އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން އިސްވެ ކުރިއަށް ގެންދާ "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭން ހަރަކާތުގެ ސަބަބުން ރާއްޖެއަށް ލިބެމުންދާ "ނިއުމަތްތަކުން މަހުރޫމު" ވެދާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދައުލަތުގެ ބަޖެޓްގެ ބަހުސްގައި، އަނދުން ހުސައިން ވިދާޅުވީ އިންޑިއާއާ މި ސަރުކާރުން އޮންނަ ޚާރިޖީ ގުޅުމުގެ ސަބަބުން ރާއްޖެއަށް ފައިދާ ނުވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏަސް ބަޖެޓަށް އެންމެ ބޮޑު ލުޔެއް ލިބެނީ އިންޑިއާގެ އެހީގެ ސަބަބުން ކަމަށެވެ.

އަނދުން ހުސައިން އިޝާރާތް ކުރެއްވީ އިންޑިއާއިން ދިވެހި އަސްކަރިއްޔާއަށް ދީފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓަށެވެ. އެ ތަކެތި ބަލަހައްޓައި މަރާމާތުކޮށް ހިންގަނީ ވެސް އިންޑިއާގެ ޚަރަދުން ކަމަށް ވާތީ ދިވެހި ދައުލަތުގެ ބަޖެޓަށް ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

"އެއިން ދަތުރުކުރަނީ ރައީސުލްޖުމްހޫރިއްޔާއެއް ނޫން، ވަޒީރުންނެއް ނޫން، އަޅުގަނޑުމެން އިއްޒަތްތެރި މެންބަރުންނެއް ވެސް ނޫން، އަޅުގަނޑުމެންގެ މެންބަރުންގެ ދާއިރާތަކުގައި ތިބި ނިކަމެތި ރައްޔިތުން، ބަލިހާލު ބޮޑުވާ ކޮންމެ ރައްޔިތެއް،" އަނދުން ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުގެ ހަރަކާތަށް އިޝާރާތް ކުރައްވައި އަނދުން ވިދާޅުވީ އެ ހަރަކާތުގެ ސަބަބުން އިންޑިއާއާ ދެމެދު ގުޅުން ހީނަރުވެއްޖެނަމަ ދެން އެ ބުރަ ވެސް އުފުލަން ޖެހެނީ ދިވެހި ދައުލަތަށް ކަމަށެވެ.

"އަޅުގަނޑު އެދެނީ އެފަދަ ނިއުމަތްތަކުން ރާއްޖޭގެ ރައްޔިތުން މަހްރޫމްވާ ފަދަ ގޮތަކަށް ނޭނގި ނަމަވެސް މަގުތަކުގައި މުޒާހަރާކޮށް ނެހެދުމަށް،" އަނދުން ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމާ ދެކޮޅަށް "މިނިވަން ކަމުގެ ދިފާއުގައި ދިވެހީން" އަދި "އިންޑިއާ މިލިޓަރީ އައުޓް" ޝިއާރުގައި ކުރިއަށް ގެންދާ ކެމްޕޭންގެ ތެރެއިން އިންޑިއާ ސިފައިން ބާލަން ގޮވާލައި ޕެޓިޝަނެއް ވެސް ވަނީ ތައްޔާރުކޮށްފައެވެ. އަދި ހުކުރު ދުވަސްތަކުގައި ގިނަ އަދަދެއްގެ މީހުނާއެކު، ހިނގާލުން ދަނީ ބާއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

49 ކޮމެންޓް

 1. މާރިޔާ

  އިންޑޔާ މިލިޓަރީ މީހުން މިގައުމުން ބޭރުނުކޮށްފިނަމަ އިންޑިޔާއިން ކަސްމީރު އަޅުވެތިކޮށް އިސްތިއުމާރުކޮށްގެން ހިންގާ ޖަރީމާތަކާއި ލާއިންސާނީ އަމަލުތައް މިތާގައި ހިގާނެ. ކޮންމެ މީހެއްގެ ވާޖިބަކަށް ވަނީ އިންޑިޔާ ސިފައިން ބޭރުކުރަން ޖެހުނުކޮންމެ މަސައްކަތެއް ކުރަން ނޫނީ ފަހުން މިކަންވެސްނުކުރެވޭނެ އިންޑިޔާ އައުޓް އިންޑިޔާއަޓް

