އެމްއެންޑީއެފް ކޯސްޓްގާޑުގައި މަސައްކަތް ކުރާ ސިފައިންގެ މީހެއް އަތުން ފައިސާ ހޯދަން ރަހީނުކޮށް ހަމަލާދީފައިވަނީ، އެމިހާއަކީ ސިފައިންގެ މީހަކަށްވުމުން ކަމެއް ނުވަތަ ނޫން ކަމެއް އަދި މިހާތަނަށް އެނގިފައިނުވާ ކަމަށް ވައިސް ޗީފް އޮފް ޑިފެންސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް މިއަދު ވިދާޅުވެއްޖެއެވެ.

ކޯސްޓްގާޑުގައި މަސައްކަތް ކުރާ ސްޓާފް ސާޖަންޓް ހަސަން ފަހީމަށް ގުރޫޕަކުން ދިމާކޮށް، ފައިސާ ހޯދަން މަސައްކަތް ކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ. އެ ގްރޫޕްގެ މީހުން ފަހީމަށް ވަނީ ބޮޑެތި އަނިޔާތަކެއް ދީފައެވެ. އޭނާގެ އަތުން ފައިސާ ނުލިބޭނެ ކަން ޔަގީންވުމުން އަނިޔާ ކުރުމަށް ފަހު އެއްލާލީ އައިޖީއެމްއެޗް ކައިރިއަށެވެ.

އެމީހާ އަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ އެ މައްސަލަ ފުލުހުން ވަނީ ތަހުގީގު ކުރަން ފަށައިފައެވެ.

އައިޖީއެމްއެޗްގައި ހުންނަވާ "ވަގުތު"އާ ވާހަކަ ދައްކަވަމުން ވައިސް ޗީފް ވިދާޅުވީ އެ މިހާގެ ހަށިގަނޑުގެ ބޭރުން ފުށުން އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. އެކަމަކު ހަށިގަނޑުގެ އެތެރެއަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދެއްވާ އަބްދުއްރަހީމް ވިދާޅުވިއެވެ.

"ބޮލުގައިވެސް އެއްޗަކުން ޖަހާފައި ހުރި. މިހާތަނަށް ޑޮކްޓަރުން ވިދާޅުވި ގޮތުން ނަމަ އިންޓާނަލީ އަަނިޔާއެއް ނެތް ލިބިފައި" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އަނިޔާވި މީހާގެ އިތުރު ޓެސްޓުތަކެއް ހަދަން ހަމަޖެހިފައިވާ ކަމަށެވެ. ރަހީނު ކުރުމުގެ ތެރޭގައި ހަމައެކަނި އެ ސިފައިންގެ މީހާ ހަނދާނުގައި ހުރީ އޭނާ ހިނގާފައި ދަނިކޮށް ބޮލުގައި އެއްޗަކުން ޖެހި ހިސާބެވެ.

"އޭގެ ފަހުންވީ ކަމެއް އޭނާއަށްވެސް ނޭނގެ. މިއީ ސީދާ ސިފައިންނަށް އަމާޒުކޮށްގެން ނުވަތަ ރެންޑަމްކޮށް ފައިސާ ހޯދަން މީހުން ރަހީނުކުރި ކަމެއް އަދި އެނގިފައެއް ނެތް" އަބްދުއްރަހީމް ވިދާޅުވިއެވެ.

އެ ގުރޫޕްގެ މީހުން މަގުމަތިން ފަހީމް ރަހީނުކޮށްގެން ގެންގޮސް ކޮޓަރިއަކަށް ވެއްދުމަށް ފަހު، ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ އިރު އަބްދުއްރަހީމް ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފައެވެ.

ރާއްޖޭގައި މި ފަހަކަށް އައިސް މީހުން ރަހީނުކޮށް ފައިސާ ހޯދުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އެކަން ފުޅާކޮށް ކުރަމުންދާ ބަޔަކު ރާއްޖޭގައި އުޅުމަކީ ގިނަ ރައްޔިތުންގެ ތެރޭގައި އޮތް ކަންބޮޑުވުމެކެވެ. އެފަދަ މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުންވެސް، އެކަށީގެންވާވަރުގެ އެކި ނެތުމުގެ ދޫވެގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ނަޖުމީ

    މާލޭ ގޭންގުތައް ދެކެ ސަރުކާރުން ބިރުގަނޭ! ދަރަނިވެރިންގެ ފައިސާ ހޯދަން ބައެއް އަޅާގޮތަށް މިގުރޫޕުތަކާއި ހަވާލުކުރާ މީހުންނާއި ގުރޫޕުތައް ހިފާހައްޔަރުކުރޭ! ފައިސާ ނުދީގެން ދާންހުންނާނެ ކޯޓުތައް، މީހުން މަރައިގެން އަނިޔާކޮށްގެންނެއް ނޫން ފައިސާ ހޯދަން އޮންނަނީކީ!

