތަކަށް ތަށިމުށި ގަންނަން ޔާމީންގެ ގެކޮޅު ވިއްކާލަން ގޮވަމެވެ.