  89
  • އަހުމަދުކަ

   ކޮއެފުޅާ ތީން ކޮންމެ ޕާޓީއެއް ވެސް ރައްޔިތުން ވާވައްދަނީއެވެ. އޭގެތެރެއިން ކޮންމެ މީހަކުވެސް ހަންބޮނޑި ބޮޑުކުރެވޭތޯ ބަލަނީއެވެ.

 2. Anonymous

  ޢިންޑިއާއިން ތަ ނިއުމަތް ދެނީ؟؟ މި އެއްތާމެންނަށް ކިޔޭ ނިކިޔޭ އެއްތަކަސް ނިޔެންގެއި ދީ.

  98
  • ނޭނގޭނެ

   އިންޑިޔާއަށް ކުރި ދަތުރެއްގައި ބާޠިލުއަޅުކަމެއްގައި ދެއަތްމައްޗަށް އުފުލައިގެން ހުރި ފޮޓޯތައްވަނީ އާންމުވެފައި. ވީމާ، ނިއުމަތްދެއްވާ ފަރާތް މައުރިފާކުރަން އެނގޭނެކަމާމެދު ސުވާލުއުފެދޭ.

 3. އަހްމަދު

  މިހިރަ ގަމާރާ އަހަރުމެންނައް ނިޢުމަތްދެއްވަނީ އިންޑިއާގެ ހިންދޫންކަމައްހީކުރަނީތަ؟ އަޅޭމިކަހަލަމީހުން ލާރިކޮޅެއްދިނަސް މިފަދަ މަގާމުތަކަށް ނުހޮވަބަލަ

  93
 4. އަލިބެ

  ކަލޯ މުރުތައްދު ނުވާތި

  85
 5. ކާފަބޭ2020

  ނިޢުމަތްދެއްވަވާފަރާތަކީވެސް އަދި އެނިޢުމަތްތައް ގެންދަވާފަރާތަކީވެސްﷲ! އިންޑިއާއެއްނޫން! އަހަރުމެންމިގޮވަނީ އިންޑިއާގެމިލިޓަރީންބޭރުކުރާށޭ އިންޑިއާ ރައިއްޔަތުންބޭރުކުރާށެކޭނޫން! ހެންވޭރުސަހަރާގެވަށައިގެން ގަރާޖުސިޓީދޫކޮށްގެންރުފިޔާފައިސާހޯދީ އިންޑިއާގެމިލިޓަރީން ދީގެންތޯ؟

  83
 6. ޙަލީމް

  ނިއުމަތް ދެނީ އިންޑިޔާއިންތަ، ބީތާޔާ؟

  77
 7. އަބްދޫ

  އަނދުން ހުސޭނަކީ އިންޑިޔާގެ އަޅެއްތަ ނުވަތަ މާތްﷲ ގެއަލެއްތަ؟ އަނދުންހުސޭނަށް ރިޒުގު ދެއްވަނީ އިންޑިޔާ މޯދީތަ؟ ނުވަތަ މާތް ﷲ ތޯ ވިދާޅުވެދެއްވަ ބައްލަވަ. ދިވެހި މުސްލިމްގައުމުގަ އިންޑިޔާގެ ކާފަރު މިލިޓްރީން ގާއިމުކުރުމަކީ މާތްﷲ ގެ ނިއުމަތުން ދިވެހިގައުމު މަހުރޫމް ކުރުން ނޫންކަމަކަށް ނުވާނެ. މިހާރުވެސް އިންޑިޔާގެ މުސްލިމުންނަށް އުނަދަގޫކުރަމުންދާ ކާފަރުން ދިވެހިގައުމަށް ގެނެސް ދިވެހިގައުމުގަ ބޭތިއްބުމަކީ އިސްލާމްދިނަށާ މުސްލިމް ރައްޔިތުންނަށް ކުރެވޭ ފުރައްސާރައެއް ކަމުގަ ނޫނީ ނުވާނެ. އެއީ މިހާރުވެސް އިންޑިޔާ ސަރުކާރުންދަނީ އިންޑިޔާގަ އޮތް މުސްލިމް އަބާދީ ނައްތަލުމުގެ ހަރަކާތް ހިންގަމުން. ދަދި މިދާކަށްދުވަހުވެސް މުސްލިމުން އީދު ނަމާދާ ހުކުރު ނަމާދު ޖަމާއަތުގަ ކުރާ ބިމެއް އިންޑިޔާ ސަރުކާރުން އެހީވެދީ ބޯޖޭޕީގެ އިސްވެރިނަވަނީ އެތަނަށް ވަދެ ހުކުރުނަމާދަށް ހުރަސްއަޅާފަ.