    24
    3
    • މއކ

      އަސްލުވެސް

  2. ނައުފާ / ހިތަދޫ

    ދައުލަތެއްގެ އެންމެ ބޮޑު ޒިންމާ އަކަށް ވާންވާނީ ރައްޔިތުންގެ ފުރާނަ އާއި މުދަލާއި ޢަބުރު ރައްކާތެރިކޮށްދިނުން ،މިކަން އެބަ ކުރެވޭތޯ ކޮންމެ ރައްޔިތަކު ވެސް ސުވާލު ކުރުން ރަނގަޅެވެ. ސަލާމަތީ ޚިދުމަތްތަކުން އެކަށީގެންވާ މަސައްކަތް ކުރޭތޯ މިޙާލަތުގައި ސުވާލުކުރެވޭނެ.

  3. ފަހީމާ

    ހަރުކަށި އިނާރާތުން ކުށްވެރިކުރީމަ ނިމުނީތޯ؟؟؟؟ ގޭންގްތައް މައިތިރި ކުރެވޭ ވަރުގެ ސަރުކާރެއް ދެން ހަމަ ނާންނާނެބާ؟ ޔާﷲ

  4. ޟ

    ހެއްދެވި ފަރާތަށް ވުރެ ފަތްބޯ މީހުންދެކެ ބިރުގަންނަ މީހުން މަދެއްނޫން. ތިޔަ މީހުން ފައިސާ ހޯދާގޮތާ އުޅޭވައްތަރު އެއްމެނަށް އިނގޭ އަދި ފެނޭ! އަދިވެސް ބާރުދީގެން ތިބޭ މީހުން އިއްފަތް ނަގާ ފޭރޭއިރުވެސް ބަލަން.

  5. Anonymous

    ސިފައިގެ މީހަކު ރަހީނު ކުރެވޭނެ ވަރުގެ ޕްރޮފެޝަނަލް ޕާޓޭން އެބަ އުޅޭ؟!!!...

  6. ޖަޒީރާ

    ނޭނގޭނެ- އެނގެން ބޭނުމެއްވެސް ނުވާނެ- ސިފަިއންގެ މިހަކަށް ވިޔަސް ނުވިޔަސް އެއީ ދިވެހި ރައްޔިތެއް- ބަރިބަރިއަށް ކުލަ އަރުވައިގެން ހުވާކޮށްގެން ތިޔަ ތިބީ ރައްޔިތުންގެ ހިމާޔަތުގައެއް ނޫން ދޯ؟

    3
    1
  7. ސަޓޯ

    ޜައްޔިތުންގެ ފައިސާ ކައިގެން އިންޑިއާއިންނާއި އެމެރެކާ ސިފައިން ގެނެސްގެން ހެދީހާ ތަމްރީނުތައް ކޮބާ ؟؟؟ ބޭކާރު ބައިގަނށެއްނު ތިއީ

    2
    3
  8. ސޮއްބެ

    އަންނި ބުނި ތަޅާ ކުދިން ހާދަ ސިޔާސައޭ ދޯ ؟؟

    3
    1
  9. އަލީ

    ސުލަހަވެރިކަމާ ހަމަޖެހުން އިންތިހާއަށް އޮތް 3 އަހަރު

    2
    1
  10. ކިނބޫ

    ނޫނޭ ތިހެން ބުނާކަށް ނުވާނެ. މިނިމުނީ އަމާން ތިން އަހަރެއްނު.

  11. ބުރުގާ

    އެހެހެހެހެހެހެންތޭ،،، ކަލޭމެނައް އިނގޭތޭ މާލޭގަ ކިތަން ގޭންގާއި މަސްތުވާތަކެއްޗާއި އެސްކޮބާއާއި ގުންޑާއިން އުޅޭކަން؟؟ ކޮބާތަ ކަލޭމެންގެ މޮޅު އިންޓެލް؟؟! ފެންނަ ފެނުމައް ބަލާފަ ގުންޑާއިން މާ ގަޓު ސިފައިންނައްވުރެ. ޔުނީފޯމުގަ ކިތަންމެވަރަކައް ފައްބަރިޔާ ތަރިބަރިޔާ ކުލަބަރިޔާ ބިޓުބަރިތައް ތައްކޮއްގެން ތިއްބަސް ކަމެއްނުވާކަން ކުޑަކޮއް ނަމަހީސް ކަލޭމެނައް މިހާރު އިނގެން ވެއްޖެ،

    2
    1
  12. ޙިޔާލު

    ދިވެހި ފުލުހުންވެސް ގޭންގުތައް އަދި ޒޮމްބީޒް ދެކެ ފިސާރި ބިރުގަނޭ. ދެން ކޮން ރަނގަޅެއްވާނީ

    3
    1
  13. ކޮރަލް

    ރަނގަޅު ގޮތަކީ ދިނީ ހައްދު ފަހަނަ އެޅި ހަމަލަ އެެކެވެ. އެހެން ޖަހާ ލަ ބަލާށެވެ.

    1
    1
  14. އަނިލް

    އަބްދުއްރަހީ މް ޅިޔަނާ...

  15. ކ.ޙސނ

    އެކަޝީގެންވެ ކަނޑުއަޑީގެ ސާރވޭ މައުލޫމާތު ހޯދަންކަމަށް. މަސްތުވާތަކެތި އެތެރެކުރުމަށް.

    2
    1