  65
  1
 8. ނޫމާރާ މުޙައްމަދު

  ނިއުމަތް ދެވަނީ އިންޑިޔާއިން ތޯ

  56
  1
 9. Anonymous

  ﷲ ތައާލާއާ އެއިލާހާ ދެކޮޅު ހަރަކާތެއްނޫން އިނޑިޔާ އައުޓް އަީ. އަދި ކިއެއްތަ އެއީ ހައްދުފަހަަ އެޅި ހިންދޫންކަމުގައިވާއާރްއެސްއެސް/ހިންދުވަތާ/ބީޖޭޕީއާ ދެކޮޅަށް ހިންގާ ހަރަކާތެއް. މިޖަމާއަތާ ދެކޮޅުވުމަކީ މުސްލިމުންނަށް ވާޖިބު ކަންތައް. އެންމެ ފަހުން މިމީހުން ރަސޫލުﷲ ސއވ ގެ ޝަހްސިއްޔަތަށް މަލާމަތްކޮށް ފޮތްނެރުނީ. މިވަރުގެ ބަޔަކާ އެއކޮޅުވާނީ ލާދީނީ ލާ ގައުމީ އިބިލީހުން ކަމުގައިވާ އަނދުނޭމެން އެކަނި.

  63
 10. ލާރި

  ޔަގީންތާ އޮޅިގެންވެސް ކަލެޔަށް ތިބުނެވުނީ ރަނގަޅަށް ހުރިހާކަމަކުން ގައުމު މަހުރޫމް ވެއްޖެ ހާއްސަކޮށް ނިއުމަތްތަކުން ސަބަބަކީ ކަލޭމެންދީނަށް ފުރަށްސާރަކުރާތީ .

  57
 11. މަހުރަމް

  ތިބުނީ ރަނގަޅަށް ނިއުމަތްތަކުންވެސް މިގައުމު މަހުރޫމް ވެއްޖެ ސަބަބު އެނގޭތޯ ދީނަށް ފުރަށްސާރަކުރާމީހުން ކަލޭމެންގެ ސަރުކާރުގައި ގިނަވުން އަދިއިސްލާމްދީން ދެކެ ރުޅި އަރާ މޯދީ ބުނާގޮތަށް މިސަރުކާރުން ކަންތަށްކުރުން ދޮގެއްތޯ......!

  51
 12. މާލެ

  މީ އަންހެނުންގެ ޕެޑަށް މަލާމާތްކުރި ޕެޑް ހުސެއިން. ޕެޑް ކައިރިން އަހާލަން ބޭނުންވަނީ ނިއުމަތްތައް ދެނީ އިންޑިއާ ކަމަށް ހީވާނަމަ ތައުބާ ވެލައްވާ. ނިއުމަތްތައް ދެއްވަނީ މާތް ﷲ ސުބްހާނަހޫ ވަތައާލާ. މިހިރީ މިމީހުން އިންޑިއާއަށް ވިކި އިންޑިއާގެ ފައިސާގެ ދަޅާގައި ޖެހިފައިވާ މިންވަރު. ޕެޑަށް ހެޔޮ ވިސްނުން ދެއްވާށި!

  54
 13. ބޮލި މުލައް

  އާނ ރިސޯޓު ފަޅުތެރަށް ތަށިތައްހިފައިގެން އެރެތިބީވެސް މިންވަރުކުރެއްވި ނިޢުމަތުން.

  37
 14. އަހުމަދު

  މިއީ ލާދީނީ ނަޝީދުގެ އަވައިގައި ޖެހިގެން އުމްރާނީ ތަރައްގީ ބޭނުމެއް ނޫނޭ ކިޔައި ގެނައި ސަރުކާރެއް. މިޔަދު އެކަމުގެ ގެއްލުން އެ ފެންނަނީ. މިހާރު ނިއުމަތްތަކޭ ކިޔަނީ ދަރަނިވެރި ވުމަށް. އިންޑިޔާ އައުޓް

  48
 15. ހުސޭނުބޭ

  ބެންޖަމިން އަދުން ހުސޭނަށް ހީވެލައްވާ ނިޢުމަތްދެއްވަނީ އިންޑިޔާކަމަށް! ކޮންމެވެސް މީހަކު މީނައަށް އަލުން ޝަހާދަތްލާދީބަލަ!

  49
 16. Anonymous

  ނިޢުމަތްތައް ދެއްވަނީމާތްﷲ، އެކަލާނގެއަށް އުރެދޭ ބަޔަކަށް ރަނގަޅު ގޮތެއް މެދުވެރި ނުކުރައްވާނެ.

  47
 17. Anonymous

  "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭން ހަރަކާތުގެ ސަބަބުން ރާއްޖެއަށް ލިބެމުންދާ "ނިއުމަތްތަކުން މަހުރޫމު" ވެދާނެ ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެގެން ހައިރާނެއްނުވޭ،
  އެހެންޏަ އިންޑިޔާއަކީ ދެއްވާ ފަރާތް ވިއްޔަ؟ އަދުން ހުސައިނަށް ކިޔޭ ނުކިޔަ ނޭގޭ ދޯ

  40
 18. އިބްރާހިމް

  އިންޑިއާ ސިފައިން ހަމަ މިހާރު ބޭރުކުރޭ.

  48
 19. ޙަދިސައިބު

  ނިއުމަތަކީ ﷲ ދެއްވާ އެއްޗެއް އިންޑިޔާގެ މޯދީ ދޭއެއްޗެއްނޫން!

  55
 20. ޙަސަން

  ބަލަ ނިއުމަތަކީ ެިެިެިެިންޑިޭ ައެއްޗެއް ނޫން. އެއީ ﷲ ތައާލާ ދެއްވާ އެއއޗެއް. މިކަހަލަ ތަންދޮރު ނޭގޭ ގަމާރުން އަދިވެސް ހޮވާ.

 21. ނާގާބިލް

  ﷲގެ ނިއުމަތުން ބޭރުވާނީ ލާދީނީ މީހުން.
  ޢިންޑިއާ އައުޓް

 22. މުޙައްމަދު ފިކުރީ

  ނިޢުމަތް ދެއްވަނީ އިންސީންނާއި އެހެނިހެންވެސް މަޚްލޫޤުން ހައްދަވައި މި ދުނިޔެއަށް ފޮނުއްވި ފަރާތުން. ގާތް އަވަށްޓެރިންނާއި ދުރު އަވަށްޓެރިންނަށް އަދި މުސްލިމު އަވައްޓެރިންނާއި މުސްލިމުނޫން އަވައްޓެރިންނަށް ކަމޭހިތުމާއި އެބައިމީހުންގެ ފަރާތުން އެހީއާއި ވާތްގަށް އެދުމަކީ ހުއްދަ އަދި ކުރުން ރަނގަޅު ކަންކަން

 23. ޢަލިބެ

  ނިއުމަތްދެއްވަނީ އިންޑިޔާއަކުންނޫން ހެއްދެވިފަރާތުން. އިންޑިޔާއިން ރިސްވަތުގެގޮތުގަދިން ލާރިއަށް އަދުންގަނެގެން ލޮލުގަ އަޅައިގެން ކަލޭހުރޭ.

 24. ފަރާ

  ނިޢުމަތް ތައް ދެއްވާ ފަރާތް ވެސް އިއްޒަތްތެރިކަން ބޮޑުވެގެން ގޮސް ހަނދުމަފުޅު ނެތީތޯ.

 25. Anonymous

  މުރުތައްދުވެ ދީނުން ބޭރުވާ އިރުވެސް މި ލާދީނީ ބައިގަނޑައް ސަޕޯޓް ކުރާ މީހުނައް އެއްޗެއް ވިސްނޭކައް ނުވޭބާ؟

 26. އައިސަ

  ނިޢުމަތްދެއްވަނީ އިންޑިޔާއިންދޮ؟

 27. އަޙްމަދް

  މޮޅު ވާހަކަ ދައްކަން ހަދައިގެން މިފަހަރު ވެސް ތިދެއްކުނީވާ ހާދަހާ ޖާހިލު މީހުން ދައްކާ ކަހަލަ ވާހަކައެކެވެ.
  ތިހެންވެގެން އަހަރުމެން މިބުނަނީ ތިޔައި ސިޔާސި ޖާހިލުންނެވެ.
  ޖާހިލުންގެ ޕާޓީއެވެ.

 28. ޙަަަހަ

  ރާއްޖެއަށް ލިބޭ ނިއުމަތްތަ ، ނޫނީ ކަލޭމެން ޖީބުތަކަށް ނޫނީ އެކައުންޓްތަކަށް ލިބޭ ނިއުމަތްތަ ،

  10
 29. ޢަސްލު

  ކޮންމެވެސް އެއްޗެއް ހިއްޕަވައިގެން ކަންނޭގެ މިކަލޭގެ މިހުރީ ،

  13
 30. ލާމު

  މުރުތައްދު ވެވޭއިރު ވެސް މިމީހުންނަށް ނޭނގޭނެ.

  13
 31. ސަލް

  ނިއުމަތް ދެއްވަނީ އިންޑިޔާތޯ.؟

  10
  1
 32. ނޫރު

  އެންމެހާ ނިއުމަތަކާއި ތިބާގެ ހިތުގެ ވިންދު ދެއްވީ މާތްﷲ އިނގޭތޯ. ސަމާސާއަކައް ވިޔަސް ސިޔާސީ ބަހުސަކައް ވިޔަސް މިނުންގޮތަކައް މިވާހަކަ ނުދައްކާތި. އެ ނިއުމަތް ދެއްވިފަރާތުން އެނިއުމަތްތައް އަނބުރާ ކޮންމެ ވަގުތެއްގައިވެސް ގެންދަވާފާނެކަން ހިތުގެ އަޑިން ގަބޫލުކޮއްގެން ހުންނަވާށެވެ. ނިދައިފިއްޔާ ހޭލާނެކަމެއް ވެސް ނޭގޭ އިންސާނާ އަށް ކޮންމެ ދުވަހެއްގެ އަލިކަމަށް ވާސިލް ކޮއްދެއްވަނީ އެކަލާނގެއެވެ. ކިތަންމެ ޑޮކްޓަރުންނަކާއި ނަރުހުންތަކަކާއި ޓެކްނޮލޮޖީއެއް ބޭނުންކުރިޔަސް އެކަލާނގެ ތިބާގެ ހިތުގެ ވިންދުގެންދަވާފިއްޔާ އެވިންދު އަނބުރާހޯދަދެވޭނެ ދެވަނަފަރާތެއް ނެތްކަން ހިތުގެ އަޑިން ކަށަވަރު ކުރައްވާށެވެ. މަޖިލީހުގެ މެމްބަރުކަމަކީ ތިމާއަށް ނިއުމަތްތައް ލިބި ލިބި ހުންނާނެކަމުގެ ގެރެންޓީއެއް ލިއްބައިދޭ އެއްޗެއް ނޫނެވެ.

 33. ހެހެހެހެ

  ޕެޑް ހުސޭނު
  ނިއުމަތްތައް ދޭ ފަރާތް އިނގި ލައްވާތޯ

 34. ހުސެން

  ކަލޯ އަނދިރިމީހާ . ނިއުމަތާއި ރިޒުޤު ދެއްވަނީ ﷲ

  15
 35. ނ

  ރާ..އެއީ ހުރިހާ ނުބައި ކަމެއްގެ މަންމަ
  ޙުސެނަށް ވިސްނޭނެ ކަމަށް ހީކުރަން....

  15
 36. އަދުން

  އަނދުނަށް އިނގޭބާ ތިކެޔޭ އެއްޗެއް! ލޮލުގަ ރަނގަޅަށް އަނދުން އަޅާފައި ކިޔާބަލަ ތި ކިޔާ އެއްޗެއް! ނިއުމަތްތައް ލިބޭނީ އިންޑިއާއިންވިޔަ. ބޯގޯސް

 37. ބުއްޅަބޭ

  ނިއުމަތް ދެއްވަނީ އަނދުން ހުސޭނެއް ނޫން! އިންޑިޔާއަކުން ނޫން...އެއީ ﷲ ދެއްވާ އެއްޗެއް...އިންޑިޔާގެ އަނދުން އަޅާބަލަ ލޮލުގަ!

 38. ބޮޑުބެ

  ޢިންޑިއާ ދެކެ ލޯބިންގޮސް ދީނުން ބޭރުނުވާތި، ޖާހިލް ކަމުން ސަލާމަތްވޭތޯ އުޅެބަލަ

 39. Anonymous

  ކަލޭމެނަށް ލިބޭ ނިޢުމަތް ތޯއްޗެ

  ގައުމަށް ލިބޭ ނިޤުމަތްތަކެއް އެއީ

 40. ސަހަރޯ

  ރިޒުގުދެއްވަނީﷲ އިންޑާއަކުންނޫ ހުސެން ކަލޭމޮޔަވެ ބަލަ އިންޑިއާ އައުޓްގޮވާނައް

 41. ސަންފާ

  ސުބުހާނަﷲ. ނިއުމަތް ދެއްވާނީ ﷲ. އިންޑިޔާއަކުން ނޫން. މިތިބީ މިމެންބަރުން ގެ ހާލަތު. ފިސާރި ގަނެފަ އެބަތިބި. މިމީހުންނަށް ހަލާކުހުރި

 42. މޮޑިފޮޑި

  މެންބަރު ބީތާ

 43. ޖާމުނަގަރު

  މިކަހަލަ ގަމާރުން ހައްތާވެސް //ނިއުމަތް ދެއްވަނީ މޯދީތަ؟ ބުރާންތި؟

 44. ށުމަން

  ޢޭތި މީތި ބޮއެގެން ތިބެ އަރާ ރައްޔިތުން ނަށް މި ކިޔާ ދެނީ ނިއުމަތުގެ ވާހަކަ. މިދެން ކާކު ތަ؟؟

 45. އެޑަމް

  ނިޢުމަތަކީ އިންޑިޔާއިން ދޭ އެއްޗެއް ނޫން. ނިއުމަތްތައް ދެއްވަނީ ކީރިތިވަންތަ ﷲކަން މިމީހުންނަށް ނޭންގެނީބާ، ނޫ ނީ އެކަން ޤަބޫލު ނުކުރަނީބާ؟

 46. އައްޑޫ މީހާ

  ނިއުމަތްތައް ދެއްވަނީ އިންޑިއާއިންތަ؟ ލާދީނީ

 47. Anonymous

  ކަލޯގަޔާ! ދިވެހިރާއްޖޭގެ ރައްޔިތުން މަޖްލިހަށް ހޮވާފަ މިތިބީ ހުސް މުރުތައްދުންތަ؟